ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކާއި އަދި ދެމީހުންގެ އާއިލާގެ އެންމެ ބޮޑު އެދުމަކީ އެ ދެމީހުނަށް ކުއްޖަކު ލިބުމެވެ. އަދި ހަމަ އެހެންމެ، ތުއްތު ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލާ ވަގުތަކީ އާއިލާއަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭ ވަގުތަކަށް ވެގެންދެއެވެ. ހަމައެއާއިއެކު، އެ ތުއްތު ކުއްޖާ އުފަންވުމުގެ ޚަބަރު ލިބުމުން ފުރަތަމަވެސް އެކަކުއަނެކަކާ ސުވާލު ކޮށްލަނީ އެކުއްޖާގެ ޖިންސާ ބެހޭގޮތުންނެވެ. ލިބުނީ ކޮންކަހަލަ ކުއްޖެއްތޯއެވެ؟ ކޮންމެއަކަސް، ތުއްތު ދަރިފުޅަށް ބަލިވެއިނުމާއި ގުޅިގެން އެ ދަރިފުޅަށް މަރްހަބާ ކިޔުމަށްޓަކައި ދެމަފިރިން ވަރަށް ފުރިހަމައަށް ތައްޔާރުވާންފަށައެވެ. އަދި އެދެމަފިރިން އެންމެ އެދޭ ޖިންސްގެ ދަރިފުޅާއި ގުޅޭ ކުލަތަކުން ތަކެތި ހަމަކުރުމަކީވެސް މިއަދުގެ އާދައެކެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާ މިފަދަ މުހިއްމު ވަގުތުގައިވެސް ދެމަފިރިންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިގެން އަންނަ މިންވަރު ބައެއް މުޖުތަމަޢުތަކުގައި މަދެއް ނޫނެވެ. ފިރިހެން މީހާ ވަކި ޖިންސެއްގެ ކުއްޖަކު ބޭނުންވާއިރު އަނބިމީހާގެ ވިސްނުން މުޅިން ތަފާތުވެދެއެވެ. މައިދައިތައާއި ދަނބިދަރިންގެ ޚިޔާލު ތަފާތުވެދެއެވެ. ކަންމިހެން އޮތްއިރު، މިފަދަ އަރައިރުންތަކުގެ ނަތީޖާ ފެންނަނީ ދަރިފުޅު ވިހެއުމުން ނުވަތަ ދަރިފުޅުގެ ޖިންސް އެނގޭ ހިސާބުންނެވެ.
އެކި ޒަމާނަތަކަށް ބަލާއިރު ދުނިޔޭގެ ތަފާތު މުޖުތަމަޢުތަކުގައި މިފަދަ އަރައިރުންތައް ހިނގަމުން ދެއެވެ. ބޮޑަތި އަރައިރުންތަކާއި ކޯޅުންތަކަށް ބަދަލުވެދެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިކަމާ ގުޅުންހުރި ތަފާތު ކަންކަން މަދުމަދުން ނަމަވެސް ހިނގަމުންދިއުމަކީ ހިތާމަހުރިކަމެކެވެ. މިގޮތުން ދަރި ވައްޓާލުމާއި، ބައެއްފަހަރު ފިރިމީހާ ބޭނުންވާ ޖިންސެއްގެ ކުއްޖަކު ނުލިބުމުން، ދަރިފުޅަށް ދޭންވާ އަޅާލުމާއި ލޯބިން ތުއްތު ދަރިފުޅު މަޙްރޫމުވެގެން ދާފަހަރު އާދެއެވެ. އަދި އާއިލީ ބޮޑު މައްސަލައަކަށް ވެގެންދެއެވެ. މިއާއިއެކު، ދަރިފުޅުގެ ކަންތައްތަކުގައި މައިމީހާގެ ވިސްނުމާއި ފިކުރުތައް ހަލަބޮލި ކޮށްލައެވެ. މީގެއިތުރުން އަންހެނާއަށް ބޮޑަތި ގޮންޖެހުންތަކާއި ދަތި އިޙްސާސްތަކާއި ކުރިމަތިލާންޖެހެއެވެ. އިތުރު މިސާލެއް ދަންނަވާލަންތޯއެވެ. އިންޑިޔާގެ ބައެއް މުޖުތަމަޢުތަކުގައި ކައިވެނިކުރެވޭ ފިރިހެން ކުއްޖާގެ މަންމަ ބޮޑަށް ބޭނުންވަނީ، އޭނާގެ ދަރިފުޅަށް ފިރިހެން ކުދިން ލިބުމަށެވެ. އެއީ ހަމައެކަނި އެމީހުންގެ ދީނީ އަދި ޘަޤާފަތް ބައްޓަންވެފައިވާ ގޮތުން ކުރާ އަސަރެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް، ނަތީޖާއަކީ މައިދައިތައިން ހިތްނޭދޭ ކަހަލަ ކުއްޖަކު އުފަންވެއްޖެނަމަ އެކަމުގައި އަންހެން ދަނބިދަރިފުޅު ކުށްވެރިކުރުމަށް އަވަސްވެގަތުމެވެ. އަންހެން ދަނބިދަރިފުޅު ހިތުގައި ޖައްސާ ފުރައްސާރަ ކުރެވެއެވެ. އެންމެފަހުން، އަންހެން ކުއްޖަކު އުފަންކުރުވުމުގެ ޒިންމާ އަންހެން ދަނބިދަރިފުޅުގެ ބޮލުގައި އަޅުވައެވެ. އެހެންނަމަވެސް ވަކި ޖިންސެއްގެ ކުއްޖަކު ލިބުމަކީ އަންހެން މީހާއާއި ކޮންގުޅުމެއްހުރި ކަމެއްތޯއެވެ؟
ވަރަށް ފަހަކާއި ޖެހެންދެން މީސްތަކުން ގަބޫލުކުރަމުން އައިގޮތުގައި ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ މައިމީހާގެ ޖިންސީ ސެލްއިންނެވެ. ނުވަތަ މަންމަ އާއި ބައްޕަ، މިދެމީހުންގެ ސެލްއިންނެވެ. އެހެންނަމަވެސް، ދަރިފުޅުގެ ޖިންސް ކަނޑައެޅޭ ގޮތާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާގޮތް އިންސާނުން ހީކުރިގޮތާއި މުޅީން ތަފާތެވެ. އެހެނަސް އެއީ އަދުގެ ސައިންސްގެ ހޯދުންތަކާއި ތަފާތެއްނެތް ފުރިހަމަ މަޢުލޫމާތުތަކެކެވެ. އިންސާނާ އުފައްދަވާ ޖިންސް ކަނޑައެޅުއްވި ކުޅަދުންވަންތަ އިލާހުގެ މަތިވެރި ބަސްފުޅެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން ރަޙިމުގެ ތެރެއަށް މަނިފޮދެއް އެޅޭހިނދު އެއިން ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ" (ސޫރަތުއް ނަޖްމު 45-46). އަދިވެސް ސޫރަތުލް ޤިޔާމާގެ 37 ވަނަ އާޔަތުން 39 ވަނަ އާޔަތަށް ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. "އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ". ކީރިތި ޤުރްއާނުގެ މިއާޔަތްތަކުގެ ތެދުކަން އަދުގެ ސައިންސްގެ އަލީގައި ކަށަވަރުވެފައި މިވަނީ 'ޖެނެޓިކްސް' ނުވަތަަ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ ޢިލްމު ވުޖޫދަށްއައިސް ތަރައްގީވި ދުވަހުން ފެށިގެންނެވެ. އެއީ ކީރިތި ޤުރްއާނުގައި ޢިލްމީ މިޙަގީގަތް ބަޔާންކުރެވިފައިވާތާ އެތައް އަހަރެއް ފަހުންނެވެ.
އިންސާނީ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ މަޢުލޫމާތު އެކުލެވޭ އެންމެ އަސާސީ މާއްދާކަމުގައިވާ ޖީންސް ހޯދުމުގެ 13 ޤަރުނުކުރިން ﷲ ތަޢާލާގެ ފޮތުގައި ބަޔާންވެފައި އެވަނީ އަންހެން އަދި ފިރިހެން މި ދެޖިންސްވެސް ކަނޑައެޅިގެންދަނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ ފިރިހެނާގެ މަނިފޮދުން ކަމެވެ. އެމަނިފޮދުގައިވާ ދަރިފަނިންކަމެވެ. އެހެނީ، އަންހެނާގެ ރަހިމުގައި ތުއްތު ކުއްޖަކު އުފެދިގެން އަންނަނީ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިސް ގުޅި ލާމެހުމުންނެވެ. އަދި މިކުއްޖާގެ ޖިންސް ކަނޑައެޅިގެންދަނީ ޖިންސީ މި ދެ ސެލް ގުޅިލާމެހޭ ވަގުތުގައެވެ. ކޮންމެއަކަސް، އަންހެނާގެ ރަހިމުގައި ޣަރުބަގަންނަ މިތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ ފިރިހެނާގެ ދަރިފަންޏެވެ. އެއްވެސް ހާލެއްގައި އަންހެނާގެ ބިހެއްނޫނެވެ. މިއީ އަދުގެ ސައިންސްގެ ހޯދުންތަކުގައިވާ މަޢުލޫމާތެވެ. އެހެނީ، ތުއްތު ދަރިފުޅުގެ ޖިންސް ބިނާވެގެންވަނީ އިންސާނުންގެ ސެލްތަކުގައިވާ ނިއުކުލިއަސްގެ އެތެރޭގައިވާ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގެ މައްޗަށެވެ. މިގޮތުން އަންހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް އެއްގޮތްވާނެއެވެ. އަދި XX ގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ފިރިހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް ތަފާތުވާނެއެވެ. އަދި XY ގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
އިންސާނާގެ ހަށިގަނޑު އުފެދުމުގައިވާ ކޮންމެ ސެލްއެއްގައި ވަނީ 46 ކުރޮމޮޒޯމްއެވެ. ކުރޮމޮޒޯމްއަކީ ކޮންމެ ސެލްއެއްގެ ނިއުކްލިއަސް ތެރޭގައި ހިމެނޭ އެއްޗެކެވެ. މީގެ މައިގަނޑު މަސައްކަތަކީ ދަރިފަސްކޮޅަށް ވާރުތަވަމުންދާ ދިރޭތަކެތީގެ ސިފަތަކާއިބެހޭ މަޢުލޫމާތުތައް އުފުލުމެވެ. ހަށިގަނޑު އުފެދިފައިވާ ކޮންމެ ސެލްއެއްގައި 46 ކުރޮމޮޒޯމް ވީނަމަވެސް، އިންސާނާގެ ކޮންމެ ޖިންސީ ސެލްއެއްގައިވަނީ 23 ކުރޮމޮޒޯމްއެވެ. އެއީ ކުރިންދެންނެވި 46 ކުރޮމޮޒާމްގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން، ޖިންސީ ސެލްތައް އުފެދިގެން އަންނަ އިރު އެއިން ކޮންމެ ސެލްއެއްގައި ހިމެނޭނީ 23 ވަނަ ޖޯޑުގައިވާ ދެ ކުރޮމޮޒޯމުން އެއް ކުރޮމޮޒޯމްއެވެ. މިގޮތުން، އަންހެން ޖިންސީ ސެލްތައް ބެހިގެންދާނީ އެއްގޮތް ކުރޮމޮޒޯމްތައް އެކުލެވޭ ގޮތުގައެވެ. އެއީ ތަފާތު ކޮންމެ އަންހެން ޖިންސީ ސެލްއެއްގައި X ކުރޮމޮޒޯމެއް އެކުލެވޭ ގޮތުގައެވެ. އެހެންނަމަވެސް، ފިރިހެން ޖިންސީ ސެލް (ދަރިފަނީ)ގެ އެއްބައި ސެލްގައިX ކުރޮމޮޒޯމް އަދި އަނެއްބައި ސެލްގައި Y ކުރޮމޮޒޯމް ހިމެނޭނެއެވެ.
އަދުގެ ޢިލްމީ ދިރާސާތަކަށް ރިޢާޔަތް ކުރާއިރު، އަންހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ މަނީގައިވާ އެތައް މިލިއަން ޖިންސީ ސެލްތަކުގައިވާ X ކުރޮމޮޒޯމް ހިމެނޭ ފިރިހެނާގެ ޖިންސީ ސެލް (ދަރިފަނި) އާއި އަންހެނާގެ ޖިންސީ ސެލް ގުޅުމުންނެވެ. އަދި ފިރިހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް ދުއްވާލެވޭ ދަރިފަނިތަކުގެ ތެރެއިން Y ކުރޮމޮޒޯމް ހިމެނޭ ސެލްއެއް އަންހެނާގެ ބިހާއި ގުޅުމުންނެވެ. ފިރިހެނާގެ ތަފާތު ދަރިފަނިތަކުގެ ތެރޭގައި މި ދެ ކުރޮމޮޒޯމް އުފުލާ ދަރިފަނިތައް ހިމެނެނީ ފަންސާސް އިންސައްތަ ޙިއްސާވާ ހަމަހަމަގޮތެއްގައި ކަމަށްވާތީ ކޮންމެ ޖިންސެއްގެ ކުއްޖަކު ލިބުމަށް އޮންނަ ފުރުޞަތަކީ ހަމަހަމަ ފުރުޞަތެކެވެ. އެހެނީ ޖިމާޢުވާ ވަގުތު އޮހޮރުވާލާ މަނީގެ ކުޑަ މިންވަރުގައިވާ އެތައް މިލިއަން ދަރިފަނީގެ ތެރެއިން އަންހެނާގެ ބިހުގެ ތެރެއަށް ވަންނަށް މަސައްކަތްކުރާ އެތައް ހާސް ދަރިފަނިތަކުން ބިހުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބެނީ އެންމެ ފަންޏަކަށެވެ. އަދި އެ ދަރިފަންޏަކީ ކޮބައިކަމެއް ކަނޑައެޅިގެން ނޭގޭނެއެވެ. މިހެންކަމުން، X ކުރޮމޮޒޯމް ނުވަތަ Y ކުރޮމޮޒޯމް އުފުލާ ފަންޏަކަށްވެސް މި ފުރުޞަތު ލިބިދާނެއެވެ. މިގޮތުން އުފެދޭ ދަރިފުޅުގެ ޖިންސް ކަނޑައެޅިގެންދެއެވެ.
ޒަމާނީ ޓެކޮނޮލޮޖީއާއި ތަފާތު ޢިލްމުތައް އިންސާނުންނަށް ހޯދެމުން ދިޔަވަރަކަށް ﷲ ތަޢާލާގެ ބަސްފުޅުގެ މަތިވެރިކަމާއި އެބަސްފުޅުގެ ތެދުކަން މިދަނީ ސާބިތުވަމުންނެވެ. މިގޮތުން، ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ އަންހެން މީހާކަމުގައި ކުރަމުންއައި ޙަގީގަތެއްނެތް ދަޢުވާ ދޫކޮށްލުމަށް މިވަނީ މަޖުބޫރުވެފައެވެ. އެހެނީ ތުއްތު ކުއްޖާގެ ޖިންސް ކަނޑައެޅިގެން އަންނަނީ ފިރިހެނާގެ ޖިންސީ ސެލްކަމުގައިވާ ދަރިފަނީގައިވާ މަޢުލޫމާތުތަކުންނެވެ. މިއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެ ދަރިފަނި ހެއްދެވިފަރާތަކީވެސް ނެތުމުގެތެރެއިން އެންމެހާ މަޚްލޫޤުން އުފެއްފެވި ﷲ ތަޢާލާއެވެ.

No comments:
Post a Comment