ދިރޭ ތަކެތީގެ ނަސްލު އާލާވެ ޒަމާންތަކަށް ދެމިގެން އަންނަ އައުމާއި، ދުނިޔެމަތީގައިވާ ދިރުންހުރި ކޮންމެ އެއްޗެއް ނެތި ފަނާވެދާ ދިއުމަކީ އިލާހީ ޤާނޫނެވެ. ކައުނީ ޤާނޫނެވެ. މިއީ އިންސާނާގެ ކުރިމަތީގައި އަބަދުމެ ތަކުރާރުވާ ޙަޤީޤަތެކެވެ. ގަސްގަހާގެހި މަރުވެދެއެވެ. ދޫނި ސޫފާ ސޫތްޕާއި ތަފާތު ގަނަވާރުތައްވެސް މަރުވެދެއެވެ. ހަމަ މިބީދައިން އިންސާނާއަށް، މަރުގެ ރަހައިން ސަލާމަތްވެވޭނޭ އެއްވެސް މަގެއް ނުވެއެވެ. ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންނާއި މައިންބަފައިންނާއި އަދި ދަރިން، މަރާ ބައްދަލުކުރަނީ ތިބާގެ ކުރިމަތީގައެވެ. މަރާއި މެދު ޝައްކުކުރާނެ ޖާގަ މިވަނީ ގެއްލިފައެވެ. ނަމަވެސް، މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވާނެ ކަމާއިމެދު އެތައްބަޔަކު ޝައްކުކުރުމަކީ ހިތާމަ ހުރިކަމެކެވެ. އީމާންކަމުގެ ފޭރާން ބޭލިފައިވާ ކަމުގެ އަސަރުތަކެވެ.
އިންސާނާގެ ހެޔޮބުއްދި އެއްފަރާތްކުރާ މީހުން މަދެއްނޫނެވެ. މާއްދީ އުފާތަކަށްޓަކައެވެ. ދުނިޔޭގެ ލައްޒަތާއި ޖާހަށްޓަކައެވެ. މިގޮތުން އާޚިރަތްދީފައި ދުނިޔެ ގަންނަނީ ކިތައްމީހުންތޯއެވެ. މަދަރުސާ ފެންވަރުގައާއި ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ އިމްތިހާނުތަކަށްޓަކައި ދުރާލާ ތައްޔާރުވެއެވެ. މިކަމަށްޓަކައި ރޭގަނޑުގެ ނިދި ނަގާލައެވެ. ކުޅިވަރުތަކާއި ތަފާތު ހަފްލާތައް އެއްފަރާތްކުރެއެވެ. އަދި އިމްތިހާނެއްގައި ބައިވެރިވުމަށްފަހު އޭގެ ނަތީޖާ ލިބޭނެ ދުވަހަކަށް އޭނާ އަބަދުވެސް އިންތިޒާރު ކުރެއެވެ. ނަތީޖާ ކަރުދާސް ހޯދުމަށްޓަކައި ކިތަންމެ ދިގު ސަފެއްގައި މަޑުކޮށްގެން ހުރުމަށްވެސް އޭނާގެ ޟަމީރު ފަސް ނުޖެހެއެވެ. އެހެންނަމަވެސް، އާޚިރަތް ދުވަހު، އަލުން ދިރުއްވާނެކަމާއި ދުނިޔޭގައި ކުޅަ ޢަމަލުތަކުގެ ހިސާބުބެއްލެވޭނެކަމުގައި އޭނާ އިންކާރުކުރަނީ ފަހެ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި ހޭދަކުރާ ވަގުތަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމުގައި ޤަބޫލުނުކުރެވެނީ ހެއްޔެވެ؟ އިންސާނާ އުފައްދަވާފައިވަނީ ބޭނުމެއްނެތް ބޭކާރު ގޮތެއްގައެއް ނޫނެވެ.
ދުނިޔޭގެ ޙަޔާތަކީ ބޮޑުވެގެންވާ އިމްތިހާނެކެވެ. އޭގެ ދިގުމިން ތިބާއަށް ނޭގޭ އިމްތިހާނެކެވެ. ޙަޤީޤަތަކީ މިއީއެވެ. މަރު ތިބާއާއި ބައްދަލުކުރާނީ ކޮންވަގުތަކު ކަމެއް ނޭގެއެވެ. އިޙްސާސްވެސް ނުކުރެވެއެވެ. އެހެންކަމުން، މިއިމްތިހާނު ކާމިޔާބުކުރަން އެދޭމީހާ އަބަދުވެސްހުންނާނީ މަރަށްތައްޔާރުވެގެންނެވެ. މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވޭނޭކަން ޤަބޫލުކުރަންޖެހެއެވެ. އެހެނީ، އާޚިރަތްދުވަސް ފެށެނީ އިންސާނާ އަލުން ދިރުއްވުމުންނެވެ. އަލުން ދިރުއްވުމަކީ އިންސާނާގެ ހަށިގަނޑާއި ފުރާނަޔާއިއެކު އެންމެ ފުރަތަމަ ފަހަރު އުފައްދަވާފައިވާ ގޮތަށް އަލުން އުފެއްދެވުމެވެ.
އިންސާނާ މަރުވުމަށްފަހު، މަސްތަކާއި ކަށިތައް ވީރާނަވެ ދިއުމަށްފަހު އަލުން ދިރުއްވާނެކަމާއިމެދު އިންސާނާ ޝައްކު ކުރެއެވެ. އަދި ވީރާނާވެފައިވާ ކަށިތަކާއި، ވަކި ވަކި އިންސާނުން ދެނެގަންނާނެ ގޮތާއިމެދު ސުވާލު ފެންމަތިކުރެއެވެ. ތިބާ ތިޔަވަނީ ޣާފިލުކަމުގެ ނިދީގެ ދާންމަތީގައެވެ. މަރާއި ބައްދަލުވުމުގެ ކުރިން އަވަހަށް ނިދިން ހޭލާށެވެ. ތިބާ އާއި އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދުމަކުރާ ޙާލު ފިކުރުކޮށްލަބަލާށެވެ.
ޤިޔާމަތްދުވަހުން އިންސާނާ އަލުން ދިރުއްވާނޭކަމާއިމެދު ތިބާ ޝައްކުކުރާއިރު، ތިބާގެ އިނގިލީގެ ނިޝާނާމެދު ޝައްކުނުކުރަނީ ފަހެ ކީއްވެހެއްޔެވެ؟ ރަސްމީ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ ލިޔުންތަކުގައި ތިބާގެ ސޮއި ކުރުމަށް މިއަދު ތިބާ ފަސްޖެހެއެވެ. އެހެނީ، އެހެންމީހަކަށް ފަސޭހަކަމާއި އެކު އެ ސޮއި ކޮށްލެވިދާނެތީއެވެ. އެހެންނަމަވެސް، ތިބާގެ އިނގިލީގެ ނިޝާނަށް ތިބާ އިތުބާރުކުރެއެވެ. އިނގިލީގެ ނިޝާން ބޭނުންކުރުމަށް ފަހެއް ނުޖެހެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގައި ލެއްވި ދެމީހެއްގެ އިނގިލީގެ ނިޝާން އެއްގޮތް ނުވާނެކަމުގައި މިއަދުގެ ސައިންސް ކަށަވަރުކޮށްދީފައިވާތީއެވެ. އަދި އޭނާ އެކަން ޤަބޫލުކުރާތީއެވެ. ކީރިތި ޤުރުއާނުގައި އިނގިލީގެ ނިޝާނުގެ ޚާއްޞިއްޔަތު ވަރަށް ފުރިހަމައަށް ވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން އިނގިލީގެ ނިޝާން ތަފާތުވާނޭގޮތުގައި، އިންސާނާ އުފެއްދެވި ކީރިތިވަންތަ ﷲ ތަޢާލާއަށް އިންސާނާ އަލުން ދިރުއްވުމަކީ އުނދަގޫ ކަމެއްކަމުގައި ހީކުރަނީ ހެއްޔެވެ؟
އީމާންކަމުގެ އެއްރުކުނަށް ފުރަގަސްދެނީ ހާދަހާވާ މޮޔަ ވިސްނުމެއްގައެވެ. މިފަދަ ވިސްނުމަކީ އިއްޔެއަކު މިއަދަކު ތަރައްޤީވި ވިސްނުމެއް ނޫނެވެ. މީގެ އެތައް ޒަމާންތަކެއް ކުރިންވެސް އެއްބަޔަކު މިފަދަ ޖާހިލު ދަޢުވާތައް ކުރެއެވެ. އާދޭހެވެ. ޤިޔާމަތް ދުވަހުން އިންސާނާ އަލުން ދިރުއްވާނެކަމަށް އިންކާރު ކުރުމެވެ. މިފަދަ މީހުން ތިބޭނީ ދުނިޔޭގެ ދަޅަ ތަކަށް ހެއްލި، ދުނިޔޭގެ އެދުމުގައި ވަކި ހިއްޕާލައިގެންނެވެ. ދުނިޔަވީ މަންފާއާއި ދިރިއުޅުމުގެ ވާތަކުން ބަނދެވިގެންނެވެ. ޢާޚިރަތުގެ މަތިން ހަނދާންނައްތާލާ، ޣާފިލުކަމުގެ ނިދީގައި ނިދާފައެވެ. މިފަދަ މީސްތަކުން ލަދުކުޑަ ގޮތެއްގައި ބުނާ ވާހަކަ ނަޙްލު ސޫރަތުގެ 38 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. އެއާޔަތުގެ މާނައިގައިވަނީ "އެބައިމީހުންނަށް ކުރެވޭން އޮތް އެންމެ މަތީ ދަރަޖައިގެ ހުވާތަކުން ހުވާކޮށް ބުނާނެތެވެ. މަރުވާމީހަކު އެހެންދިރުމަކުން މާތް ﷲ ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. އެއީ މާތް ﷲ ގެ މައްޗަށް ކަށަވަރުވެ ޙައްޤުވެގެންވާ ގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ. އެހެނެއްކަމަކު ގިނަމީސްތަކުން އެކަންވެސް ނުދަނެތެވެ."
ނިކަން ވިސްނަވާށެވެ. މަރުވެ އިންސާނާގެ މަސްތަކާއި ކަށިތައް ވީރާނާވެ ވެއްޔާ އެކުވުމުން، ދެން އެއިންސާނާ އަލުން ދިރުއްވުމަކީ ނުވާނެ ކަމެއްކަމުގައި ބުނާ މީހުންގެ ލޯތައް އެވަނީ ކަނުވެފައިބާއެވެ. އެހެނީ، ހަށިގަނޑުގައި އުފައްދާ މަނީގެ ޖިންސީ ސެލްއަކުން އިންސާނާ އުފައްދަވައި ނެރުއްވަނީ އޭނާގެ ކުރިމަތީގައެވެ. އަދި ނެތުމުގެ ތެރެއިން އިންސާނާ ދުނިޔޭގެ ވުޖޫދަށް ގެންނެވި، ހުރިހާ ބާރެއް ލިބިވޮޑިގެންވާ ކުޅަދުންވަންތަ ﷲ ތަޢާލާއަށް އިންސާނާ އަލުން ދިރުއްވުމަކީ ކުޅަދާނަވެގެން ނުވާކަމެއްކަމުގައި ހީކުރުމަކީ ކުށް ހީއެކެވެ. މޮޔަ ވިސްނުމެކެވެ. ﷲ ތަޢާލާގެ ބަސްފުޅުތަކަށް އީމާންނުވާކަމުގެ އަލިގަދަ ހެއްކެކެވެ.

No comments:
Post a Comment