Monday, April 13, 2009

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން – 3 ވަނަ ބައި


ދެބަސްނުވާ ޙަޤީޤަތަކީ، މިދެންނެވި އިނގިލީގެ ނިޝާނުން ވަކި ވަކި ފަރުދުން ދެނެގަނެވޭކަމެވެ. އެހެންމެ، މިއީ އަދުގެ ދުނިޔޭގައި ފަނޑުވުމެއްނެތި ފިޔަޖަހަމުން އަންނަ މިކަމުގެ ފުރިހަމަ ވަޞީލަތެކެވެ. ޢަމަލީ މައިދާނުގައި އިތުބާރު ހޯދާފައިވާ ނިޒާމެކެވެ. ހަމައެއާއިއެކު، ބޮޑަތި ޖަރީމާތައް ހިންގާމީހުން އެއާއިމެދު ސަހަރޯވެ ރައްކާތެރިވަނީ ސަބަބެއްނެތިއެއްނޫނެވެ. އެހެނީ، ވަގުކަލޭގެ އޭނާގެ އިނގިލީގެ ނިޝާން ތަންތަނަށް ދޫކޮށްފަ ނުދިއުމަށް ކެނޑިނޭޅި މަސައްކަތްކުރެއެވެ. މިދެކެވެނީ އިނގިލީގެ ނިޝާނުގައިވާ ޚާއްޞަ މަޢުލޫމާތުތަކެއްގެ ވާހަކައެވެ. އަދި މިއިން ދޭހަކޮށްދެނީ އިންސާނާދެނެގަތުމުގެ މަޢުލޫމާތު އޭނާގެ އިނގިލިތަކުގެ ކޮޅުގައިވާކަން އިންސާނާ ޤަބޫލުކުރާކަމެވެ. ޤިޔާމަތްދުވަހުން އިންސާނާގެ އިނގިލިތަކުގެ ކޮޅުތައް އެހުރި ފުރިހަމަ ކަމާއިއެކު ދެވަނަފަހަރަށް އުފެއްދެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. މިކަމަށް އިޝާރާތްކޮށް ސޫރަތުލް ޤިޔާމާގެ 3 އަދި 4 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވުމުން، އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވާނެކަން ޤަބޫލުނުކުރާމީހުންގެ ދަޢުވާގެ ބުރަދަނެއްނެތްކަން ސާބިތުވެއެވެ. އިނގިލީގެ ނިޝާނަކީ އާދައިގެ ރޮނގުތަކެއްކަމުގައިދެކި، އޭގެ މުހިއްމުކަމާއިމެދު އިންސާނުން ފިކުރުކުރުމުގެ އެތައް ޤަރުނުތަކެއް ކުރިން ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. ހަމައެހެންމެ، މީލާދީން 19 ވަނަ ޤަރުނުގައި ސައިންސުވެރިން ހޯދި އިނގިލީގެ ނިޝާން ވަކިކޮށް ދެނެގަންނާނެގޮތުގެ ނިޒާމުގެ ސަބަބުން، އިލާހަކު ނުވާކަމާއި އަދި މާއްދީ ވިސްނުމުން ސިކުނޑި ފުރާލެވިފައިވާ މީހުންގެ މިފަދަ ބަހަނާތަކުން ބިނާކުރި އިމާރާތްތައް ވަނީ ކުދި ކުދިވެ ބިމާހަމަވެފައެވެ.

އިނގިލީގެ ނިޝާނުގެ ވާހަކަ ދެކެވޭއިރު، އިނގިލީގެ ނިޝާނަކީ ބަދަލުކުރެވިދާނެ އެއްޗެއްކަން ނުވަތަ އެހެންމީހަކަށް ވަގަށް ނެގިދާނެ އެއްޗެއްކަމާއިމެދު، ގިނަބަޔަކު ސުވާލު އުފައްދައެވެ. މި ސުވާލުތަކަށް ނަޒަރުހިންގާލުމުގެ ކުރިން، އިނގިލީގެ ނިޝާނަކީ ކޮންއެއްޗެއްކަން ދެނެގަތުން މުހިއްމެވެ. މިނިޝާނަކީ، އިނގިލިތަކުގެ ކޮޅުގެ ހަންގަނޑުގައިވާ ވަކި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް ރޮނގުތަކެއްގެ ގޮތުގައި އުފުލިފައިވާ ބައިތަކުން ގެނެސްދޭ އެއްޗެކެވެ. ހަށިގަނޑުގެ ވަށައިގެންލެވިފައިވާ ހަންގަނޑުގެ މައިގަނޑު ދެ ފަށަލައިގެތެރެއިން އެންމެމަތީ ފަށަލަވަނީ ތަފާތު އެހެނިހެން ފަށަލަތަކަކަށް ބެހިފައެވެ. މިގޮތުން އެންމެ ބޭރަށް މިވާ ފަށަލަ އުފެދިފައިވަނީ ދިރުން ނުވާ ސެލްތަކެއްގެ މައްޗަށެވެ. މިސެލްތަކަކީ ހަށިގަނޑާއި ވަކިވަމުންގޮސްގޮސް ހުންނަ ސެލްތަކެކެވެ. އެހެންކަމުން، މީގެ ދަށުގައިވާ ފަށަލަތަކުން އެންމެ ބޭރު ފަށަލަ އަބަދުވެސް އައު ކުރަމުން ގެންދާނެއެވެ. މިގޮތުން، އިންސާނާ އިނގިލިތަކުގެ ކޮޅުގައިވާ ޚާއްޞަ ނިޝާން ދޫކޮށްލަނީ މިދެންނެވުނު ސެލްތަކުގެ އެހީގައެވެ. މިއީ، އިނގިލިތަކުގެ ކޮޅުގައިވާ ހަންގަނޑުން ފާޅުވާންހުންނަ ނިޝާނެކެވެ. ނުނިމޭ

1 comment:

  1. Your just assuming things.. there is no real scientific evidence for a afterlife. Being a biology teacher you should no better in this.
    Don't just mix up your religious beliefs with science.. and cook up some bad soup.

    ReplyDelete