Wednesday, April 1, 2009

އަދުގެ ގޮވާލުން


މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ އަދުގެ ސަރުކާރުންވީ އެންމެ ބޮޑު އެއް ވަޢުދެވެ. އެހެނީ އެއީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާތީއެވެ. އެންމެ ބޮޑު އެއް ނުރައްކަލަށް ވާތީއެވެ. ރާއްޖޭގެ އާބާދީގެ 10 ޕަސެންޓަށްވުރެ އިތުރު ޢަދަދެއް މަސްތުގައި ތިބުމަކީ އަޅުގަނޑުމެންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދަށް މިކަމުގެ ނުރަގަޅު އެތައް އަސަރެއް ކުރާނެ ކަމެކެވެ. ގައުމުގެ ކުރިމަގަށް އޮތް ހުރަހެކެވެ. ކުރިއަށް އޮތް ޖީލުތަކަށް އޮތް ދަންތުރައެކެވެ. މިހެންކަމުން، ޤައުމު ވެއްޓިފައިވާ މިވާ ފުންވަޅުގަނޑުން ނެގުމަކީ އަދުގެ ސަރުކާރާއި ރައްޔިތުންގެ ޒިންމާއެކެވެ. މިވަގުތު އަޅުގަނޑު މިގޮވާލަނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރެވޭ ނިސްބަތް މަދުކުރުމަށް ހަދާފައިވާ އައު ޕުލޭން ފޮރުވާފައި ނުބާއްވާ މިއަދުން މިއަދަށް އެ ތަންފީޒުކުރަން ފެށުމަށެވެ. އެހެނީ، ފުލުހުންގެ މަސައްކަތުން އަތުލައިގަނެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތިން ހާމަކޮށްދެނީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް އަދިވެސް ބަންދު ނުވާކަމެވެ.

1 comment:

  1. kihineh masthuvaa thakethin raajje salaamai kuraany? mihaaru ge defence minister aky masthuvaathakethyge massalaigai maumoon ge sarukaarun sifain ge in vaki koffa huri meeheh. ekamu mihaaru ei defence minister.... dhen kihineh mikan huttuvaany???

    ReplyDelete