Saturday, November 21, 2009

Sudden rise of cases of Influenza A in Maldives


In Maldives, swine flue cases raised to total of 11. Out of these 2 were expatriate and remaining were Maldivians. One death was known. This is a critical situation for people of Maldives, hence the H1N1 virus is spreading in small islands. So, make prayers and make dhua to Allah regularly, not only when there is disaster. Please practice islam in the way prophet pbuh taught us.

Human swine flu was originally called 'swine flu' because it is similar to influenza viruses that infect pigs. The strain presently causing concern is a mutated form called Influenzavirus A (H1N1) or human swine influenza which can be spread from human to human. It can also be passed on by people who are carrying the virus but show no outward signs of illness.

How Does The Virus Spread?


- People become infected with the virus by inhaling droplets that have been coughed or sneezed out by an infected person.
- A person may also become infected by touching something with
flu viruses on it and then touching their mouth or nose. The virus may survive for up to eight hours outside the human body.

What are the signs and symptoms of swine influenza in humans?

They are similar to those of regular flu, and include:

Body aches

Chills

Cough

Diarrhea (less common)

Headache


Temperature (fever)

Tiredness (fatigue)

Vomiting (less common)


What medications are there?

There are some drugs around that can effectively treat swine flu infection in humans - and many types of flu infections in humans. There are two main types: adamantanes (amantadine and remantadine) inhibitors of influenza neuraminidase (oseltamivir and zanamivir) Most previous swine influenza human cases recovered completely without the need for medical attention.

What can you do to protect yourself?

Wash your hands regularly with soap

Try to stay healthy

Get plenty of sleep

Do plenty of exercise

Try to manage your stress

Drink plenty of liquids

Eat a well balanced diet

Refrain from touching surfaces which may have the virus

Do not get close to people who are sick

Stay away from crowded areas if there is a swine flu outbreak in your area

If I you are infected, how can you stop others from becoming infected?

Limit your contact with other people

Do not go to work or school

When you cough or sneeze cover your mouth with a tissue.

If you do not have a tissue, cover your mouth and nose.

Put your used tissues in a waste basket

Wash your hands and face regularly

Keep all surfaces you have touched clean

Follow your doctor's instructions

Monday, November 9, 2009

Olive oil and Cancer


“Also a tree springing out of mount Sinai which produces oil and relish for those who use it for food.” (Quran 23:20)

The Prophet, peace be upon him, said, “Eat olive oil and anoint your-selves with it, for it comes from a blessed tree.” (Tirmidhi, Ibn Majah and Darimi)

Cancer is a heterogeneous group of multi-factorial diseases. The exact mechanism of how cancer happens is still only partially understood. Nevertheless, several factors that affect the risk of cancer development have been successfully studied. These factors include what is called endogenous or inside the body, and environmental or external factors. Of these factors, diet has been one that was proven to play an important role in development and formation of many common types of cancers.

Breast Cancer:


Diet is one of the various factors that have been extensively studied and found to modify the risk of breast cancer development in humans, in particular the effect of dietary fat. It seems that the risk of breast cancer is not limited to the ratio of total calories ingested, but also to the type of fat ingestion, with higher risk from animal fat.

In contrast to polyunsaturated fat, mono-unsaturated fats reduce the risk of breast cancer. Olive oil is one of the mono-unsaturated fats. It has been demonstrated that the risk of breast cancer is reduced with increased consumption of olive oil. This reduced risk is not demonstrable with butter or margarine. On the contrary, risk is in-creased with margarine intake. This inverse relationship between the consumption of olive oil and the risk of breast cancer was found to be dose dependent: The higher the consumption of olive oil, the lower the risk of breast cancer.

Cancer of the stomach (Gastric cancer):


Evidence support that the stomach cancer is influenced by environmental factors, of which diet appears to be the most important one. This risk was found to be high with increasing consumption of nitrates and proteins, salted, smoked and pickled food. However, risk of stomach cancer was found to decrease with consumption of olive oil, fresh fruits, vitamin C, vitamin E, garlic and others.

Cancer of the Larynx ( Laryngeal cancer):


Dietary factors play an important role in modifying the risk of cancer of the larynx and throat. Alcohol and tobacco are the main two risk factors, followed by low consumption of fruits and vegetables. A Low risk of these cancers has been reported with high intake of olive oil, orange juice, citric food and vegetables.

Cancer of the Uterus (Endometrial cancer):


Recent epidemiological studies indicated that there is a possible effect of dietary factors in the development of cancer in the Uterus. Increasing intake of olive oil was found to be associated with a significant (26%) decrease in risk of cancer of the Uterus.

Friday, October 16, 2009

ދިވެހި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން


މިއަހަރު ދަށު ޡާނަވީ ނިންމާ ދަރިވަރުންގެ އިމްތިހާނުތައް ފެށިގެން ކުރިއަށް އެބަދެއެވެ. އެސް އެސް ސީ އިމްތިހާނާއި، ކެމްބްރިޖް ޖީ ސީ އީ އޯލެވެލް އަދި އައި ޖީ ސީ އެސް ސީ އިމްތިހާނު މި މަހުގެ 14 ވަނަ ދުވަހު ވަނީ ފެށިފައެވެ. އެގޮތުން، އެސް އެސް ސީ އަރަބި މާއްދާ އާއި ޖީ ސީ އީ އޯލެވެލް ޓުރެވަލް އެންޑް ޓުވަރިޒަމް ގެ އިމްތިހާނު ނިމި، ދިވެހި ނަސްލުގެ ހުރިހާ ދަރިވަރުން ޢާއްމު ގޮތެއްގައި ބައިވެރިވާ އެސް އެސް ސީ ދިވެހި މާއްދާގެ އިމްތިހާނު މިއަދު މިވަނީ ފެށިފައެވެ. އަދި އެސް އެސް ސީ އިސްލާމް މާއްދާ މާދަމާ އޮންނާނެއެވެ. ދެން ކުރިއަށް އޮތީ ކެމްބްރިޖް އޯލެވެލް އާއި ކެމްބްރިޖް އައި ޖީ ސީ އެސް ސީ ގެ މާއްދާ ތަކުގެ އިމްތިހާނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ދަރިވަރުންނެއް މި އިމްތިހާނުތައް ހަދަމުންދާއިރު، މިވަގުތު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ތަފާތު އެތައް ކަމެއް ވެއެވެ.


މި އަހަރު ގުރޭޑް 10 ނިންމާ، ޤައުމީ އަދި ބައިނަލް އަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވަމުން އައި ދިވެހި ހުރިހާ ދަރިވަރުން މިއަދު ކުރިމަތިލާފައި އެވަނީ އެދަރިވަރުންގެ ކުރިމަގު އަދި މަތީ ތަޢުލީމުގެ ބިންގަލުގެ ފަހު މަރުހަލާއާއެވެ. އެހެންކަމުން، މި ދުވަސްވަރު އެދަރިވަރުންނަށް އެއްބާރުލުންދީ، އިމްތިހާނަށް ތައްޔާރުވުމަށް ވަގުތު ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އާއިލީ ވާޖިބެކެވެ. ދަރިވަރުންނަށް އޮޅުން ނުފިލާ ހުރި ފިލާވަޅުތައް އިތުރަށް ބުނެދިނުމަކީ މުދައްރިސުންގެ ޒިންމާއެކެވެ. ދަރިވަރުންނަށް އެހީތެރިވުމަކީ ސްކޫލުތަކުގެ ޒިންމާއެކެވެ. އިމްތިހާނުތަކަށް ބުރޫއަރާނޭ އެންމެހާ ކަންތައްތައް މުޖުތަމަޢުގެ ތެރޭގައި ހިނގުމަކީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާނެ ކަންކަމެވެ. އެހެންކަމުން، މިވަގުތު ދިވެހި އެންމެހާ ރައްޔިތުންނާއި، އަދުގެ ސަރުކާރުންނާއި، އަދި ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން މިކަންކަމާއި ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އެދަރިވަރުންގެ އިމްތިހާނަށް ދަތިވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

ދަރިވަރުންގެ ޒިންމާގެ މަތީން ހަނދުމަ ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ، ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރުމާއި، އިސްލާމްދީނުގެ އެންމެހާ ކަންކަމަށް ފަރުވާތެރިވުމާއި، މައިންބަފައިންނާއި މުދައްރިސުންގެ އަގުހުރި ނަޞޭޙަތްތައް މަތިން ހަނދުމަކޮށް އެގޮތަށް ޢަމަލުކުރުމާއި، ބޭކާރުގޮތުގައި ވަގުތުތައް ނަގައިނުލުމާއި، ގެއިން ބޭރުގާ ގިނަ ވަގުތު ހޭދަ ނުކުރުމާއި، ވިޔާނުދާ އަދި ފާޙިޝް އަމަލުތަކާއި ދުރުވުމުމަކީ ދަރިވަރުން ކޮންމެހެން ކުރަން ޖެހޭނެ ކަންކަމެވެ. މީގެ އިތުރުން އިމްތިހާނަށް ތައްޔާރުވެ، ގިނަ ވަގުތު ފޮތްތައް ކިޔައި ފިލާވަޅުތައް މުޠާލިޢާކޮށް، އަދި އެންމެހާ މަޚުލޫޤުން ނެތުމުގެތެރެއިން އުފެއްދެވި ﷲ ގެ ޙަޟުރަތުން ދުޢާކޮށް ވާގިއެދެން ޖެހޭނެއެވެ. މިއީ އަޅުގަނޑުގެ އެދުމެވެ. އެންމެހާ ބެލެނިވެރިންނާއި މުދައްރިސުންގެ އެދުމެވެ. އެންމެހާ ދިވެހި ރައްޔިތުންގެ އެދުމެވެ.


އަޅުގަނޑުގެ ދުޢާ އަކީ، މިފަހަރު އިމްތިހާނުތަކުގައި ބައިވެރިވެފައިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީ އެއް ލިބުމެވެ. ހުރިހާ ދަރިވަރުންވެސް ހުރިހާ މާއްދާތަކަކުން ފާސްވެ، އެންމެ މަތީ ކާމިޔާބީ ހޯދުމެވެ. ގައުމީ ގަދަ 10 ގައި ވީހާ ގިނަ ދަރިވަރުން ހިމެނުމެވެ. އަދި ބުރިލިއަންސް އެވޯޑް ގައި ކުރީ އަހަރަށް ވުރެ ގިނަ ދަރިވަރުން ހިމެނުމެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި، ދިވެހި އަދި އިސްލާމް މި ދެމާއްދާއިން އަހަރަކަށް ވުރެ އަހަރެއް ދަށްވަމުން ދިޔަ ދިޔުން ކޮޅު އަނބުރާލަން ޖެހެއެވެ. އަދި ހުރިހާ މާއްދާތަކުން އެންމެ ފުރިހަމަ ކާމިޔާބީ ހޯދަން ޖެހެއެވެ. މިއީ އަޅުގަނޑުގެ އުއްމީދެވެ. އަޅުގަނޑުގެ ދުޢާ އެވެ.

Wednesday, October 14, 2009

އިޒްރޭލު އެކަހެރި ކުރޭ


ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށް ދަޢުވާ ކުރާ، މި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން އިޒްރޭލާއި އެކު ގުޅުން ބަދަހި ކުރިކުރުން ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަމަވެ. އެހެނީ ބައިނަލްއަގުވާމީ އެއްވެސް މުޢާހަދާ އަކަށް ތަބަޢު ނުވާ، އިންސާނީ ހައްގުތަކަށް ހިތުހުރި ގޮތަކަށް އަރާ ބޮޑަތި ޖަރީމާތައް ހިންގަމުންދާ ގާތިލު ދައުލަތަކާއި އެއްވެސް ކަހަލަ ގުޅުމެއް ގާއިމު ކުރުމަކީ އިންސާނާގެ ހެޔޮ ބުއްދިވެސް އިންކާރު ކުރާ ކަމަކެވެ. މީގެ އިތުރުން، މުސްލިމުންގެ ބިންތައް ފޭރި، ކޮންމެ ދުވަހެއްގެ މައްޗަށް މުސްލިމު ކުޑަ ކުދިންނާއި މުސްލިމު އަންހެނުންނާއި މުސްކުޅިން އަދި މުސްލިމު އަޚުން ކަތިލަމުންދާ އިޒްރޭލުގެ ޔަހޫދީ ބައިގަނޑާއި މުސްލިމު ދިވެހި ދައުލަތުން ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އިސްލާމް ދީނަށް އަދި އެންމެހާ މުސްލިމުންނަށް ގޮންޖެހުމެވެ. މިއީ ފިނޑި އަދި ދަށު ދަރަޖައިގެ ޢަމަލެކެވެ. އެމެރިކާގެ ފަސްގަނޑުގައި ތިބެ، އަދުގެ ސަރުކާރުގެ އެންމެ އިސްވެރިން ތަފާތު ތިން އެއްބަސްވުންތަކެއްގައި އިޒްރޭލާއި އެކު ސޮއި ކުރިއިރު އެ އެއްބަސްވުންތަކުގައި ހުރީ ކޮންއެއްޗެއް ކަމެއް ދިވެހިންނަކަށް ނުއެނގެއެވެ. މިއީ ބިރުވެރި ކަމެކެވެ.


ސިޔާސީ ގޮތުން އަންނަ ޕުރެޝަރުތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، އެފަދަ ޕުރެޝަރުތަކާއި ކުރިމަތިލާން ނުކުޅެދޭ ބަޔަކު ސައްތައިން ސައްތަ މުސްލިމުންތަކެއްގެ ވެރިކަމަށް އައިސް މުސްލިމުންގެ އަދުއްވުންނަކީ އެމީހުންގެ އެކުވެރި ވާގިވެރިންނަށް ހެދުމަކީ ކަނޑައެޅިގެން ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. "ޑިމޮކްރަސ"ީ އޭ އަޑުގެ ކޮޅަށް ގޮވާ ބަޔަކު، ޑިމޮކްރަސީ ނައްތާލައި އެއާ ޚިލާފަށް ޢަމަލު ކުރާބަޔަކާއި ސިޔާސީ ގުޅުން ގާއިމުކުރުމަކީ ޢަމަލާއި ބަސް ދިމާ ނުވާކަމުގެ ހެއްކެކެވެ. ޑިމޮކްރަސީގައި ކޮޅުފައިން ޖެހުމެވެ. ދީނީ ނަޒަރަކުން ބެލިޔަސް އިޒްރޭލާއި އެއްވެސް ގުޅުމެއް ގާއިމެއް ނުކުރެވޭނެއެވެ. މިދަންނަވަނީ ހުރިހާ ޔަހޫދީންގެ ވާހަކައެއް ނޫނެވެ. މުސްލިމު އުއްމަތުގެ ހިތް ކަމުގައިވާ ފަލަސްތީމުގެ މުސްލިމު ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމަކީ އިޒްރޭލް އޭ ކިޔާ ދައުލަތާއި ގުޅުން ބަދަހި ކުރުމެއް ނޫނެވެ. އިޒްރޭލު އެކަހެރި ކުރުމެވެ. އެމީހުންގެ އުފެއްދުންތައް ބޮއިކަޓް ކުރުމެވެ.


އެހެންކަމުން، ދިވެހިރާއްޖޭގެ އަދުގެ ސަރުކާރަށް ވަރަށް އިޚުލާޞްތެރިކަމާއި އެކު މި ގޮވާލަނީ އިޒްރޭލާއި އެކު ގާއިމު ކޮށްފައިވާ އެންމެހާ ގުޅުންތައް މިހާރުން މިހާރަށް ކަނޑާލުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ގޮވާލަނީ، ދިވެހި ދައުލަތުން އިޒްރޭލާއި އެކު އެއްވެސް ގުޅުމެއް ބޭއްވުން މަނާކުރާ ބިލެއް މަޖިލީހުގެ ތަޅުމަށް ގެނެސް އެ ބިލު ފާސްކޮށްދިނުމަށެވެ. ދިވެހި އެންމެހާ ރައްޔިތުންނަށް މި ގޮވާލަނީ އަދުގެ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް، އިޒްރޭލުގެ އުފެއްދުންތައް ބޮައިކަޓްކޮށް، މިފަދަ އަމަލުތައް ހިންގާ އަދި ވާގިވެރިވާ ބަޔަކާއިމެދު ސަމާލުވެ ތިބުމަށެވެ.

Sunday, September 27, 2009

ހަމަލޮލަށް ނުފެންނަ ދިރުން


ފަރުދާގެ ފުރަގަހުގައިވާ ތަކެއްޗާއި، ވަކި ހިސާބަކަށްވުރެ ދުރުގައިވާ ތަކެއްޗަކީ އިންސާނާގެ ހަމަ ލޮލަށް ފެންނަ ފެނުމުގެ ބާރުގެ ތެރެއިން ބޭރުގައިވާ ތަކެއްޗެވެ. ދަގައްފާނުގެ ބާރާއި ކަރަންޓާއި ވަޔާއި އަދި ކާއިނާތުގައިވާ ތަފާތު އެތަކެއް ތަކެއްޗަކީވެސް އިންސާނާގެ ހަމަ ލޮލަށް ފެންނަ ތަކެއްޗެއް ނޫނެވެ. ނަމަވެސް މިއީ ވުޖޫދުގައި ނުވާ ތަކެތި ކަމުގައި މިއަދު އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. މީގެ އިތުރުން، ކާއިނާތުގައި ﷲ ތަޢާލާ ލައްވާފައިވާ ދިރުންތަކަށް ނަޒަރު ހިންގާލާއިރު، އިންސާނާގެ ހަމަލޮލަށް ނުފެންނަ ކޮންމެ ދިރުމަކީ ނުވާ އެއްޗެއްކަމުގަ ބުނެވޭކަށް ނެތެވެ. ބިމުގައި ލައްވާފައިވާ އެންމެހާ ދިރުންތައް ލައްވާފައިވަނީ ކުދި ބޮޑުމިން ތަފާތުވަނިވި ގޮތުގައެވެ. އެއްގަމުގައިވާ ބޮޑަތި އެތްތަކާއި ގެރި އާއި ބަކަރި އާއި މުސަޅާއި މީދަލާއި ހޯނާއި މިހެންގޮސް ތަފާތު ސައިޒުގެ ދިރޭ ތަކެތި ވެއެވެ. ކަނޑުތަކާއި ކޯރުތަކަށް ބަލައިލިޔަސް މިފަދައިންނެވެ. ބޮޑަތި މަސްތަކާއި ކުދި މަސްތަކެވެ. މިގޮތުން، އެއްގަމާއި ކަނޑުގައިވާ ލޮލަށް ފެންނަ މަޚްލޫޤުތަކުގެ އިތުރުން ލޮލަށް ނުފެންނަ ދިރުންތައް ނުވަތަ މައިކްރޮއޯގަނިޒަމްސް ލައްވާފައިވެއެވެ. މިތަކެތީގެ ސަބަބުން ބިމުގައިވާ އެހެނިހެން ދިރުންތަކަށް އެހީތެރިވެދޭ ތަކެތީގެ ގޮތުގައެވެ.

ނެތުމުގެ ތެރެއިން އެންމެހާ ތަކެތި އުފެއްދެވި ކުޅަދުންވަންތަ ﷲ ތަޢާލާ، ކީރިތި ޤުރްއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "އަދި އަހާއި، بغل އާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ" النحل: ٨ . މިއާޔަތުން އެނގިގެންދަނީ އިންސާނާއަށް ނޭނގޭ ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އެހެނީ، ޤުރްއާން ބާވާލައްވަމުން ދިޔަދުވަސްވަރު ދިރިއުޅެމުން ދިޔަ މީސްތަކުންނަށް، ލޮލަށް ނުފެންނަ ދިރުންތަކެއް ވުޖޫދުގައި ވާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. މިފަދަ ކުދި ކުދި ދިރޭތަކެތިތައް އިންސާނުންނަށް ހޯދިފައިވަނީ ސައިންސްގެ އަލާތެއް ކަމުގައިވާ މައިކްރޮސްކޯޕް އުފެއްދުނު ހިސާބުންނެވެ.

ކީރިތި ޤުރްއާނުގައި ބަޔާންވެގެންގޮސްފައިވާ ލޮލަށް ނުފެންނަ ދިރޭތަކެއްޗާއިބެހޭ މަޢުލޫމާތުތައް އިންސާނުން ހޯދަންފެށީ ޤުރްއާން ބާވާލެއްވުނުތާ އެތައް އަހަރެއްފަހުންނެވެ. އަދި މިކަން މިއަދު މިވަނީ ބައޮލޮޖީ ނުވަތަ ދިރޭ ތަކެއްޗާއި ބެހޭ ޢިލްމުގެ ގޮތްޕަކަށް ވެފައެވެ. އެއީ މައިކްރޮބައޮލޮޖީއެވެ. ކީރިތި ޤުރްއާނުގެ އިތުރު އާޔަތްތަކުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، އުޑާއި ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނުވާކަމާއި، ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައެވެ (34:3،10:61). މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ! އެހެނީ، ލޮލަށް ނުފެންނަ ދިރުންތަކުގެ ސައިޒަކީ ޢާއްމުގޮތެއްގައި ޛައްރެއްގެ މިންވަރެވެ. މި ދިރުންތަކުގައިވަނީ އެންމެ ދިރޭޛައްރާ އެކެވެ. ނުވަތަ އެންމެ ސެލް އެކެވެ.

މި ދުނިޔޭގައި އިންސާނާއަށް ނޭނގޭ އެތައް ކަމެއް އެކުލެވިފައިވާއިރު، ލޮލަށް ނުފެންނަ ދިރުންތަކުގެ އެތައް މެމްބަރުންނެއްވެސް ދިރިއުޅެމުން ގެންދެއެވެ. އެތަކެތިވަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާތަކާއި ވައިރަހާއި ފަންގީ ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ އެތައް މިލިއަން ދިރުންތަކެއް ބިންމަތީގައިވެއެވެ. އަދި މިތަކެތީގެ ސަބަބުން ބިމުގައިވާ ދިރުންތައް އެއް ހަމައެއްގައި ބަހައްޓައިދެއެވެ. މިކަމުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ބިމުގައިވާ ދިރުންތައް ދެމިގެންދިއުމަށް ބޭނުންވާ މުހިއްމު މާއްދާތައް ދައުރުމުގެ ނިޒާމުތަކަށް ބަލާއިރު، ނައިޓްރޮޖެން ސައިކަލްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ތަފާތު ބެކްޓީރިއާ ތަކެވެ. ވައިގެ ފަށަލައިގައިވާ ނައިޓްރޮޖެން ގޭސް، ގަސްގަހާގެއްސަށް ބޭނުންކުރެވޭނެ ގޮތަށް ބަދަލުވެގެން އަންނަނީ ބެކްޓީރިއާ ތަކުގެ ސަބަބުންނެވެ. މިމާއްދާތަކަކީ ގަސްގަހާގެހީގެ ހެދިބޮޑުވުމަށް ބޭނުންވާ ތަކެއްޗެވެ. އަދި ގަސްގަހާގެއްސަކީ ބިމުގައިވާ ހުރިހާ ދިރުންތަކަށް ބޭނުންވާ ކާނާ އުފައްދައިދޭ ކާރުޚާނާތަކެވެ. މިއީ މި ކުދި ކުދި ދިރުންތަކުގެ ދައުރެވެ. އަދި އަނގައިގެތެރޭގައިވާ ބެކްޓީރިއާތަކާއި، އިރުގެ އަލި ބޭނުންކޮށްގެން ކާނާއުފައްދާ ބެކްޓީރިއާތަކާއި އަލްގޭ ތަކަށް ނަޒަރު ހިންގާލުމުންވެސް މިކަން އިތުރަށް ކަށަވަރުވާނެއެވެ. އަދިވެސް މިތަކެތީގެ ދައުރު ވަރަށް ފުޅަލެވެ. އެހާމެ މުހިއްމެވެ. މިއަދު އަޅުގަނޑުމެން ބޭނުން ކުރަމުން ގެންދާ ކާނާގެ ބާވަތްތައް ކަމުގައިވާ ޔޯގަޓާއި ޗީޒާއި ޕާން ވެސް އުފައްދަމުންގެންދަނީ މިދެންނެވި ލޮލަށް ނުފެންނަ ދިރުންތަކުގެ އެހީގައެވެ. މީގެ އިތުރުން ތަފާތު ބޭސްތައް އުފެއްދުމުގައިވެސް ބައެއް ކަހަލަ ބެކްޓީރިއާތައް ބޭނުން ކުރެވެއެވެ. މަރުވެގެންދާ ގަސްގަހާ ގެއްސާއި، ޖަނަވާރުންނާއި އިންސާނުންގެ ހަށިތައް ކައި ވީރާނާކޮށްލަނީވެސް މިދެންނެވި ލޮލަށް ނުފެންނަ ކުދި ދިރުންތަކެވެ.

ހަމަލޮލަށް ނުފެންނަ ދިރުންތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފައިދާ ކުރަނިވި އެއްޗެހި އެކަންޏެއް ނޫނެވެ. ބައެއް ކަހަލަ ބެކްޓީރިއާ ތަކާއި ވައިރަސްތަކަކީ ގިނަ ގުނަ ބަލިތައް ޖައްސާ ތަކެއްޗެވެ. އަދި މީގެ އައު ވައްތަރުތައް މިއަދުވެސް ފެންނަމުން އެބަދެއެވެ. އެއިޑްސްގެ ވައިރަސް 'އެޗް އައި ވީ' އާއި ބާރޑް ފުލޫ ވައިރަހާއި އޫރު ރޯގާގެ ވައިރަސް 'އެޗް ވަން އެން ވަން' ވައިރަހަކީ މީގެ ކުރިން އިންސާނުން ނުދަންނަ ހަމަލޮލަށް ނުފެންނަ ތަކެއްޗެވެ. މިއީ އަމިއްލައަށް އުފެދިގެން އަންނަ ތަކެއްޗެއް ނޫނެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. މިއަދު މި ކުދި ދިރޭތަކެތި ހުރަސްނުކުރާ ބޯޑަރެއް ނުވަތަ ނުވަންނަ ގައުމެއް އެބައޮތްތޯއެވެ؟ މިކަންކަމުން ސާބިތުވަނީ އިންސާނުންނަށް އެނގިފައިނުވާ އެތަކެއް ތަކެތި ﷲ ތަޢާލާ އުފައްދަވާފައިވާ ކަމެވެ. އަދި އުފައްދަވާނެ ކަމެވެ. އެއީ ﷲ ގެ ތެދު ބަސްފުޅެވެ. އެބަސްފުޅު ދޮގުކުރެވޭނެ އެއްވެސް މީހެއް އަދި އެއްވެސް އެއްޗެއް ކާއިނާތަކު ނުވެއެވެ. ލޮލަށް ނުފެންނަ ދިރުމުގެ މަޢުލޫމާތު އެއްވެސް އިންސާނަކަށް ލިބިފައިނުވާ ދުވަސްވަރެއްގައި، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި މިވަނީ މި ތަކެތީގެ ވާހަކަ ބަޔާންކުރައްވާފައެވެ. ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ!

ހަމަލޮލަށް ނުފެންނަ ކުދި ދިރޭތަކެތިން ފެށިގެން ބޮޑަތި ދިރޭތަކެއްޗަކީ އަމިއްލައަށް އުފެދިފައިވާ ތަކެއްޗެއް ނޫނެވެ. އަދި އެއީ ބަދަލުވަމުންދާ މަރުހަލާތަކަކުން ނުވަތަ އައި ފުރުޞަތަކުން އުފެދިފައިވާ ތަކެއްޗެއްވެސް ނޫނެވެ. އެއީ ޗާލްސް ޑާވިން ހަދާފައިވާ ބޮޑު ދޮގެކެވެ. ޚުދު އޭނާވެސް ގަބޫލު ނުކުރާ ބޮޑު ދޮގެކެވެ. އިސްލާމްދީނާއި ޚިލާފު އަދި ސައިންސްގެ ބަރުދަނެއް ނެތް ތިޔަރީއެކެވެ. އިންސާނުންގެ ބުއްދީގެ ހަމަތަކަށް ނުފެތޭ ހިޔާލީ ވާހަކަތަކެކެވެ. މި ދޮގު ތިޔަރީ އަކީ އެބައެއްގެ ބަހަނާކަމުގައި ހަދައިގެން، ކަލަކު ނުވާކަމަށް ދަޢުވާކުރާ އޭތިސްޓުންގެ ހާލަކީ ކޮބާ ބާއެވެ؟ މިމީހުންގެ ކާބަފައިންނަކީ ރާމާ މަކުނެވެ. މިމީހުންގެ މަސައްކަތަކީ މުސްލިމު ޅަދަރިންނާއި ޒުވާނުންގެ އިސްލާމީ ފޭރާން ބޭލުވުމެވެ. ޡާނަވީ މަދަރުސާތަކުގެ ދަރިވަރުންގެ ބޮލަށް ސަވާރުވުމެވެ. އެހެންނަމަވެސް، މި މީހުނަށް ދިރުން ހުރި އެންމެ ސެލް އެއްވެސް ނުއުފެއްދުނެވެ. އަދި ނުވެސް އުފެއްދޭނެއެވެ. މިއާއިއެކު، ހަމަލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނުވާ އެއްޗެއްކަމުގައި ބުނާނެ ޖާގަ އަދުގެ ސައިންސާއި އިންސާނާގެ ބުއްދީގެ ހަމަތަކުންވެސް ނުދެއެވެ. ކަރަންޓާއި ވަޔާއި އަދި ލޮލަށް ނުފެންނަ ދިރޭ ތަކެތި ވުޖޫދުގައި ވާކަން ގަބޫލުކުރަން އެމީހުނަށް މަޖުބޫރު ވެއްޖެއެވެ. މީހަކު، އޭނާ ނުދާ ގައުމަކީ ދުނިޔޭގައި ނެތް ގައުމަކަށްވެސް ނުވެއެވެ. ނަތީޖާއަކީ ކަލަކު ވޮޑިގެން ނުވާކަމަށް ދަޢުވާ ކުރާ އޭތީސްޓުންގެ ކޮޅު ބަލިވުމެވެ. އެހެނީ، ހަމަލޮލަށް ނުފެންނަ އެންމެ ދިރުމެއްވެސް އުފެއްދެވުމުގެ ކުޅަދާނަކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

Belated Eid Mubarak


Since I was spending my Eid Holiday in an Island, I couldn’t send ‘Eid Mubarak’ to all Maldivian bloggers and the Muslim community through my blog. I felt very sad, hence I could not send my heartfelt eid greeting to all the followers of islam, and those who made the month of Ramazan a successful occasion by their good deeds during the holly month. So, I wish you a very happy Belated Eid Mubarak to all Maldivian Muslims and Muslims in all the continents of the world.

Saturday, August 22, 2009

ރަމަޟާން މަސް


އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކުރިއަށް މިއޮތީ ވަޒީފާގެ އަހަރީ ޗުއްޓީއެއް ނޫނެވެ. ދުވާލުގެ ބޮޑުބައިގައި ނިދަންވީ ދުވަސްވަރެއްވެސް ނޫނެވެ. އެއާ ޚިލާފަށް، އެންމެ ބޮޑަށް ހީވާގި ވާންވީ މައްސަރެވެ. ރަމަޟާން މަހެވެ. އާދެ، ރޯދަ ހިފުމާއި އަޅުކަން އިތުރު ކުރުމުގެ މައްސަރެވެ. އެހެންކަމުން، ދުވާލުގެ އެއް ދަންފަޅީގައި ނިދުމުގެ ބަދަލުގައި ހެޔޮ ޢަމަލު ގިނަ ކުރާށެވެ. ފަރްޟް ފަސްނަމާދަށް ސަމާލުވާށެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރާށެވެ. ޞަދަޤާތްކުރުން އިތުރު ކުރާށެވެ. ރޭގަނޑުގެ ވަގުތުގައި ލަވަޔާއި މިޔުޒިކާއި އެންމެހާ ފާޙިޝްޢަމަލުތައް ދިރުވުމުގެ ބަދަލުގައި ރޭ އަޅުކަން ކުރުމުގައި އެވަގުތުތައް ހޭދަކުރާށެވެ. ސިނގިރޭޓަކުން ރޯދަވީއްލުމުގެ ބަދަލުގައި ކަދުރު އޮށަކުން ރޯދަވީއްލާށެވެ. ބުރަމަސައްކަތު ވަޒީފާގައި އުޅުމަށްފަހު އަހަރަކު އެއްފަހަރު ތިބާ އަހަރީ ޗުއްޓީ ލިބިގަންނަ ފަދައިން ތިބާގެ ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަށް، ރަމަޟާން މަހުގެ ފަރުޟު ރޯދައިން އަހަރީ ޗުއްޓީ ދޭށެވެ.

RAMADAN MUBARAK


Today is the first day of Holly month of Ramadan, and this is the Month of Quran, the Month of Taqwa, the Month of Prayers, the Month of Charity and the Month of Remembrance of Allah. This month provides a system to help us organize, struggle and liberate ourselves from the addictions, temptations and unbridled desires that sometimes drive our lives more than our thought out plans and good intentions. Ramadan is therefore a month for the spiritual and physical rejuvenation of oneself and the wise and fortunate amongst us are those that reap the most of what this month has to offer.


I advise muslim ummah, specially all Maldivian to avoid music, avoid haraam food, avoid mixing of two sexes, avoid all anti islamic activities during this month and in all other months of the year. Fast, read Quran, help each other, and try to make the best use of this opportunity to purify our souls!


I pray to Allah to show straight path and give Heaven to all my family memebrs, my dearly friends, and all muslims.


Here, I would like to extend all my good wishes and greetings of the holy month of Ramazan to all muslims across the world. Let this month be full of good deeds, and enhancement of all our ties with our family, neigbours and friends.


May Allah bless our nation and the muslims here in Maldives.


RAMADAN MUBARAK

Friday, August 21, 2009

ގުނަވަންތަކުގެ އަހަރީ ޗުއްޓީ


ކޮންމެ ކަހަލަ ވަޒީފާއެއްގައި އުޅޭ މީހެއްނަމަވެސް އަހަރު ހަމަވުމުން ދިގު ޗުއްޓީއެއް ބޭނުންވެއެވެ. މަސައްކަތުގައި ހޭދަކުރަމުން އައި ބުރަ ދުވަސްތަކަށްފަހު މަސްތަކާއި ސިކުނޑިއަށް ލުއިކަމެއް ގެނެސްދީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ. މިގޮތުން މުދައްރިސުންގެ އަހަރީ ޗުއްޓީ އާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އަދި މިހެންގޮސް ތަފާތު ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީއަކީ ކޮންމެ އަހަރަކުމެ ފެންނަ ދުވަސްތަކެކެވެ. މިއީ އެންމެހާ މުވައްޒަފުންގެ އިންތިޒާރީގެ ބޮޅެކެވެ. ހިތުގެ އެދުމެކެވެ. އެހެންކަމުން، މިއިން ކަމަކަށް ހުރަސް އެޅުމަކަށް އެއްވެސް މީހަކު ނޭދެއެވެ. އަދި އަހަރީ ޗުއްޓީއިން މަޙްރޫމް ވެއްޖެނަމަ މުޅި މީހާ މާޔޫސްވެ އަދާކުރަމުންދިޔަ ވަޒީފާގެ މަތިންވެސް ފޫހިކުރުވައެވެ. އަހަރީ ޗުއްޓީގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ހިފައިފި މީހަކަށް އެކަމުގެ ފޮނި އިޙްސާސް ކުރެވޭނެއެވެ. ދެވަނަފަހަރުވެސް އެކަމަށް އެދޭނެއެވެ. ނަމަވެސް، ހެއްދެވި ފަރާތަށް ބޯ ނުލަނބާ އަދި އަމިއްލަ ހަށިގަނޑުގެ ގުނަވަންތަކަށް ބަލައިލުމެއްނެތި، އެއްވެސް އުޒުރަކާނުލާ މުޅި އަހަރުގެ ބާރަ މަސްދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ކައިބޮއި އުޅޭ، މުސްލިމު ނަންކިޔާ ބަޔަކު މަދުންނަމަވެސް ދިވެހި މުޖުތަމަޢުގައި އުޅުމަކީ ކަންބޮޑުވާންޖެހޭފަދަ ބިރުވެރި ކަމެކެވެ.

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ އެތަކެއް ގުނަވަންތަކުގެ ނިޒާމުތަކެއްގެ މައްޗަށެވެ. މިއިން ކޮންމެ ނިޒާމެއްގައި މައިގަނޑު ގުނަވަނެއް ނުވަތަ ގުނަވަންތަކެއް ވެއެވެ. މިގޮތުން ކުޑަކަމުދާ ނިޒާމާއި ލޭ ދައުރުކުރުމުގެ ނިޒާމާއި ކާތަކެތި ހަޖަމު ކުރުމުގެ ނިޒާމަށް ނަޒަރު ހިންގާލުމުންވެސް މިކަން ފާހަގަ ކުރެވިގެންދާނެއެވެ. އެހެންކަމުން، މިދެންނެވި ގުނަވަންތަކާއިމެދު ފަރުވާ ކުޑަކުރެވިގެން ނުވާނެއެވެ. އެހެނީ، ބިންމަތީގައި އިންސާނާ ދިރިހުންނަނީ މިދެންނެވި ގުނަވަންތަކުގެ އެހީގައެވެ. ނަތީޖާއެއްގެ ގޮތުން، މިއިން އެންމެ ގުނަވަނަކަށް ލިބޭ ގެއްލުމަކީވެސް އިންސާނާ ދިރިހުރުމަށް އަސަރުކުރުވާނެ ކަންކަމެވެ. މިހެންކަމުން، ހަށިގަނޑުގައިވާ މަސްތަކަށް އަރާމު ހޯދައިދޭ ފަދައިން އިންސާނާގެ ހަށިގަނޑުގެ އެތެރޭގައިވާ އެންމެހާ ގުނަވަންތަކަށް އަރާމު ހޯދައިދޭންޖެހެއެވެ. މިކަން ކުރުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ބަޔަކީ އަޅުގަނޑުމެންނެވެ. ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ﷲ ތަޢާލާ ވަނީ އެކަމަށް އަންގަވާފައެވެ. އަދި ރަމަޟާންމަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ އެއް ރުކުން ކަމުގައި ލައްވާފައެވެ. ހަމަޔަޤީނުންވެސް، އިންސާނާގެ ހަށިގަނޑާއިބެހޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވަނީ، ނެތުމުގެ ތެރެއިން އެންމެހާ މަޚްލޫޤާތުތައް އުފެއްދެވި ﷲ ތަޢާލާއެވެ. އެކަން އެނގޭނީ ސައިންސްގެ އެއްވެސް ބުރަދަނެއްނެތް ބަހަނާތައް އުފަންކުރި ޗާލްސް ޑާވިންސް އަކަށް ނޫނެވެ. ނުވަތަ އިންސާނުންގެ ކޮށި ވިސްނުމަށް ސަވާރުވަމުންދާ މުލްޙިދުން (އޭތިސްޓުން) ގެ އެދުރުންނަކަށްވެސް ނޫނެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ އެއްޗެއްގެވެސް ހަޤީގަތް އެންމެ ފުރިހަމައަށް އެނގޭނީ އެ އެއްޗެއް އުފެއްދި މީހަކަށެވެ. އިންޖީނުގެ ހަޤީގަތް އެނގޭނީ އެ އިންޖީނެއް އުފެއްދި ކުންފުންޏަކަށެވެ. އެއިންޖީނު އޯވަހޯލް ކުރުމާއި އަޑީ ތެޔޮ ބަދަލު ކުރުމާއި އެންމެހާ ކަންކަމުގެ މަޢުލޫމާތު، އެހެންމީހުނަށްވުރެ ބޮޑަށް އެނގޭނީ އެއިންޖީނު އުފެއްދި ކުންފުންޏަކަށެވެ. މިއިން ކޮންމެ ބަޔަކުވެސް އެއްބަސްވާފަދައިން، ކަރަންޓު އުފައްދާ އިންޖީނުތައްވެސް ވަކި މުއްދަތަކަށް ހިންގުމަށްފަހު އެތަކެއްޗަށްވެސް ޗުއްޓީ ދޭންޖެހެއެވެ. ހަމަ މިގޮތަށް، ހަށިގަނޑުގައިވާ ގުނަވަންތަކަށްވެސް ޗުއްޓީ ދޭންޖެހޭނެ ކަމުގައި ތިބާ ގަބޫލު ނުކުރަން ހެއްޔެވެ؟

މިހާތަނަށް އެއްވެސް އިންސާނަކަށް އަދި ޖިންނިއަކަށްވެސް އެއެއްޗަކާއި އެއްފަދަ ނުވަތަ އެއަށްވުރެ ފުރިހަމަ އެހެން ފޮތެއް ގެނެވިފައިނުވާ ހަމައެކަނި ފޮތް، ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟް ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މި އާޔަތުން އެނގިގެންދަނީ، ރޯދައަކީ އިންސާނީ ނަސްލު މި ބިންމަތީގައި ލެއްވި ދުވަހުން ފެށިގެން ފަރުޟު ކުރެއްވާފައިވާ އަޅުކަމެއް ކަމެވެ. ކޮންމެ މުސްލިމަކީ އިސްލާމްދީނުގެ ގިޔުގަނޑުގެ ތެރޭގައި ހުންނަން ޖެހޭ މީހެކެވެ. އަދި ރަމަޟާން މަހުގެ ރޯދަ އަކީ އެންމެހާ މުކައްލަފުންގެ މައްޗަށް ފަރުޟު ކުރެއްވިގެންވާ އަޅުކަމެކެވެ. ކުރިއަށް އޮތީ މިއަޅުކަމުގެ މައްސަރެވެ. ދަރުމަ އާއި ޡަވާބުގެ މައްސަރެވެ. އިންސާނާ އުފެއްދެވި ފަރާތާއި އޮންނަ ގުޅުން ބަދަހިކޮށް، ތަޤްވާވެރިކަން އިތުރު ކުރުމުގެ މައްސަރެވެ. އިޖުތިމާޢީ ރޫހު އާލާކޮށްދީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އިންސާނާ ތާޒާ ކޮށްދޭ ދުވަސްވަރެވެ. އެދުވަސްވަރެއްގެ ހެޔޮކަމާއި ފައިދާއިން މުޅި އިންސާނިއްޔަތަށް ހިޔާ އަޅާލާ ދުވަސްވަރެވެ. އެހެންކަމުން، މިވަގުތު ބަލައިލަން ޤަޞްދު މި ކުރަނީ ރޯދައިގެ ޞިއްޙީ ފައިދާ ތަކުގެ މައްޗަށެވެ.

ރަމަޟާންމަހު ރޯދަ ހިފުމުގެ ޞިއްޙީ ފައިދާ ތަކާއިބެހޭ ފުރަތަމަ ކޮންފަރަންސް ބޭއްވުނީ 1994 ވަނަ އަހަރު މޮރޮކޯގެ ކަސަބްލަންކާގައެވެ. ދުނިޔޭގެ އެތައް ކަންކޮޅުތަކަކުން މުސްލިމު އަދި މުސްލިމު ނޫން ސައިންސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން މި ކޮންފަރަންސްގައި ބައިވެރިވިއެވެ. އަދި ރޯދަ ހިފުމުގެ ޞިއްޙީ ފައިދާ ތަކާއި ބެހޭ ފަންސާހަކަށް ދިރާސާ ކަރުދާސް މި ކޮންފަރަންސަށް ހުށަހެޅި މަޝްވަރާކުރެވުނެވެ. މި ކޮންފަރެންސް ނިމިގެންދިޔައީ، ރޯދައިގެ އަޅުކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ނިޒާމުތަކަށް ގެނުވާ މަތިވެރި ފައިދާތަކާއި ނިޢުމަތްތަކުގެ ސަބަބުން އިންސާނިއްޔަތު ސިއްސުވާލާފައެވެ.

ރަމަޟާން މަހަކީ، ކާތަކެތި ހަޖަމު ކުރުމުގެ ނިޒާމު ވަރުބަލި ފިލުވާލުމުގެ ދުވަސްވަރެވެ. މި ނިޒާމުގެ ތަފާތު އެތައް ގުނަވަންތަކެއްގެ އެހީގައި ކާބޯތަކެތި ހަޖަމުވުމުން، އުފެދޭ ތަކެތި ލޭގެތެރެއަށް ނެގުމަށްފަހު ގެންދެވެނީ ހަށިގަނޑުގެ އެންމެހާ ސެލްތަކަށެވެ. އަދި ހަޖަމުވުމުން އުފެދޭ ބައިތައް ސެލްތަކުގައި ބޭނުން ކުރެވެނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި މިފަދަ އެހެނިހެން މަސައްކަތުގައެވެ. ރޯދަމަހުގެ ތެރޭގައި ހަޖަމްކުރުން މަދުވުމާއިއެކު މި ނިޒާމުގައިވާ ގުނަވަންތަކަށް ލިބޭ ޗުއްޓީގެ ނަތީޖާއެއްގެ ގޮތުން، ހަށިގަނޑުގައިވާ މޭގަނޑަށް އަރާމު ލިބެއެވެ. އެހެނީ، ހަޖަމުވުމުން އުފެދޭތަކެތި ސެލްތަކުގައި ބޭނުންކުރުމުގެ މުޅި މަސައްކަތުގެ މައިގަނޑު ފެކްޓްރީއަކީ މޭގަނޑު ނުވަތަ ލިވަރ އެވެ. މޭގަނޑަކީ ހަށިގަނޑުގެ އެތެރޭގައިވާ އެންމެ ބޮޑު ގުނަވަނެވެ.

މިފަދަ ފައިދާތައް ލިބި ގަތުމުގައި ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފަހައްޓަން ޖެހެއެވެ. މިގޮތުން، ރޯދަ ވީއްލުމަށްފަހު ކާންޖެހޭ މިންވަރަށްވުރެ ގިނައިން ކެއުމާއި ދުރުހެލިވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މުސްލިމުން ހިފަހައްޓަންޖެހޭނީ ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުތަކުގައެވެ. އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ މަދުން ކެއުމަށާއި، އަދި ކެއުމުގައި ގޮހޮރުގެ ތިންބައިކުޅަ އެއްބަޔަށް ކެއުމަށާއި، އަނެއް ތިންބައިކުޅަ އެއްބަޔަށް ފެން ބުއިމަށާއި، އަދި އަނެއްބައި ނޭވާލުމަށް ބޭނުންކުރުމަށެވެ. މިއީ ކޮންމެ އިންސާނެއްގެ އަދި ޚާއްޞަކޮށް މުސްލިމުންގެ ޢަމަލުތައް ކަމުގައިވާންޖެހެއެވެ. އެކަލޭގެފާނު ވަނީ މިފަދަ އެތައް އިރުޝާދުތަކެއް މިއުއްމަތަށް ދެއްވާފައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ނަބަވީ އިރުޝާދު ވެގެންގޮސްފައިވަނީ އަދުގެ ބޭސްވެރިކަމާއިބެހޭ ޢިލްމުގެ އަސްލުތަކުގެ މައިގަނޑު އަސްލުކަމުގައެވެ. މިއާއިއެކު ފާހަގަކޮށްލަންޖެހެނީ، ރޯދަ ވީއްލަން ފެށުމުގައި ކަދުރު ކޮޅެއް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ބޮޑުކަމެވެ. ކަދުރުގައި ހުންނަ ހަކުރުގެ ބާވަތުގެ ސަބަބުން ލޭގެ ހަކުރުގެ ބައި ވަގުތުން މައްޗަށް އުފުލައިދީ، ހަކަތަ އިތުރުކޮށްދީ، އަދި މިއާއިއެކު ބަނޑުހައިކަން ފިލުވައިދީ، ގިނަ އަދަދެއްގެ ކާތަކެއްޗަށް ބޭނުންވެފައިވާ އިޙްސާސް ނެތިކޮށްލައެވެ. އަދި ސިކުނޑިއަށް ބޮޑަތި ފައިދާތަކެއް ލިއްބައިދެއެވެ.

ރޯދައިގެ ސަބަބުން ލިއްބައިދޭ އަނެއް ޞިއްޙީ ފައިދާއަކީ ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރަކަށް ލުއިކޮށްދިނުމެވެ. އެހެނީ، ރޯދަ ހިފަމުންދާ މުއްދަތުގައި ހަށިގަނޑަށް އެތެރެކުރެވޭ ހަކުރުގެ ބައިތައް މަދުކުރެވި، ލޭގެ ހަކުރުގެ މިންވަރު ދަށަށް ގެންދެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ރައްކާކުރެވިފައިވާ ހަކުރުގެ ބާވަތްތައް އަންދާ، ހަކަތަ އުފެއްދުމަށްޓަކައި ސެލްތަކަށް ބޭނުންވާ ބައިތައް ލިއްބައިދެއެވެ. އަދި ލޭގެ ހަކުރުގެ މިންވަރު ހަމަހަމަކޮށް ބަހައްޓައިދެއެވެ. މިދެންނެވިގޮތަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި މޭގަނޑުގައި ރައްކާކުރެވިފައިހުންނަ ގްލައިކޯޖެން އާއި ހަންގަނޑުގެ ދަށުގައި ހުންނަ ފެޓްސް ބޭނުންކުރެވެއެވެ. މީގެ ސަބަބުން، ހަށިގަނޑުގެ ބަރުދަނަށް އެކަށީގެންވާ ލުއިކަމެއް ގެނެސްދެއެވެ. އެހެންކަމުން، ރޯދަހިފުމަކީ މާބޮޑަށް ފަލަވެ، ހަށިގަނޑުގެ ބަރުދަން އިންތިހާއަށް މައްޗަށް ގޮސްފައިވާ މީހުންނާއި ނޮން-އިންސިއުލިން ހަކުރު ބައްޔަށް ހުރި ފަރުވާއެކެވެ.

ރޯދައިގެ ސަބަބުން ލޭ ދައުރުވުމުގެ ނިޒާމަށް ބޮޑަތި ފައިދާތަކެއް ކުރުވައެވެ. މި ނިޒާމުގެ އެންމެ މުހިއްމު ގުނަވަނަކީ ހިތެވެ. އެތަކެއް ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަ ހިފާ ދުވަސްވަރު ލޭގެ ކޮލެސްޓުރޯލްގެ މިންވަރު ދަށްކޮށްދީ، ލޭ ހޮޅިތަކުގައި ސަރުބީ ޖެހުން ދަށްކޮށްދެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކަށް އޮންނަ ފުރުޞަތު ކުޑަކޮށްދީ، ލޭ މައްޗަށް ދިއުން ސަލާމަތްކޮށްދެއެވެ. މީގެ އިތުރުން ފެޓްސްގެ މިންވަރު ލޭގައި މަދުވުމަކީވެސް ތަފާތު އެތައް ފައިދާތަކެއް ގެނުވާ ކަންކަމެވެ. މިހުރިހާ ކަމަކުންވެސް، ހަށިގަނޑުގައިވާ ގުނަވަންތަކަށް ލުއިކަން ގެނެސްދެއެވެ. ގުނަވަންތަކުގެ ލޮޑުކަން ފިލުވައިދެއެވެ. އަރާމު ލިއްބައިދެއެވެ.

ރޯދައިގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ގެނުވާ މަތިވެރި ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ބައެއް ދިރާސާ ތަކުން ހާމަވެފައިވާ ގޮތުގައި 10 ގަޑި އިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ފެން ނުބޮއި ހުރުމަކީ ގެއްލުން ހުރިކަމެއް ނޫނެވެ. އަދި ކިއެއްތަ ގިނަ ގޮތްތަކަކުން ފައިދާ ހުރި ކަމެކެވެ. ހަށިގަނޑުގެ ސެލްތަކުގެ ވަށައިގެންވާ ދިޔާ ބައިގެ މާއްދާތަކުގެ މިންވަރަށް އަންނަ ބަދަލުތަކާއި އެކު ހަށިގަނޑުން ފެނުގެ މިންވަރު މަދުވެގެން ދާނެއެވެ. ނަމަވެސް ކުޑަކަމުދާ ނިޒާމުގެ އެއްވެސް މައްސަލައެއް ނޫޅޭ މީހެއްނަމަ، ހަށިގަނޑުގައި ހިފެހެއްޓިފައި ހުންނަ ފެނުގެ ސަބަބުން މި މަދުވެގެންދާ މިންވަރު މަދުވެގެންދާނީ ހަށިގަނޑަށް ތަހައްމަލް ކުރެވޭނެ މެދު މިންވަރަކަށެވެ. މީގެ ސަބަބުން މުޅި ކުޑަކަމުދާ ނިޒާމަށް، ޚާއްޞަކޮށް ކިޑްނީއަށް އަރާމު ލިބިގެންދާނެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެން މަދުވެގެންދާ ވަގުތު ކުޑަވެގެންދާނެ ގޮތަށް ރޯދަވެރިންގެ ޢަމަލުތައް ބެހެއްޓުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ. އެހެނީ، ހާރުކެއުން ފަސްކުރުމާއި ރޯދަ ވީއްލުން އަވަސްކުރުމަކީ މިކަމުގައިއޮތް ނަބަވީ އިރުޝާދެވެ. ހަށިގަނޑުގައިވާ ދިޔާ ބައިގެ މިންވަރު ދަށްވުމަކީ އާދައިގެ މީހަކަށް އެކަށޭނެ ވަރަކަށް ލޭގެ ޕުރެޝަރ ދަށްކޮށް، ލޭ މައްޗަށް ދިއުމުގެ ބައްޔަށްވެސް ހުރި ފަރުވާ އެކެވެ.

ރޯދައިގެ ޞިއްޙީ ފައިދާތައް އަދިވެސް ހުރީއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ނޭދެވޭ ޢަމަލުތަކެއްގެ ވާހަކައަށް އިޝާރާތްކޮށްލަން ބޭނުމެވެ. އެހެނީ، ދުންފަތުގެ އިސްތިޢުލާމުކުރުމާއި މާގިނައިން ކޮފީ ބުއިމާއި މިފަދަ ކަންކަމަކީ ޞިއްޙީގޮތުން އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާނެ ކަންތައްތަކެވެ. މިކަންކަމަށް އިޝާރާތްކުރާއިރު، ރަމަޟާން މަހު ރޯދަ ހިފުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހާ މި ނުރައްކާތެރި ވަބާ އާއި ވަގުތީ ގޮތުން ދުރުކުރުވައެވެ. ދާއިމީކޮށް މި ވަބާއިން ސަލާމަތްވާނެ ކަމުގެ އުއްމީދު އާލާކުރާ ހާލުއެވެ. މިފަދަ އެންމެހާ ނުރަނގަޅު އާދަތަކުން އިންސާނާ ދުރުކުރުވާނެ އެންމެ މުހިއްމު ވަޞީލަތަކީ ރޯދަ ހިފުމެވެ. ޚާއްޞަކޮށް ރަމަޟާންމަހުގެ ފަރުޟު ރޯދައެވެ

އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކުރިއަށް މިއޮތީ ވަޒީފާގެ އަހަރީ ޗުއްޓީއެއް ނޫނެވެ. ދުވާލުގެ ބޮޑުބައިގައި ނިދަންވީ ދުވަސްވަރެއްވެސް ނޫނެވެ. އެއާ ޚިލާފަށް، އެންމެ ބޮޑަށް ހީވާގި ވާންވީ މައްސަރެވެ. ރަމަޟާން މަހެވެ. އާދެ، ރޯދަ ހިފުމާއި އަޅުކަން އިތުރު ކުރުމުގެ މައްސަރެވެ. އެހެންކަމުން، ދުވާލުގެ އެއް ދަންފަޅީގައި ނިދުމުގެ ބަދަލުގައި ހެޔޮ ޢަމަލު ގިނަ ކުރާށެވެ. ﷲގެ ފޮތް ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރާށެވެ. ޞަދަޤާތްކުރުން އިތުރު ކުރާށެވެ. ރޭގަނޑުގެ ވަގުތުގައި ލަވަޔާއި މިޔުޒިކާއި އެންމެހާ ފާޙިޝްޢަމަލުތައް ދިރުވުމުގެ ބަދަލުގައި ރޭ އަޅުކަން ކުރުމުގައި އެވަގުތުތައް ހޭދަކުރާށެވެ. ސިނގިރޭޓަކުން ރޯދަވީއްލުމުގެ ބަދަލުގައި ކަދުރު އޮށަކުން ރޯދަވީއްލާށެވެ. ބުރަމަސައްކަތު ވަޒީފާގައި އުޅުމަށްފަހު އަހަރަކު އެއްފަހަރު ތިބާ އަހަރީ ޗުއްޓީ ލިބިގަންނަ ފަދައިން ތިބާގެ ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަށް، ރަމަޟާން މަހުގެ ފަރުޟު ރޯދައިން އަހަރީ ޗުއްޓީ ދޭށެވެ.

Friday, August 14, 2009

Sunday, July 19, 2009

ގާނޫނީ ކޮމިޝަނެއްކަމުގައި ވަނީނަމަ، ރިޔާސީ ކޮމިޝަނަށް އާދޭހާ އެކު


ރިޔާސީ ކޮމިޝަނަކީ ޤާނޫނީ ބާރު ލިބިގެންވާ ކޮމިޝަނެއްކަމުގައި ކޮމިޝަނުގެ މެމްބަރުން ބުނަމުން ތިޔަ ދަނީ ވަރަށް ބާރުލާފައެވެ. ކަންއޮތީ އެހެން ކަމުގައިވަނީނަމަ، ގައުމީ މުހިއްމު ހުރިހާ މައްސަލަތަކެއް ތަހްގީގު ކޮށްދެއްވާށެވެ. ހަމައެކަނި، ވޭތުވެ ދިޔަ 30 އަހަރުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. އަދުގެ މައްސަލަތައްވެސް މެއެވެ. މިގޮތުން ކުރީގެ ރައީސްގެ ހިޔާނާތުގެ ތުހުމަތުތަކާއިއެކު، މިހާރުގެ ރައީސް ސޫލާ ޝިރާޒް ހިއްޕެވިކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގުވެސް އެކު އެކީގައި ކޮށްދެއްވާށެވެ. މި ދެމައްސަލައަކީވެސް ގައުމީ ދެމައްސަލައެވެ. އެހެންކަމުން، މި ދެބޭފުޅުން އެކުއެކީގައިހެން ތިޔަ ކޮމިޝަނަށް ޙާޟިރުކޮށްދެއްވާ، ދެމައްސަލަވެސް ބައްލަވާ ދެއްވާށެވެ.

Tuesday, July 14, 2009

މި ހަފްތާ ބަންދުގައި ވެލިދޫގައި ވަރަށް ޚާއްޞަ ދީނީ ދަރުސްތަކެއް


މި ހަފްތާގެ ބަންދު (ޖުލައި 16 އަދި 17) ގައި ނ.ވެލިދޫގައި ވަރަށް ޚާއްޞަ ދީނީ ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ވެލިދޫގެ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށް އިސްނަގައިގެން، ނ.ވެލިދޫ އޮފީހާއި ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެއްބާރުލުމާއިއެކު ބާއްވާ ދަރުސްތަކެކެވެ. މުޅިއެކު ތިން ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްތަކުގެ މައިގަނޑު މައުޟޫޢު އަކީ 'މުޖުތަމަޢު އިޞްލާޙް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ' މިއެވެ. ދަރުސްދެއްވާނީ ޅ.ނައިފަރު ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު މޫސާއެވެ.

ފުރަތަމަ ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އެ ސްކޫލުގެ ގްރޭޑް 6 ކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ދެވަނައީ ވެލިދޫ ބޮޑު މިސްކިތުގައި ޝޭޚް ދެއްވާ ހުކުރު ޚުތުބާއެވެ. ތިން ވަނަ ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ ވެލިދޫ ކުޑަ މިސްކިތުގައި ޢިޝާ ނަމާދަށް ފަހުއެވެ.

މި ދަރުސްތަކަށް ވެލިދޫގެ އަދި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް ދަޢުވަތު އަރުވަމެވެ.

Monday, July 13, 2009

ތަދު އިޙްސާސްވުމުގައި ހަންގަނޑުގެ ދައުރު







އިންސާނާގެ ހަށިގަނޑުގެ ވަށައިގެން ދައުރުވާ ކަންކަން ދެނެގަނެ އިޙްސާސް ކުރެވޭނެ ގޮތްތައް އެެ ހަށިގަނޑު އުފެއްދެވުމުގައި ވަނީ ފުރިހަމަކުރައްވާފައެވެ. މިގޮތުން، އިންސާނާގެ ހަށިގަނޑުގައިވާ ޙިއްޞީ ފަސް ގުނަވަންކަމުގައިވާ ލޮލާއި، ކަންފަތާއި، ނޭފަތާއި، ދުލާއި، ހަންގަނޑުގެ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިއިން ގުނަވަނެއް ސަލާމަތުން ނެތްކަމުގައިވާނަމަ، އެގުނަވަނަކުން އިޙްސާސްވާ އެއްވެސް ކަމެއް އިންސާނާއަކަށް ލިބިގެން ނުދާނެއެވެ. އެހެނީ، އިންސާނާގެ ދެ ލޯ ސަލާމަތުން ނެތްނަމަ ފެނުމުގެ މަތިވެރި ނިޢުމަތުން އެމީހަކު މަޙްރޫމުވާނެއެވެ. ދެ ކަންފަތް ސަލާމަތުން ނެތްނަމަ އަޑު އިވުމުން މަޙްރޫމުވާނެއެވެ. ނޭފަތަކީ ތަފާތު ވަސްތައް ދެނެގަންނަ ގުނަވަނެވެ. މިއާއިއެކު، ދުލަށް ލިބޭ ގެއްލުމެއްގެ ސަބަބުން ރަހަބެލުމުގެ ނިޢުމަތުން އިންސާނާ މަޙްރޫމުވެދާނެއެވެ. އަދި ހަންގަނޑަށް ބޮޑު ގެއްލުމެއް ލިބި، އެހަންގަނޑު ނެތިގެން ހިނގައްޖެނަމަ ތަދު އިޙްސާސް ނުވާކަން އެނގިގެންދެއެވެ.

ކަންމިހެން އޮތްއިރު، ވޭތުވެދިޔަ ދިގު މާޒީގައި އިންސާނުން ގަބޫލުކުރަމުންއައި އެއްކަމަކީ، ތަދު ދެނެގަނެ އިޙްސާސްވަނީ މުޅިހަށިގަނޑުން ކަމުގައެވެ. އަދި ހަމައެކަނި ސިކުނޑިންކަމުގައިވެސް ބައެއް މީހުން ހީކުރަމުން އައެވެ. ތަދު އިޙްސާސްވުމުގެ ޚާއްޞަ ނާރުތަކުގެ ކޮޅުތަކެއް ވާކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިދެންނެވި ޚާއްޞަ ނާރުތަކުގެ ކޮޅުތަކަށް ކިޔަނީ 'ޕެއިން ރިސެޕްޓަރސް' އެވެ. މި ޕެއިން ރިސެޕްޓަރ ތަކުގެ މައިގަނޑު ޖަގަހައަކީ ހަންގަނޑެވެ. ހަންގަނޑަކީ ތަފާތު ދިރޭ ޒައްރާތަކުގެ ފަށަލަތަކުގެ މައްޗަށް އެކުލެވިފައިވާ ގުނަވަނެކެވެ. ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ. މިގޮތުން، ހަންގަނޑުގައިވާ މައިގަނޑު ދެ ފަށަލައިގެ ތެރެއިން އިޙްސާސްތައް ދެނެގަންނަ ޚާއްޞަ ނާރުތަކުގެ ކޮޅުތައް ހުންނަނީ ހަންގަނޑުގެ ދަށު ފަށަލައިގައެވެ. އަދި ހަންގަނޑުގެ މަތީ ފަށަލައަކީ މަރުވެފައިވާ ސެލްތަކާއި، އަލަށް އުފެދޭ ސެލްތަކުގެ ފަށަލައެވެ. ތަފާތު އިޙްސާސްތައް ދެނެގަތުމުގެ އިތުރުން، ހަންގަނޑުގެ މައިގަނޑު މަސައްކަތްތަކަކީ ގެއްލުންތަކުންނާއި ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދޭނެ ފަށަލައެއް ޤާއިމްކުރުމެވެ. އަދި ހަމައެއާއިއެކު، ހަށިގަނޑު ތެތްކޮށް ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން ހިފަހައްޓައިދިނުމުގެ އިތުރުން ހަށިގަނޑުން ބޭރުވާންޖެހޭ ބައެއް މާއްދާތައް ބޭރުކުރުމެވެ.

ހަންގަނޑުގައިވާ ރިސެޕްޓަރ ތަކުގެ އަސްލު މަސައްކަތަކީ އިޙްސާސްތައް ދެނެގަތުމެވެ. މިގޮތުން، ތަފާތު ރިސެޕްޓަރ ތައް ޚާއްޞަވެފައިވަނީ ތަފާތު އިޙްސާސްތަކަށެވެ. އެހެނީ، ހޫނުކަން، ފިނިކަން، ޕްރެޝަރ، އަދި ތަދު އިޙްސާސްވުމަށް ހުންނަނީ އެކަމަށް ޚާއްޞަ ރިސެޕްޓަރތަކެވެ. ބޭސްވެރިކަމާއިބެހޭ ސައިންސްވެރިން އިޙްސާސްތައް ތިން ބަޔަކަށް ބަހާލާފައިވާއިރު، އެންމެ ބޮޑު ބަޔަކީ ހަންގަނޑުންވާ އިޙްސާސެވެ. އެއީ، ތަދާއި ހޫނުގެ އިޙްސާސެވެ. މަސްގަނޑުންނާއި ހުޅުތަކުންވާ ފުން އިޙްސާސްތަކެއް ވީނަމަވެސް، ހަންގަނޑުގެ ހުރިހާ ފަށަލަތައް ހަލާކުވެ އަނދައިގެން ގޮސްފިނަމަ ތަދު އިޙްސާސް ނުވާނެކަން އަދުގެ ހޯދުންތަކުންވަނީ އެނގި ފާޅުވެފައެވެ. މީގެ އިތުރުން، ތަދާއި ހޫނު ދެނެގަންނަ ރިސެޕްޓަރތައް ހުންނަނީ ކައިރި ކައިރީގައިކަމާއި، ހަންގަނޑުގައިވާ ތަދު އިޙްސާސްކުރުވާ ރިސެޕްޓަރތަކުގެ އަދަދު ގިނަކަން ހަށިގަނޑުގެ ބައިތަކާއިބެހޭ ޢިލްމުން ކަށަވަރުކޮށްދެއެވެ.

ފިހިގެން ލިބޭ ޒަހަމް ތަކުގައި، ބަލިމީހާ ބެލުމުގެ ތެރޭގައި ފިހިފައިވާ މިންވަރު ކަށަވަރު ކުރުމުގައި ޑޮކްޓަރުން 'ޕިންޕްރިކް' ބޭނުން ކުރެއެވެ. މިގޮތުން، ފިހިފައިވާ ހިސާބަށް 'ޕިންޕްރިކް' ހަރާލުމުން، ޒަހަމްވެފައިވާ ބަލިމީހާއަށް ތަދު އިޙްސާސް ކުރެވޭނަމަ ޑޮކްޓަރު ހިތްހަމަޖެހި އުފާވާނެއެވެ. އެހެނީ، އެއިން އަންގައިދެނީ ފިހިފައިވާ ޒަހަމްތަކަކީ ތިލަ ޒަހަމްތަކެއް ކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ނެތިގެންނުގޮސް އެބަހުރިކަމެވެ. އަނެއްކޮޅުން، ޒަހަމްވެފައިވާ މީހާއަށް ތަދު އިޙްސާސްނުވާނަމަ އޭގެއިން އަންގައިދެެނީ އެއީ ފުން ޒަހަމެއްކަމެވެ. އަދި ތަދު އިޙްސާސްކުރާ ރިސެޕްޓަރތައް ހަލާކުވެގެން ގޮސްފައިވާ ކަމެވެ.

އިންސާނާއަށް އިޙްސާސްތައް ދެނެގަތުމުގެ ކުޅަދާނަކަން ދެއްވި ﷲ ތަޢާލާ، ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 56 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާންގެ ކަމުގައިވެއެވެ".

މިއާޔަތުގައި، ނަރަކަވެރިންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމޭ އޮތް ބަސްފުޅުން އެނގިގެންދަނީ، ހަންގަނޑުގައިވާ ޕެއިން ރިސެޕްޓަރތަކުގެ މަސައްކަތާއިބެހޭގޮތުން އަދުގެ ސައިންސް ހޯދާފައިވާ ހޯދުންތަކާއި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ބަސްފުޅާއި ތަފާތެއް ނެތްކަމެވެ. މިގޮތުން، ހަންގަނޑު އެކީގައި ފިހިގެން ހިނގައްޖެނަމަ އެމީހަކަށް އެއްވެސް ތަދެއް ވޭނެއް އިޙްސާސް ނުވާނެކަން އަދުގެ ސައިންސް ހެކިވާއިރު، ނަރަކައިގެ އަހުލުވެރިންނަށް ދެވޭ ޢަޛާބުގެ ރަހަ ދާއިމަށް ދެމިގެން ދިއުމަށްޓަކައި އެބައިމީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވާނެކަން ކީރިތި ޤުރްއާނުގައިވުމީ، ތަދު އިޙްސާސްކުރާ ޕެއިން ރިސެޕްޓަރތައް ހަންގަނޑުގައިވާކަން މީގެ 1400 އެތައް އަހަރުކުރިން ބަޔާންވެފައިވުމެވެ. މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްތޯއެވެ؟

އެންމެހާ ދިރޭތަކެއްޗާއި ކާއިނާތުގައިވާ ކަންކަމާއި ގުޅޭ ޢިލްމު އުގެނި، އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ފޮޮތުގައިވާ މަތިވެރި ބަސްފުޅުތައް ދިރާސާކުރަން ފަށާ ކޮންމެ މީހަކަށްމެ މިމުޢުޖިޒާތްތަކުގެ އަސަރުކުރާނެކަން ޔަޤީނެވެ. މިގޮތުން، ބަޔާންކުރެވިދިޔަ 'ޕެއިން ރިސެޕްޓަރސް' ތަކާއިބެހޭގޮތުން ދިރާސާކުރަމުން ދިޔަ، ތައިލެންޑްގެ ޗިއާންގް މާއީ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އެނަޓޮމީގެ ޗެއާމަން އަދި ކުރިން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން، ޕްރޮފެސަރ ޓަގާޓަޓް ޓެޖާސަން ވަނީ އިސްލާމްވެފައެވެ. ހަންގަނޑާއި 'ޕެއިން ރިސެޕްޓަރސް' އާބެހޭ ދިރާސާކުރުމުގައި ޕްރޮފެސަރ ޓެޖާސަން ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. މީގެ 1400 އަހަރު ކުރިން ކީރިތި ޤުރްއާނުގައި ސައިންސްގެ މި ޙަޤީގަތާއި ބެހޭގޮތުން ބަޔާންވެފައި އޮންނާނެކަމުގައި ޕްރޮފެސަރ ޓެޖާސަނަށް ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް، ފަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާގެ އެހީގައި ޤުރްއާނުގެ މިއާޔަތް އޭނާ ކަށަވަރުކުރިއެވެ. މިއާއިއެކު، ޤުރްއާނުގެ އެ އާޔަތުގައިވާ ސައިންސްގެ ތެދު ޙަޤީގަތް ފެނުމުން ޕްރޮފެސަރ ޓެޖާސަން އަޖާއިބުވެ އަންތަރީސްވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮތް 8 ވަނަ ސަޢޫދީ މެޑިކަލް ކޮންފަރެންސްގައި ޕްރޮފެސަރ ޓެޖާސަން ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ.

ހަތަރު ދުވަހުގެ މި ކޮންފަރެންސް ނިމުމުގެ ދަންފަޅީގައި ޕްރޮފެސަރ ޓެޖާސަން ކޮޅަށް ތެދުވެ އިސްލާމްކަން އިޢްލާންކުރަމުން ވިދާޅުވެފައިވާ ގޮތުގައި، އޭގެ ތިން އަހަރު ކުރިން ޝެއިޚް ޢަބްދުލްމަޖީދު އައްޒިންދާނީ އޭނާއަށް ކީރިތި ޤުރްއާނުގެ އިގިރޭސި ތަރުޖަމާއެއް ދެއްވިއެވެ. އަދި އެ ޤުރްއާނާމެދު އޭނާ ޝައުޤުވެރިކަން އުފެދުނެވެ. އަދި އޭގެ އިތުރުން، ކޮންފަރެންސްގެެ ކުރީ އަހަރު، މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ކެއިތް މޫރްގެ އެންމެ ފަހުގެ ލިޔުންތައް ޝެއިޚް ޒިންދާނީ އޭނާއާއި ހަވާލުކުރުމަށްފަހު، އެއެއްޗެހި ތައިލެންޑްގެ ބަހަށް ތަރުޖަމާކޮށް، ތައިލެންޑްގައި އުޅޭ މުސްލިމުންނަށް ބައެއް ލެކްޗަރ ނަގައިދިނުމަށް އޭނާގެ ކިބައިން އެދުނެވެ. އަދި އެ އެދުން އޭނާ ފުއްދައިދިންކަމުގައި ވިދާޅުވިއެވެ.

ކީރިތި ޤުރްއާނަކީ ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ބާވާލެއްވުނު ވަހީއެއް ކަމަށާއި އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް، ﷲ ތަޢާލާއީ އެންމެހާ މަޚުލޫޤުން އުފައްދަވާ ފަރާތްކަމުގައި ހެކިވެ، ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ޕްރޮފެސަރ ޓެޖާސަން އެންމެ ފަހުން ވިދާޅުވެފައިވަނީ، "މި ކޮންފަރެންސްގައި އަހަރެންނަށް ދަސްވީ ހަމައެކަނި ސައިންސްގެ ޢިލްމެއް ނޫނެވެ. ގިނަ ޢަދަދެއްގެ އައު ސައިންސްވެރިންނާއި ބައްދަލުވެ އަދި ކޮންފަރެންސްގެ މި ބައިވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކާއި ރަޙްމަތްތެރިކަންވެސް އުފެދުނެވެ. ނަމަވެސް، މި ކޮންފަރެންސަށް އައުމުން އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު އެއްޗަކީ 'ލާއިލާހަ އިއްލަﷲ ، މުޙައްމަދަށް ރަސޫލުﷲ' އެވެ. އަދި މުސްލިމަކަށް ވެވުމެވެ".

Wednesday, July 1, 2009

މޮސްކޯގައި ހުޅުވުނު އިސްލާމީ ހަސްފަތާލު އިސްލާމީ މުޖުތަމަޢުތަކަށް ނަމޫނާ ދައްކަމުން ކުރިއަށް


މީލާދީން 21 ވަނަ ޤަރުނުގެ އަހަރުތައް ގުނަމުން ދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރެމުންދަނީ ހަލުވިކަމާއި އެކުއެވެ. ބާރު ދުވެލީގައެވެ. ޚާއްޞަ ގޮތެއްގައި ހުޅަނގުގެ ޤައުމުތަކާއި، މުސްލިމު ޤައުމުތަކުގެ ލިސްޓްގައި ނުހިމެނޭ އެތައް ޤައުމެއްގެ މުޖުތަމަޢުތަކުގައި އިސްލާމްދީނުގެ މަތިވެރި ކަލިމަ ގުގުމަގުންދަނީ އަޖާއިބުކުރަނިވި މިންވަރަކަށެވެ. ފުރިހަމަ ޝަރީޢަތެއްގެ މަތީގައި އޮތް ހަމައެކަނި ދީނުގެ އަޑު ގަދަވާނެކަން ޔަޤީނެވެ. އިސްލާމީ ހިދާޔަތާއި އީމާނުގެ ނޫރުން ހިތް ތޮރުފާލާ، ޤަރާރުވެއްޖެ ކޮންމެ މީހަކާއި އެކު އާއިލާއެއްވާނެއެވެ. ނަތީޖާ އަކީ ގިނަ އާއިލާތައް އެކުލެވުމުން އުފެދޭ މުޖުތަމަޢެވެ. މި މުޖުތަމަޢުތަކުގެ ކަންކަން ހުންނަންޖެހޭނީ ކޮންކަހަލަ ހަމަތަކަކާއި މިންގަނޑުތަކެއްގެ ތެރޭގައިތޯއެވެ؟ މިއީ އުފެދޭނެ ސުވާލެކެވެ

އިސްލާމީ މުޖުތަމަޢެއްގެ ވާހަކަ އިވުމުން، ސިފަކުރެވިގެންދާނީ މުސްލިމުންތަކެއް ދިރިއުޅޭ އާބާދީ އެކެވެ. ޤައުމުގެ އާބާދީގެ ނިސްބަތުން ބައިމަދު ނުވަތަ ބައިގިނަ އާބާދީއެއް އެކުލެވޭ މުޖުތަމަޢަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، މިފަދަ ކޮންމެ މުޖުތަމަޢެއްގެ ހަރަކާތްތައް ބިނާވެގެން ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އުސޫލުތަކުގެ މަތީގައިކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހެއެވެ

ތިބާ އަކީ މުސްލިމަކަށްވީއިރު ފިކުރުކޮށްލަ ބަލާށެވެ! ފަންސާސް ޑަކްޓަރުންނާއި ނަރުހުންނާއި އެކު 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިޔާގެ ވެރިރަށް، މޮސްކޯގައި ހުޅުވިގެންދިޔަ އިސްލާމީ ކުލިނިކުގެ ޚަބަރަކީ ދުނިޔޭގެ ތަފާތު މީޑިޔާތަކުގެ ސަމާލުކަން ހޯދި ޚަބަރެކެވެ. އެތަނުގެ ޙަޤިޤަތަށް ބަލާއިރު އެއީ އަޅުގަނޑުމެން ދިވެހިން ދަންނަ ކަހަލަ "ކުލިނިކެއް" ނޫނެވެ. ތެދެކެވެ. "އިސްލާމީ ހަސްފަތާލެކެވެ". އަނެއް ޙަޤީޤަތަކީ ރަޝިޔާގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަކީ އެންމެ 10 ޕަސެންޓުކަމެވެ. ނިސްބަތުން ބައިމަދު އާބާދީއެކެވެ. ނިސްބަތުން މުސްލިމުންގެ ޢަދަދު ކިތަންމެ މަދުނަމަވެސް، ފުރަތަމަ ފަހަރަށް މޮސްކޯގައި ޤާއިމުކުރި "އިސްލާމީ ހަސްފަތާލު" ވެގެންދިޔައީ އެމުޖުތަމަޢުގެ ހުރިހާ މުސްލިމުން ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމަކަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ މުޖުތަމައުތަކަށް ނަމޫނާ ފެށުމަކަށެވެ. އިސްލާމީ ޤައުމުތަކަށް، އަދި ސައްތަ އިން ސައްތަ އިސްލާމީ ޤައުމުތައްކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ގޮންޖަހާލެވޭފަދަ ޢަމަލަކަށެވެ. ޞިއްޙީ ޚިދުމަތްދޭ މިފަދަ މަރުކަޒެއް މޮސްކޯގައި ޤާއިމުކުރުމުގެ އަސްލު ހުށަހެޅުން ހުށަހެޅިގެން އައީ ރަޝިޔާގައި އިސްލާމީ ކަންކަމާގުޅޭ އެންމެ މަތީ ކައުންސިލް ކަމުގައިވާ، "ކައުންސިލް އޮފް މުފްތީސް އޮފް ރަޝިޔާ" އާއި "މިނިސްޓްރީ އޮފް ހެލްތު އެންޑު ސޯޝަލް ޑިވެލޮޕްމެންޓް" ގުޅިގެންނެވެ. މި ހަސްފަތާލަ ވެފައިވަނީ ރަޝިޔާގެ މުސްލިމުންނާއި ރަޝިޔާގައި މަސައްކަތްކުރަމުންދާ އިސްލާމީ ޤައުމު ތަކުގެ ސަފީރުން އެފަދަ ތަނަކަށް ފެންބޮވައިގަނެފައިވާ ތަނަކަށެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ރަމްޒަކަށެވެ


މޮސްކޯގައި ހުޅުވުނު އިސްލާމީ މި ހަސްފަތާލު ޚާއްޞަވަނީ ކޮންގޮތަކުން ހެއްޔެވެ؟ އިސްލާމީ ޤައުމުތަކުގައިވާ އެހެނިހެން ހަސްފަތާލުތަކާއި ހުރި ތަފާތަކީ ކޮބާ ހެއްޔެވެ؟ "އިސްލާމީ ހަސްފަތާލޭ" ކިޔެނީ ކީއްވެގެން ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލެވެ. ސުވާލުތައް ކިތަންމެ ގިނަ ނަމަވެސް ކުރު ޖަވާބަކުން ހުރިހާ ސުވާލަކަށް ނަޒަރުހިންގާލެވިދާނެއެވެ. މި ހަސްފަތާލު ހިންގަނީ އިސްލާމީ ޝަރީޢަތުގެ ތެރޭގައެވެ. ތެދެކެވެ. ކުރުޖަވާބެކެވެ. ޚާއްޞަގޮތެއްގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިއީ ތަފާތެއް ނޫންތޯއެވެ؟ މި ހަސްފަތާލުގެ ޚާއްޞަ ސިފަތަކަށް ބަލައިލަމާ ހިނގާށެވެ. ފިރިހެން ބަލިމީހުނަށް ޚިދުމަތް ދިނުމުގައި ތިބެނީ ފިރިހެން ޑަކުޓަރުންނެވެ. އަންހެނުންގެ ޚިދުމަތުގައި އަންހެން ޑަކުޓަރުންނެވެ. ނަރުހުންވެސް މިގޮތަށެެވެ. ފިރިހެނުންނާއި އަންހެނުންނަށް ފަރުވާކުރެވެނީ މުޅިން ތަފާތު ސެކްޝަންތަކުގައެވެ. އަންހެނުންނަށް ޚާއްޞަ ޑަކުޓަރުންނެވެ. އަންހެން ޑަކުޓަރުންނާއި އަންހެން ނަރުހުން، އަންހެނުން ބަލަމުން ގެންދަނީ ފިރިމީހާ ނުވަތަ އެހެން އަންހެނެއްގެ ޙާޟިރުގައެވެ. ޑަކުޓަރުން ބޭސް ފަރުވާކުރަމުން ގެންދަނީ އަލްކަހޯލު ނުހިމެނޭ ބޭސްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކީގައެވެ

ޑަކުޓަރުންނާއި ނަރުހުންގެ ޚާއްޞަ ހެދުންތަކަކީ ގަޔަށް ބާރު ނޫން ހުދުކުލައިގެ ހެދުންތަކެވެ. ގަޔަށްދޫ ޓިއުނިކްސް އާއި ދޫ ފަޓުލޫނެވެ. އަންހެން ޑަކުޓަރުންނާއި ނަރުހުންގެ ހެދުންތަކަކީ މުސްލިމު އަންހެނާގެ އަޢުރަ ނިވާކުރޭވޭ ފަދަ ހެދުންތަކަކަށް ވާންޖެހެއެވެ. މި ހަސްފަތާލުގެ އަންހެން ޑަކުޓަރުންނާއި ނަރުހުންގެ އަޢުރަ ނިވާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން، އެބައިމީހުންގެ ޑަކުޓަރީ ޔުނީފޯމުތައް ފަރުމާކުރެވިފައިވަނީ ބުރުގާ އެކުލެވޭ ގޮތަށް، އިސްލާމީ ގިޔުގަނޑުގެ ތެރޭގައެވެ. މީގެ އިތުރަށް ބަލައިލަމާ ހިނގާށެވެ. މި ހަސްފަތާލުގައި އަންހެނުންނާއި ފިރިހެނުން ވަކިން، ވުޟޫއާއި ނަމާދުކުރެވޭނެ އިންތިޒާމު އެކުލެވިފައިވާ ޚާއްޞަ ބައެއް ހުރެއެވެ. އިސްލާމްދީނުގައި ހަލާލު ކާބޯތަކެތި ލިބެން ހުންނަ ޖަގަހައެއް ހުރެއެވެ. އަލްކަހޯލާއި ޙަރާމް އެއްވެސް އެއްޗެއް ނުހިމެނޭ ކާބޯތަކެއްޗެވެ. މިތަނުން ލިބޭ ކާނާ ތައްޔާރުކުރެވިފައިވަނީ ސަރުބީޖެހުމަށްވެސް މަގުފަހިނުވާ ފަދަ ގޮތަކަށެވެ. މުސްލިމަކު ކަމުގައިވިޔަސް ނުވަތަ މުސްލިމުނޫން ބަލިމީހަކު ކަމުގައިވިޔަސް އަޢުރަ ނިވާކޮށްގެން މެނުވީ ހަސްފަތާލުގައި ނޫޅެވޭނެ ފަދަ ހަރުދަނާ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ

10 މިލިއަން އެމެރިކާ ޑޮލަރުގެ މި އިންވެސްޓްމެންޓަކީ ނިސްބަތުން މުސްލިމުން މަދު ޖަމާޢަތެއްގައި ހިމެނޭ އަފުރާދުންތަކެއްގެ އިސްނެގުމާއި މިންނަތް މަސައްކަތެކެވެ. އެހެންނަމަވެސް، 21 ވަނަ ޤަރުނުގެ ދުވަސްތައް ގުނަމުން އަންނައިރު ސައްތަ އިން ސައްތަ މުސްލިމުންކަމުގައި ދަޢުވާ ކުރާ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގަތޯއެވެ. ކޮން ޙާލަތެއްގަތޯއެވެ. "އިސްލާމިކް އިކޮނޮމިކްސް" އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. "އިސްލާމިކް ބޭންކު"ގެ ވާހަކަ އަޅުގަނޑުމެން އެހީ، ހުޅަނގުގެ ޤައުމުތަކުގައި އިސްލާމިކް ބޭންކިން ފެށި، އޭގެ ނަފާ އެބައިމީހުން ހޯދަންފެށިތާ އަހަރުތަކެއް ފަހުގައެވެ. "އިސްލާމިކް" މި ލަފުޒު ކުރިއަށް އަތުވެއްޖެ ކޮންމެ ހިނދެއްގައި އަޅުގަނޑުމެން ފަހަތަށްޖެހެނީ ކީއްވެ ހެއްޔެވެ؟


މުސްލިމު އަޚާއެވެ. އުޚްތާއެވެ. ފިކުރުކޮށްބަލާށެވެ. ތިބާއާ އެއް ޖިންސެއްގެ ޑަކުޓަރަކު ހުއްޓާ، އަނެއް ޖިންސްގެ ޑަކުޓަރެއްގެ ގާތަށްގޮސް ފަރުވާކުރަންދާން ބޭނުންވޭ ހެއްޔެވެ؟ އަނެއް ޖިންސްގެ ނަރުހުންގެ ހޭހާންކުރުންތަކަށް ތިބާގެ ޟަމީރު އެދޭހެއްޔެވެ؟ "އާނއެކޭ" ނަމަ ތިޔައީ މުސްލިމުންގެ ގޮތެއްނޫނެވެ. ތިބާގެ އަމިއްލަ ނަފުސަށް ނޭދޭ ކަންކަން އަނެކާއަށްވެސް ނޭދޭށެވެ. މުޖުތަމަޢުގައި ހިނގާ ފާހިޝު ޢަމަލުތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ތިބާ އާއި ތިބާގެ އާއިލާގެ އެއްބާރުލުން ކުރިއަށް ނެރޭށެވެ. އިސްލާމީ އުޞޫލުތަކަށް ރުޖޫޢަވަމާ ހިނގާށެވެ. މިފަދަ ހަސްފަތާލުތަކުގެ މުހިއްމުކަމުގެ ބޮޑުކަމާއިމެދު ތިބާ އަމިއްލައަށް ވިސްނާ ފިކުރުކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ

މިހާރު ބުލޮގް އަޕްޑޭޓް ނުވަނީ ކީއްވެ؟

އަޅުގަނޑުގެ މަޒުމޫނުތަކާއި ލިޔުންތައް ކިޔާ އެންމެހާ ފަރާތްތަކަށް ނުތަނަވަސްކަން މެދުވެރިވެފައިވާ މި ދަނޑިވަޅުގައި އެންމެހާ ކިޔުންތެރިންގެ ކިބައިން މިކަމަށް މަޢާފަށް އެދެމެވެ. އެހެނީ ގިނަދުވަސްތަކަކަށް އަޅުގަނޑުގެ ބުލޮގު ވަނީ އަޕްޑޭޓް ނުކުރެވިއެވެ. މިކަމުގައިވާ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ލެޕްޓޮޕަށް ދިމާވެފައިވާ މައްސަލަ އަދިވެސް ހައްލު ނުކުރެވުމެވެ. މިކަމުގެ ސަބަބުން ތަފާތު ދަތިތައް ތަހައްމަލް ކުރަން އަޅުގަނޑަށް ޖެހިފައިވެއެވެ. މިގޮތުން އަޅުގަނޑުގެ ލިޔުންތެރިކަމަށް ވަނީ ދުވަހަކުވެސް ނާންނަ ވަރުގެ ހީނަރުކަމެއް އައިސްފައެވެ. ލެޕްޓޮޕްގެ އިންޓަނޭޝަނަލް ވޮރަންޓީއެއްގެ ދަށުން ފޯކަސް ކޮމްޕިއުޓަރގެ ސަރވިސް ސެންޓަރުން އެއްފަހަރު ހެދުމަށްފަހުވެސް ދިމާވެފައިވާ މައްސަލަ ކަމުގައިވާ އަމިއްލައަށް ޕަވަރ އޮފްވުމަށް ހައްލެއް ނައުމުން އަދިވެސް ލެޕްޓޮޕް ވަނީ ސަރވިސް ކުރުމުގެ މަރުހަލާގައެވެ

އަޅުގަނޑުގެ އުއްމީދަކީ ދިމާވެފައިވާ ކަންކަމަށް އަވަސް ހައްލެއް ލިބި، ﷲ ގެ އިރާދަފުޅާއިއެކު ކުރިއަށް ތަނުގައި ގަވާއިދުން ބުލޮގް އަޕްޑޭޓް ވުމެވެ

Monday, June 1, 2009

ނާސިރުގެ މަހާނަ ހިމެނިގެންދާގޮތަށް މަގުބަރާއެއްގޮތަށް ހަދާފައިވާ ޒިޔާރަތް އަވަހަށް ނަންގަވާށެވެ


މިދިޔަ ނޮވެމްބަރު މަހު އުމުރުފުޅުން 82 އަހަރުގައި އަވަހާރަވި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ މަހާނަ ހިމެނިގެންދާގޮތަށް ހުކުރުމިސްކިތުގައި މަގުބަރާއެއް ހެދުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އެހެނީ، މިއީ ފަހުގެ ތާރީޚުގައި އިސްލާމް ދީނަށް ދިވެހި ފަސްގަނޑުގައި ދެވުނު ވަރުދަގަ ޓެރަރިސްޓް ހަމަލާއެކެވެ. އިސްލާމްދީނުގެ ޙުކުމްތަކާއި ދީނުގެ ޢިލްމުވެރިންނަށް ޖަހާލި ގޮންޖަހާލުމެކެވެ. މިއުއްމަތުގެ ނަބިއްޔާގެ ބަސްފުޅުތަކަށް ފުރައްސާރަކޮށް މަލާމާތްކުރުމެވެ އަދުގެ ސަރުކާރުން ނާސިރުގެ މަހާނަ ވަށައިގެން ބިސްތާނެއް ހަދައި މަގުބަރާއެއްގެ ސިފަ ގެންއުމަކީ ހަމަ ޒިޔާރަތެއް ހެދުމެވެ. މިއީ މިފަހުގެ ދުވަސްތަކުގައި ރާއްޖޭގައި ބިނާކުރެވުނު އެންމެ ނުރައްކާތެރި ޒިޔާރަތެވެ. އެހެނީ، ޒިޔާތަތަކަށް ވަނީ ހަމައެކަނި އެތަނުގެ މަތީގައި ޓިނު ބަހައްޓާ ހިޔާ ކުރުމަކުން ނޫނެވެ. މީސްތަކުގެ މަހާނަތަކުގެ މަތީގައި މިފަދަ ބިސްތާނުތައް ހެދުމަކީ ދިވެހިން އިހުއްސުރެ ކުރަމުން އައިސްފައިވާ ނޭއްގާނީ ޢަމަލަކަށްވީއިރު މިފަދަ ޢަމަލުތަކަށް ތަރުހީބުދީ، މިފަދަ ދީނާ ޚިލާފު ޢަމަލުތައް ދިރުވަން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެކެވެ

މިއީ ހެޔޮ ނިޔަތުގައި އެޅި ބިސްތާނެއް، ޒިޔާތަރެއް ކަމަކު މުންކަރާތް ވާނީ މުނަކަރާތަކަށެވެ. ދީން ހުއްދަ ނުކުރާކަމެއް ވާނީ ދީން ހުއްދަ ނުކުރާ ކަމަކަށެވެ. ހެޔޮ ނިޔަތުގައި ޒިނޭ ކުރިއަސް ވާނީ ޒިނޭ އަކަށެވެ. ޒިޔާރަތް ވާނީ ޒިޔާރަތަކަށެވެ. ނާސިރުގެ ހަނދާންތައް އައު ކޮށް، ދިވެހި ތާރީޚު ދަމަހައްޓާކަށް އިސްލާމްދީން ވެއްޔާ މޮޑެލައިގެން ނުވާނެއެވެ

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ ޒިޔާރަތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމާށާއި އެއީ މަކުރޫހަ ކަމެއް ކަމުގައެވެ. އެކަމަކު އެއީ ހަމަ ޒިޔާރަތެކެވެ. އިސްލާމިކް މިނިސްޓްރީ އަށް ޒިޔާރަތް ވަކިކުރަން ނޭނގުނީތީ ހިތާމަކުރަމެވެ. އަޅުގަނޑުމެން ދިވެހިންގެ ލޮލުގައި ތިޔަ ފަދަ އަނދުން ނާޅުވާށެވެ. މިކަމުން ދަލީލު ކުރަނީ އިސްލާމިކް މިނިސްޓްރީ އޮތް ހާލަތެވެ. މިއަދު ހިޔާނުކޮށް ހުރި، ބިސްތާނު މީގެ ފަސްއަހަރު ފަހުން ހިޔާ ނުކުރާނެ ކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެހެންކަމުން، މިފަދައިން ޝިރުކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާށެވެ

މިހެންކަމުން، މިހާރުން މިހާރަށް އަދުގެ ސަރުކާރުގެ އިސްވެރިންނަށާއި އިސްލާމިކް މިނިސްޓްރީއަށް މިގޮވާލަނީ މި މަގުބަރާ ވީ އެންމެ އަވަހަކަށް ނައްތާލުމަށާއި، މިފަދަ ޚުރާފާތްތަކާއި ﷲ އަށް ޝަރީކުކުރުމަށް މަގުފައިވާ އެންމެހާ ކަންކަމުން ދިވެހި ޖީލުތައް ރައްކާތެރިކުރުމަށެވެ. އަދި އިސްލާމީ ޢަޤީދާއަށް ލޮޅުން ނޭރުވުމަށެވެ. މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންވީ ވަޢުދު ނުފުއްދިގެން އުޅޭއިރު، ޝިރުކަށް ދޮރުތައް ހުޅުވުމަކީ ބިރުވެރި ޢަމަލެކެވެ

Yesterday was ‘World No Tobacco Day’


Yesterday, 31st May was World No Tobacco Day. The day was marked in the Maldives too. The theme of World No Tobacco Day 2009 is "Tobacco Health Warnings", with an emphasis on the picture warnings that have been shown to be particularly effective at making people aware of the health risks of tobacco use and convincing them to quit. More and more countries are fighting back against the epidemic of tobacco by requiring that packages of tobacco show the dangers of the product's use, as called for in guidelines to the WHO Framework Convention on Tobacco Control.


A public awareness message on the harmful effects of tobacco is to be printed in Dhivehi on all tobacco products packed in Maldives. The rule will came into effect from the 1st of July 2005.


Tobacco is the leading preventable cause of death. More than five million people die from the effects of tobacco every year — more than from HIV/AIDS, malaria and tuberculosis combined. It is the only legal consumer product that kills when used exactly as the manufacturer intends. Up to half of all smokers will die from a tobacco-related disease, like lung cancer. Second-hand smoke harms everyone who is exposed to it. Hence, passive smokers are quite large in Maldives including our kids, especially in Male’ due to overpopulation per small area.


In 2003, Maldives Customs Services has said that spending for import of tobacco-related materials has increased by 17 percent more than last year. It said Rf56.2 million were spent on importing tobacco-related materials last year. This is an amount which is Rf9.6 million more than the year 2001 ($=12.85).


More has been spent on tobacco imports during the period January-August 2002 in contrast to the year-ago period, according to Maldives Customs Service. Some Rf42.9 million (US$3.3 million) was spent on importing tobacco in the first eight months of 2002, which was a Rf2.8 million (US$0.2 million) increase over the year-ago period; in 2001, during the January-August period, the amount spent on importing tobacco was Rf40.1 million (US$3.1 million). This amount was spent on importing 165 million cigarettes, according to Customs.

For the benefit of Tobacco companies, they spend tens of millions of dollars every year turning new users into addicts and keeping current users from quitting. Through advertising and promotional campaigns, including the use of carefully crafted package designs, the tobacco industry continues to divert attention from the deadly effects of its products. More and more countries are fighting back by requiring that tobacco packages graphically show the dangers of tobacco, as called for in the WHO Framework Convention on Tobacco Control. Effective health warnings, especially those that include pictures, have been proven to motivate users to quit and to reduce the appeal of tobacco for those who are not yet addicted.


There are hundreds of chemicals in a cigarette. Among those, nicotine is a highly addictive substance. Therefore, warning people about its true risks can go a long way towards reducing tobacco addiction. Here, in Maldives lot of school students are tobacco addicts and finally they move into drugs and become drug addicts.

Saturday, May 30, 2009

މަރުހަބާ އުގައިލް


ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކަށް ވުމުގެ ފަޚުރު ސ. ހިތަދޫއަށް އުފަން ހަސަން އުގައިލް ހާސިލުކުރެއްވުމަކީ ސައިންސަށް ލޯބިކުރާ ދިވެހި ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެން ދެވަނަ ބޭފުޅާއަށް ވީއިރު، އުމުރުފުޅުން 38 އަހަރުގައި ދިވެއްސަކު ޕުރޮފެސަރަކަށް ވުމަކީ ދިވެހިންނަށް ޚާއްޞަކޮށް މި ދިވެހި ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި މިހާރު އުގެއިލް ވެފައިއެވަނީ ޔުނިވަރސިޓީ އޮފް ބްރެޑްފޯޑްގައި ތިބި އެންމެ ހަގު ޕްރޮފެސަރުންގެ ތެރޭގައި ހިމެނިފައެވެ.

ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންފައިވަނީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދެވެ. މިއީވެސް އައްޑު އަތޮޅަށް އުފަން ބޭފުޅެކެވެ. ކުރިއަށް އޮތް ތަނުގައި ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ޚިޔާލު ކުރައްވާ އުގައިލް ވިދާޅުވެފައިވަނީ އެކަޑަމިކް ދާއިރާއިން ހާސިލުކުރައްވަން ބޭނުންފުޅުވި ލަނޑުދަނޑި ހާސިލުވެވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. ”ޕްރޮފްސަރޝިޕްގެ ސަބަބުން ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ގުނަ ފަސޭހަތަކެއްވެ, ދުނިޔޭގެ ފެންވަރުގައި ވެސް މަގްބޫލް މީހެއްގެ ގޮތުގައި މިއަދު މިވަނީ ބަލައިގެންފައި“ އިގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރޮފެސަރ އުގައިލް ވިދާޅުވި އެވެ.

ޕްރޮފެސަރ އުގައިލް ހިސާބު އިލްމުގެ ރޮނގުން ބީ.އެސް.ސީ ޑިގްރީ ހާސިލްކުރެއްވީ 1995ވަނަ އަހަރު ލަންޑަންގެ ކިންގްސް ކޮލެޖުންނެވެ. އަދި 1996ވަނަ އަހަރު ހަމަ އެކޮލެޖުން ޕީޖީސީއީ ޑިގްރީއެއް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފަ އެވެ.ޕްރޮފެސަރ އުގައިލް އެޕްލައިޑް މެތަމެޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރެއްވީ 2000ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ. އަދި އެއަށް ފަހު ޕޯސްޓް ޑޮކްޓޯރަލް ރިސާޗްފްލޯއެއްގެ ގޮތުގައި 2002ވަނަ އަހަރުގެ ސެޕްޓެމްބަރމަހާ ހަމައަށް އެޔުނިވަރސިޓީގައި މަސައްކަތްކުރެއްވި އެވެ. އަދި އެއަށް ފަހު ޔުނިވަރސިޓީ އޮފް ބްރެޑްފޯޑްގެ ސީނިއަރ ލެކްޗަރަރ އެއްގެ މަގާމް އެ އަހަރުގެ ސެޕްޓެމްބަރުމަހު އޭނާއަށް ލިބިވަޑައިގަތެވެ. އަދި އެޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް ކޮމްޕިއުޓިންގެ ޗެއަރމަނަކަށް މިހިނގާ 2009ވަނަ އަހަރު ޕްރޮފެސަރ އުގައިލް ވަނީ ޕްރޮމޯޓްވެވަޑައިގެންފަ އެވެ.

ޕްރޮފެސަރ އުގައިލް ދިރާސާތައް ކުރައްވާފައި ވަނީ ޖިއޮމެޓްރިކް ޑިޒައިންގެ ދާއިރާއިންނެވެ. އޭނާ ދަނީ މިހާރުވެސް ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ ކޮމްޕިއުޓަރ ގޭމްތަކުގެ ކަރެކްޓަރ މިހާރަށްވުރެ ރިއަލިސްޓިކްކޮށް, ޑިޒައިންކޮށް އުފެއްދުމާއި, އިރުގެ މޫސުމް ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ދޮގުހަދާ މީހުން މިހާރަށްވުރެ ފަސޭހއިން ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމެވެ.

މިއީ ދިވެހިދަރިން ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ޢިބްރަތް ލިބިގަންނަން ޖެހޭ ކަމެކެވެ. ދިވެހިންނަކީ ޢިލްމީ ބަޔަކަށް ވާންޖެހެއެވެ. މިދާއިރާއިން ކުރިއަށް ދާ ދިވެހިންގެ ޢަދަދު އިތުރުވާން ޖެހެއެވެ. ހަމައެކަނި އުގައިލާއި ޢަބްދުﷲ ސަޢީދާ ހިސާބުން ދިވެހި ޕްރޮފެސަރުންގެ 'ފުލުސްޓޮޕް' ޖަހާކަށް ނުޖެހެއެވެ. އަދި ހުރިހާ އެންމެން ސިޔާސީ ވާކަށްވެސް ނުޖެހެއެވެ.

ނާސިރުގެ މަހާނަ ހިމެނިގެންދާގޮތަށް މަގުބަރާއެއް ހެދުމަކީ ޒިޔާރަތް އެޅުމެވެ




ރާއްޖޭ ދޫކުރައްވާ ސިންގަޕޫރުގައި އުޅުއްވަނިކޮށް މިދިޔަ ނޮވެމްބަރު މަހު އުމުރުފުޅުން 82 އަހަރުގައި އަވަހާރަވި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ މަހާނަ ހިމެނިގެންދާގޮތަށް ހުކުރުމިސްކިތުގައި މަގުބަރާއެއް ހެދުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. އެހެނީ، މިއީ ފަހުގެ ތާރީޚުގައި އިސްލާމް ދީނަށް ދިވެހި ފަސްގަނޑުގައި ދެވުނު ޓެރަރިސްޓް ހަމަލާއެކެވެ. އިސްލާމްދީނުގެ ޙުކުމްތަކާއި ދީނުގެ ޢިލްމުވެރިންނަށް ޖަހާލި ގޮންޖަހާލުމެކެވެ

ރާއްޖޭގެ ނައިބު ރައީސްގެ ފުރިހަމަ ބެއްލެވުމުގެ ދަށުން، އަދުގެ ސަރުކާރުން ނާސިރުގެ މަހާނަ ވަށައިގެން ބިސްތާނެއް ހަދައި މަގުބަރާއެއްގެ ސިފަ ގެންއުމަކީ ހަމަ ޒިޔާރަތެއް ހެދުމެވެ. މިއީ މިފަހުގެ ދުވަސްތަކުގައި ރާއްޖޭގައި ބިނާކުރެވުނު އެންމެ ނުރައްކާތެރި ޒިޔާރަތެވެ. އެހެނީ، ޒިޔާތަތަކަށް ވަނީ ހަމައެކަނި އެތަނުގެ މަތީގައި ޓިނު ބަހައްޓާ ހިޔާ ކުރުމަކުން ނޫނެވެ. މީސްތަކުގެ މަހާނަތަކުގެ މަތީގައި މިފަދަ ބިސްތާނުތައް ހެދުމަކީ ދިވެހިން އިހުއްސުރެ ކުރަމުން އައިސްފައިވާ ނޭއްގާނީ ޢަމަލަކަށްވީއިރު މިފަދަ ޢަމަލުތަކަށް ތަރުހީބުދީ، މިފަދަ ދީނާ ޚިލާފު ޢަމަލުތައް ދިރުވަން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެކެވެ

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ ޒިޔާރަތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމާށާއި އެއީ މަކުރޫހަ ކަމެއް ކަމުގައެވެ. މިކަމުން ދަލީލު ކުރަނީ އިސްލާމިކް މިނިސްޓްރީ އޮތް ހާލަތެވެ


މިހެންކަމުން، މިހާރުން މިހާރަށް އަދުގެ ސަރުކާރުގެ އިސްވެރިންނަށާއި އިސްލާމިކް މިނިސްޓްރީއަށް މިގޮވާލަނީ މި މަގުބަރާ ވީ އެންމެ އަވަހަކަށް ނައްތާލުމަށާއި، މިފަދަ ޚުރާފާތްތަކާއި ﷲ އަށް ޝަރީކުކުރުމަށް މަގުފައިވާ އެންމެހާ ކަންކަމުން ދިވެހި ޖީލުތައް ރައްކާތެރިކުރުމަށެވެ. އަދި އިސްލާމީ ޢަޤީދާއަށް ލޮޅުން ނޭރުވުމަށެވެ

Friday, May 22, 2009

ލޭ ދައުރުވުމާއި ކިރު އުފެދުން


އިންސާނާގެ ހަށިގަނޑުގައިވާ ހައިރާންކުރުވަނިވި ގޮތްތަކާއި، އަދި ދުނިޔޭގައިވާ އެހެނިހެން ދިރޭތަކެއްޗާއި އަޅާބަލާއިރު ހުރި ތަފާތުތަކާއިމެދު ކުރެވޭ ބަޙުޘް ތަކުރާރުވަނިވި ގޮތުގައި ކުރިއަށް ދެއެވެ. ޘާބިތު ހެކިތަކާއި އެކު އިންސާފުވެވިގެންދަނީ އިންސާނާގެ ފުރިހަމަ ކަމާއި މެދުގައެވެ. ހާމަވެގެންދަނީ، އެއްކައުވަންތަ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެތައް ބިލިއަން 'ދިރޭ ޒައްރާ' ތަކާއިމެދު ފުންކޮށް ވިސްނާބަލާށެވެ. ވަކި ވަކި ގުނަވަންތަކާއި ތަފާތު ނިޒާމުތަކަށެވެ. އަދި ޖުމުލަގޮތެއްގައި އިންސާނާގެ މުޅި ހަށިގަނޑަށެވެ. އެއަށްފަހު ބަޙުޘާއިގެން ކުރިއަށް ޖެހިލާށެވެ. އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ނުވަތަ ކޮންމެ ނިޒާމަކަށް ނަޒަރު ހިންގާލުމުންވެސް ފާޅުވެގެންދަނީ އިލާހީ ކުޅަދުންވަންތަކަމުގެ ނިޝާންތަކެވެ. ހަށިގަނޑުގައިވާ އެތައް ބިލިއަން 'ދިރޭ ޒައްރާ' (ސެލް) ތަކުގެ ތެރެއިން ކޮންމެ ޒައްރާ (ސެލް) އެއްގެ ޚާއްޞިއްޔަތާއި، ލާމެހިފައިވާ ގޮތެއްގައި ފުރިހަމަ އިންތިޒާމެއްގެ މަތިން ހަށިގަނޑުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން ގެނެސްދެނީ އަޖާއިބުކުރަނިވި ބޮޑަތި ފައިދާތަކެވެ. އިންސާނާގެ ހަށިގަނޑަށެވެ. އަދި މުޅި އިންސާނިއްޔަތަށެވެ.

އިންސާނާގެ ހަށިގަނޑުގައިވާ ތަފާތު ނިޒާމުތަކުގެ ތަކުގެތެރެއިން ލޭ ދައުރުވުމުގެ ނިޒާމު ފުރިހަމަވަނީ މައިގަނޑު ތިން ބައެއް އެކުލެވިގެންވާ ގޮތުގައެވެ. އެއީ، ހިތާއި ލޭހޮޅިތަކާއި އަދި ލެޔެވެ. އިންސާނާގެ ހިތަކީ ހަތަރު ޖަގަހަ އެކުލެވޭ ފުރިހަމަ ގުނަވަނެކެވެ. އެހާމެ މުހިއްމު ގުނަވަނެކެވެ. ހިތުގެ ބައިތަކާއި އޭގެ މަސައްކަތަކީ ޢިބްތަރުން ފުރިގެންވާ ކަންކަމެވެ. ދައްކުވައިދެނީ މަޑުޖެހުމެއް އަރާމެއްނެތި އިންސާނާގެ ހަށިގަނޑުގެ ލާބަޔަށްޓަކައި ކުރާ ބުރަމަސައްކަތެކެވެ. ހިތުގެ އަސާސީ މަސައްކަތަކީ ހަށިގަނޑުގެ ބައިތަކަށް ބޭނުންވާ އެންމެހާ މާއްދާތަކާއި އަދި ހަށިގަނޑުން ބޭރުވާންޖެހޭ މާއްދާތައް އޭގެ އެންމެ މުނާސަބު ގުނަވަންތަކަށް ލޭގެ ޒަރީޢާއިން ފޮނުވުމެވެ. މިހެންކަމުން، ހިތުގެ މަސައްކަތަށް ހުއްޓުމެއް މެދުވެރިވެއްޖެނަމަ އަމިއްލަ ބާރެއް ނުވާ އިންސާނާގެ ހާލާމެދު ވިސްނަވާށެވެ.

ލޭހޮޅިތަކުގެ ތިން ވައްތަރުގެ ތެރެއިން އެއްވައްތަރަކީ ހަށިގަނޑުގެ އެހެން ބައިތަކުން ހިތައް ލޭ ގެނެސްދޭ ލޭހޮޅިތަކެވެ. އަނެއް ވައްތަރުތަކަކީ ހިތުން ހަށިގަނޑުގެ އެހެންބައިތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިތަކާއި، އަދި ލޭގެތެރޭގައިވާ މާއްދާތައް 'ޖަމާޢީ ދިރޭ ޒައްރާ'ތަކުގެ ވަށައިގެންވާ ފެނުގެ ތެރެއަށް ފާއްދާލަދޭ ލޭހޮޅިތަކެވެ. މީގެއިން އެންމެ ލޭ ހޮޅިއެއް ބެދުނަސް ހަށިގަނޑުގެ މަސައްކަތަށް ބުރޫއަރާނެއެވެ. އިންސާނާ އިހު ހުރި ޙާލަތުން އެހެން ޙާލަތަކަށް ގެންދާނެއެވެ.

ލެޔަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް އެކުލެވޭ ނުވަތަ އޭގެ ޒަރީޢާއިން ދައުރުވާ ދިޔާ އެއްޗެކެވެ. އެވަރެޖް އިންސާނެއްގެ ހަށިގަނޑުގައި 5 ލީޓަރެއްހާ ލޭހުންނާނެއެވެ. އެހެންނަމަވެސް، ހަށިގަނޑުގެ އުފެދުމުގައިވާ ތަފާތުތަކުގެ ސަބަބުން ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގައިވާ ލޭގެ މިންވަރު ކޮންމެވެސްވަރަކަށް ތަފާތުވާނެއެވެ. ލޭގައި ހިމެނޭ ބައިތަކަށް ބަލާއިރު 55 ޕަސެންޓަކީ ލޭގައި ހިމެނޭ ދިޔާ ބައެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަން އަދި އެންމެހާ މަސައްކަތްތަކަށް ބޭނުންވާ މާއްދާތައް އެކުލެވޭ ބައެވެ. އަނެއް 45 ޕަސެންޓަކީ 'ބުލަޑް ސެލް'ތަކެވެ. ތަފާތު މަސައްކަތްތަކަށް ޚާއްޞަވެފައިވާ ލޭގެ ދިރޭ ޒައްރާ ތަކެވެ. އެންމެހާ ގުނަވަންތަކުގެ މަސައްކަތަށް ބޭނުންވާ 'އޮކްސިޖަން' އުފުލުމާއި ހަށިގަނޑުގެ ދިފާޢީ ހަނގުރާމައިގެ ފަހުލަވާނުންނަކީ މިދެންނެވި ލޭގެ ޒައްރާތަކެވެ. ހަށިގަނޑުގައި ލޭ ދައުރުވަމުންދަނީ ލޭގެ ޚާއްޞިއްޔަތާއި ލޭހޮޅިތަކާއި އަދި ހިތުގެ ލާމެހިފައިވާ ފުރިހަމަ ނިޒާމުގެ ތެރެއިންނެވެ.


ހަށިގަނޑުގެ ދުޅަހެޔޮކަމާއި އެންމެހާ މަސައްކަތްތަކަށް ބޭނުންވާ މާއްދާތައް ލޭގެ ތެރެއަށް ވާޞިލުވަނީ ގޮހޮރުގައި ހިނގާ ކެމިކަލް ބަދަލުތަކަށްފަހުއެވެ. އެހެންކަމުން، ލޭގައި ހިމެނޭ ކާބޯހައިޑްރޭޓާއި ޕުރޮޓީންސް އަދި މިނެރަލްސް އާއި ވިޓަމިންސް ހަށިގަނޑަށް ލިއްބައިދެނީ ކާބޯތަކެތިންނެވެ. ގޮހޮރުގެ ތެރެއަށްދާ ކާބޯތަކެތި ހަޖަމުވުމުގެ މަރުހަލާތަކަކަށްފަހު ކުޑަ ގޮހޮރުގެ ފާރުތަކުގައިވާ އިނގިލިތަކެއްފަދަ ޚާއްޞަ ބައިތަކަކުން މި ދެންނެވި މާއްދާތައް ލޭގެތެރެއަށް ދަމާލައެވެ. އެއަށްފަހު ލޭ ދައުރުވުމުގެ ފުރިހަމަ ނިޒާމުގެ ތެރެއިން ހަށިގަނޑުގައިވާ އެންމެހާ ގުނަވަންތަކަށް ފޯރުކޮށްދެއެވެ. ކިރު އުފައްދާ ބައިތަކަށްވެސް ލޭ ވާޞިލުވަނީ މިދެންނެވިގޮތުގެ މަތިންނެވެ. އަދި ކިރު އުފެދިގެން އާދެއެވެ. ދެން ހަޖަމުނުވާ ތަކެތި ނަޖިހުގެ ގޮތުގައި ހަށިގަނޑުން ބޭރުކޮށްލައެވެ. މިހެންކަމުން، ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް ޖަމައުކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ލެޔެވެ.

ލޭގެ މައިގަނޑު އެއްބައި އުފެދިގެން އަންނަނީ ހަޖަމުވުމުގެ މަރުހަލާތަކުގެ ތެރެއިންނެވެ. ގޮހޮރުގެ ތެރެއަށްދާ ކާބޯތަކެތީގެ ބައިތަކުންނެވެ. މިގޮތުން، ކިރު އުފެދިގެން އަންނަ އައުމަކީ ހަމަ ޔަގީނުންވެސް އެތައް ފިލާވަޅުތަކެއް އޭގައި އެކުލެވޭ މުޢުޖިޒާތެކެވެ. ޢިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. ކިރަކީ ކުޑަދަރިފުޅަށްޓަކައި އަންހެނާގެ ހަށިގަނޑުގައިވާ ކިރު އުފައްދާ ބައިތައް ކަމުގައިވާ 'މިލްކް ގުލޭންޑްސް'ތަކުގެ މަސައްކަތުގެތެރެއިން އުފައްދާ، އަދި ކާނާގެ މާއްދާތައް އެންމެ ފުރިހަމައަށް އެކުލެވޭ ބުއިމެވެ. މިދެންނެވި 'މިލްކް ގުލޭންޑްސް'ތަކަކީ ހަމައެކަނި އިންސާނުންގެ އަންހެންތަކުންގެ ހަށިގަނޑުގައިވާ ބައިތަކެއް ނޫނެވެ. ބަނޑުއަޅާ ވިހާ ކޮންމެ ދިރޭ އެއްޗެއްގައިވެސް ހުންނަ ބައިތަކެކެވެ. މިގޮތުން ގެރި ބަކަރީގެ ކިރަކީ އާއްމު ގޮތެއްގައި އަހަރެމެން ބުއިމަށް ބޭނުންކުރާ ބާވަތެކެވެ. ދުވަހުގެ ނާސްތާގެ ފެށުމުގައާއި އެހެނިހެން ވަގުތުތަކުގައެވެ.

ކީރިތި ޤުރްއާނުގައި ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ހަމަކަށަވަރުން، ނަޢަމް ސޫފީގައި، ތިޔަބައިމީހުނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) ފުޟޫލާތްތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ." (ސޫރަތުއް ނަޙްލު 66).

ބަޔާންކުރެވިދިޔަ އާޔަތުގެ އިތުރުން ސޫރަތުލް މުއުމިނޫން ގެ 21 ވަނަ އާޔަތުގެ މާނައިގައިވަނީ "އަދި ހަމަކަށަވަރުން، ނަޢަމް ސޫފީގައި، ތިޔަބައިމީހުނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ. އެތަކެތީގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުނަށް ވެއެވެ. އަދި އެތަކެތީން ތިޔަބައިމީހުން ކައި އުޅެއެވެ."

ކީރިތި ޤުރްއާނުގައިވާ މިކަމާއި ގުޅުންހުރި އާޔަތްތައް ފަސޭހަކަމާއިއެކު އިންސާނާއަށް ދޭހަވުމާއި ދެނެގަތުމުގައި، ހަށިގަނޑުގެ ހުރިހާ ބައިތަކަށް ލޭ ދައުރުވާގޮތާއި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތަކާއި ކިރު އުފެދޭގޮތުގެ ޢިލްމީ މަޢުލޫމާތުތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ގެރި ބަކަރި ފަދަ ނަޢަމް ސޫފީގައި ކިރު އުފެދިގެން އަންނަގޮތް ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި އެވަނީ އަދުގެ ސައިންސްގެ ހޯދުންތަކާއި ކުޑަވެސް ތަފާތެއްނުވާނެ ފުރިހަމަ މަޢުލޫމާތުތަކެވެ. ސައިންސްވެރިން ސިއްސުވާލި މަޢުލޫމާތުތަކެކެވެ. ބަނޑުއަޅާ ވިހާ ކޮންމެ ދިރޭއެއްޗަކުން ކިރު ނެރުއްވުން އެއީ އޭގެ ޒާތުގައި ބޮޑު މުޢުޖިޒާތެކެވެ. މީގެއިތުރުން، މިފަދަ މަޢުލޫމާތުތަކެއް ހޯދިފައި ނެތް ޒަމާނެއްގައި، ކިރު އުފެދޭ ގޮތުގެ ފުރިހަމަ ޢިލްމީ މަޢުލޫމާތުތައް ކީރިތި ޤުރްއާނުގައި ބަޔާންވެފައިވުން އިތުރު މުޢުޖިޒާތަކަށް ނުފުދޭތޯއެވެ. ފަތްފިލާވެލި މުގުރައިގެންނާއި ގެރި ބަކަރީގެ ލޭ ބޭނުން ކޮށްގެން ކިރު އުފެއްދޭތޯ މީސްތަކުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެގެންދިޔައީ ކޮންފަދައަކުންތޯއެވެ.


މުސްލިމު ސައިންސްވެރިޔާ އިބުނު ނަފީސް، ލޭދައުރުވާ ގޮތް ބަޔާންކުރުމުގެ 600 އަހަރު ކުރިން އަދި ވިލިއަމް ހާރވޭ މިކަމާގުޅޭ މަޢުލޫމާތުތައް ހުޅަނގަށް ފޯރުކޮށްދިނުމުގެ 1000 އަހަރު ކުރިން ކީރިތި ޤުރްއާނުގައި މިކަންވަނީ ބަޔާންކުރައްވާފައެވެ. ވިސްނާ ފިކުރުކުރުން ހުއްޓެވެ. އިންސާނާގެ ހެދި ބޮޑުވުމާއި އަދި ދެމިހުރުމަށް ބާރުދޭގޮތުގައި ހަޖަމުކުރުމުގެ މަރުހަލާތަކުގެ ތެރެއިން ގޮހޮރުގައި ހިނގާ އަޖައިބު ކުރުވަނިވި މަސައްކަތްތަކާއި ކާތަކެތިން ކިރު އުފެދިގެން އަންނަ ގޮތް މިވަނީ މީގެ 14 ޤަރުނުކުރިން ސާފުކޮށް އުގަންނައިދެއްވާފައެވެ. މިހުރިހާކަމަކާއިއެކު، ސައިންސްގެ ހޯދުންތަކުގެ ސަބަބުން ޢިލްމީ ޙަޤީޤަތްތައް ކަޝްފުވެ ބަޔާންވެގެންދާ ދިއުމީ ވިސްނާ ފިކުރުކުރާ ބަޔަކަށްއޮތް ހެޔޮ މަގެއްކަމާއިމެދު ޝައްކެއްނެތެވެ.

Sunday, May 3, 2009

One of the miserable news in this democracy


The oncoming parliamentary elections slated for 9 May are influenced by power and money and unlikely to be 100 percent free and fair, Human Rights Commission of the Maldives have revealed.

Wednesday, April 29, 2009

Italian University outpost … Is this the Maldivians’ dream University


Form long before, since during the last periods of former president Maumoon Abdul Gayyoom and even now with president Nasheedh’s presidency, they are making promises of establishing a public university in Maldives. Due to many reasons and attitude of former and current government towards this, many of us believe that it’s a dream. Eventhough we moved from developing countries to least developed countries, Maldives is the ONLY country in the south, southwest and central Asia without a UNIVERSITY.


However, establishment of University of Milano-Bicocca’s new research outpost in Faafu, Magoodhoo is a good alarm. The announcement of getting chances to maldivian students to study for degrees in marine biology, environmental management, tourism economy and management in the research outpost going to establish in Maldives, officially named the ‘International University Centre for Research and Higher Education’ has brought a happiness to lot of Maldivian students. The university outpost is a joint initiative between the government and the University of Milano-Bicocca, based in Milan, Italy.


The University of Milano-Bicocca is one of Italy’s top three universities, where 900 lecturers and researchers teach over 30,000 students in 71 different courses. The University is renowned as a world-class tropical marine biology research institute. It is also famed for having one of Italy’s top hospitality and hotel management schools.


President and Rector of the University of Milano-Bicocca, Professor Fontanesi, on Tuesday said, “Our University’s mission is to promote world-class research and teaching. The Maldives is a unique place to study tropical marine eco-systems, coral reefs and the impact of human activity on the environment.”

“We are delighted to provide educational opportunities for Maldivian students to study at the University of Milano-Bicocca outpost in Magoodhoo, as well as in Italy. We received a very enthusiastic welcome from Magoodhoo during our visit to the island yesterday. We want to involve the local community as much as possible in the university outpost,” Professor Fontanesi added.


At present, there is no university in the country, and getting a status of a Maldives Public University to ‘Maldives College of Higher Education’ is not known.

Monday, April 27, 2009

Pension to MPs completing 2 terms … A big injustice


Out dated parliament memebers are using their own affairs in Majlis floor. The endorsement by the People’s Majlis on Sunday to provide a pension to members completing 2 terms is a big injustice to the Maldivian people, including all the civil servants. More than this some of the parliament members were trying to make this pension of half salary for those who completes one term service. This shows SINCERITY of Majlis memeber to the people of Maldives. Yes they are totally corrupted.


It is so sad that the new government is also trying to spend more on political appointees by increasing their salary and other allowances, rather than providing basic facilities and services to these poor people in the country. Appointment of atoll and island councilors and providing them with big salaries is proof that the budget will never be balanced, even though they reduce the overtime of civil service staff to 10 percent.


I call on the Majlis to reduce member’s salaries to half of the current salary, and I call people of this
nation to select religious, good, educated, uncorrupted, and capable ,members to the Majlis in the forth coming majlis election.

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން – 4 ވަނަ ބައި


ވައްކަންކުރާމީހުނާއި، ފޭރޭމީހުނާއި އަދިވެސް މުޖުތަމަޢުގައި ބޮޑަތި ޖަރީމާތައް ހިންގާ މީހުން އެމީހުންގެ އިނގިލިތަކުގެ ކޮޅުގައިވާ ނިޝާން ބަދަލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރެއެވެ. މިގޮތުން ޗިކާގޯގެ ބޭންކުތައް ލޫޓޫވާ މީހެއްކަމުގައިވާ ޖޯން ޑިލިންގަރ 1930 ވަނައަހަރު އޭނާގެ އަމިއްލަ އަތުގެ އިނގިލިތަކަށް އެސިޑް އަޅާ އިނގިލިތަކުގެ ކޮޅުތައް އަންދާލިއެވެ. އަދި ފަހުގެ އަހަރުތަކުގައި، ތަފާތު އުކުޅުތައް ބޭނުންކޮށް ދެންހަދާނެ ގޮތެއްނެތުމުން، ދެއަތުގައިވާ ދިހަ އިނގިލީގެ ކޮޅުތައް ބުރިކުރި ބޮޑަތި މުޖުރިމުންވަނީ އުފެދިފައެވެ. ހުރިހާ އިނގިލިތަކުގެ ކޮޅުތައް ބުރިކޮށް ސަލާމަތުގެ އައްސޭރިއެއް ލިބޭނެކަމުގެ ޔަޤީންކަން އައުކުރުމަށްޓަކައި މަސައްކަތްކުރި ލޯރެންސްގެ މީހާއަށް ވެސް ސަލާމަތްކަމެއް ނުލިބުނެވެ. އިންސާނާ ދެނެގަނެވޭނެ ވަޞީލަތަކީ ހަމައެކަނި މިއީނޫންކަމުން، ފުލުހުން އޭނާވެސް ހޯދައިގަތެވެ. މިއަދު ޤައުމުގެ ކުދި ރައްތަށްވެސް މިވަނީ ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ވަދެފައެވެ. ރަލާއި އެހެނިހެންތަކެތީގެ މަސްތުގައި މުޖުތަމަޢުތަކަށް ޒަލްޒަލާގެނުވާފައެވެ. ވައްކަމާއި ލޫޓުވުމާއި އަންހެންކުދިންގެ ޢިއްފަތްނަގާލުމާއި މީހުން މެރުން ޢާއްމުވެފައެވެ. މިހެންގޮސް ނެތީ ކޮންކަމެއްތޯއެވެ. މުޖުތަމައުތައް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ މީހުނަށް ދުނިޔެމައްޗަކުވެސް އަދި އާޚިރަތަކުވެސް ސަލާމަތްކަމެއްނެތެވެ. މަރުވުމަށްފަހު އޭނާވެސް އަލުން ދިރުއްވޭނެއެވެ. އޭނާގެ ކަށިތައްވެސް އެއްކުރެއްވޭނެއެވެ. ޤިޔާމަތްދުވަހުން ކޮންމެ މީހަކުމެ މަޙުޝަރުކުރެވި ހިސާބުބެއްލެވޭނެއެވެ.

ޙަޤީޤަތަކީ، މިނިޝާން ބަދަލު ނުކުރެވޭނޭކަމެވެ. އެހެނީ ހަންގަނޑު ނޮޅާލިޔަސް، ހަންގަނޑު މަށައިގެން ދިޔަކަމުގައިވިޔަސް އަދި އަނދައިގެން ދިޔަކަމުގައިވިޔަސް، އިނގިލިތަކުގެ ކޮޅުގެ ހަންގަނޑުގައި ވަކި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް ރޮނގުތަކެއްގެ ގޮތުގައި އުފުލިފައިވާ ބަޔަށް ބަދަލެއް ނާންނާނެއެވެ. އަދި ބަދަލެއް ނުވެސް ގެނެވޭނެއެވެ. އިންސާނާ އުފައްދަވާފައިވަނީ އެންމެ ފުރިހަމައަށް ކަމާއިމެދު ކުޑަވެސް ޝައްކުކުރުމެއް ނުވެއެވެ. އިނގިލިތައް މެށިގެން ނުވަތަ އެނދުމުގެ ސަބަބުން ހަންގަނޑަށް ލިބޭ ކޮންމެ ގެއްލުމެއް ފޫބައްދައިދެނީ އައު ހަންގަނޑެއް އެފާރުގަނޑުގެމަތީގައި އުފެދިގެންނެވެ. އަދި މިގޮތަށް އުފެދޭ އުފެދުމުގައި ހަންގަނޑު ހުންނާނީ އިހުހުރި ގޮތާއި އެތުރުންތަކާއި އެއްގޮތަށެވެ. ބަދަލެއް އައުމެއްނެތިއެވެ. އަދި ހަންގަނޑުގައި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް އެތުރި އުފުލިފައިވާ ބައިތައް ހުންނާނީ ހަންގަނޑުގެ އެންމެ އަޑީބައިތަކާއި ގުޅިފައެވެ. މިގޮތުން، ގުޅުވާލަދޭ މާއްދާތައް ހަލާކުވުމުންވެސް، މިނިޝާން ބަދަލުކުރޭނޭ ގޮތްތަކެއްނުވެއެވެ. އެހެނަސް، އެއާއިއެކު އޭނާގެ އިނގިލީގެ ނިޝާން ހަލާކުވެ ލޯމައްޗަށް ނެތި ހިނގައިދާނެއެވެ.

މަޝްހޫރު ސައިންވެރިޔާ ޑރ. ފުރޭންސިސް ގޭލްޓަން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދެމީހަކަށް އެއްގޮތް އިނގިލީގެ ނިޝާނެއް ޙިއްޞާނުކުރެވޭނެއެވެ. އަދި މައިމީހާގެ ރަހިމުގައި ދަރިފުޅު ޤަރުބަގަންނަތާ 100 ދުވަހާއި 120 ދުވަހުގެ ތެރޭގައި އިނގިލީގެ ކޮޅުތަކުގައި އެވާ ޚާއްޞަ ކުރެހުމުގެ އުފުލިފައިވާ ރޮނގުތައް އުފެދޭކަމުގައި ގޭލްޓަން ޔަޤީންކޮށްދެއެވެ. ހަމައެއާއިއެކު، އިނގިލީގެ ނިޝާނަކީ ބަދަލުނުކުރެވޭނޭ އެއްޗަކަށްވާއިރު، އެހެންމީހުންގެ އިނގިލިތައް ބޭނުންކޮށްގެން އިނގިލީގެ ނިޝާނުން ވައްކަންކުރާ މީހުނަށްވެސް މިއަދު ސަލާމަތްކަމެއް ނެތެވެ. މިނިޝާން ވަގަށްނެގޭނެ ޖާގައެއްނެތެވެ. މިނިޝާން ވަކިކޮށް ދެނެގަންނާނެގޮތުގެ ނިޒާމުގެ ތެރޭގައި މިއަދު ބޭނުންކުރެވެމުންދާ ޓެކްނޮލޮޖީގެ އައު ކުރިއެރުންތަކުގެ ސަބަބުން، އެނިޝާން ދޫކޮށްފަ ދިއުމަށް ބޭނުންކުރެވުނު އިނގިއްޔަކީ ދިރުންހުރި އިނގިއްޔެއްތޯ ދެނެގަނެވޭނެ ގޮތްތައްވަނީ އީޖާދުކުރެވިފައެވެ. މިހުރިހާކަމެއް މިގޮތަށްހުރިއިރު، ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ޚާލިޤުވަންތަ ﷲ އަށް އޭނާ މަރުވެ މަސްތަކާއި ކަށިތައް ފަނާވުމަށްފަހު ދެނެނުގަނެވޭނޭކަމާއި އަދި އަލުން އޭނާ ދިރުއްވޭނޭކަމުގައި ޤަބޫލުނުކުރަނީ ކޮންބައެއްތޯއެވެ.

އިންސާނާގެ ހަށިގަނޑު އަންދާލައި އޭގެ އަޅިކޮޅު ފެނުގެތެރެއަށް ގިރުވައިވެސް ލެވިދާނެއެވެ. ގުނަވަންތަކާއި ކަށިތައް ވަކިކޮށް ދުނިޔޭގެ ހަތް ބައްރައް ބަހައިވެސް ލެވިދާނެއެވެ. އެހެނަސް، އޭނާގެ ހަށިގަނޑު ފާހަގަކޮށް ދެނެގަނެވޭނެކަމުގައި ޤަބޫލުކުރާށެވެ. އަދި އޭނާ އަލުން ދިރުއްވޭނެއެވެ. އެހެނީ، ﷲ ތަޢާލާވަނީ އިންސާނާ ދެނެގަންނާނެ ތަފާތު އެތައް ގޮތްތައް ޚުދު އެއިންސާނާގެ ހަށިގަނޑުގައިވެސް ލައްވާފައެވެ. ހަމައެކަނި އިނގިލީގެ ނިޝާން އެކަންޏެއްނޫނެވެ. އެހެނަސް މިއީ ފުޅާދާއިރާއެއްގައި ބޭނުންކުރެވެމުންދާ އަދި އަދާހަމައަށް އިންސާނާއަށް ހޯދިފައިވާ އެއްގޮތެވެ. ތަކެތީގެ މަޢުލޫމާތު ދެނެގަތުމުގެ އިމުގެ ތެރޭގައި، އިނގިލީގެ ނިޝާންދެނެގަތުމުގެ ނިޒާމާއި އަދުގެ ދުނިޔޭގައި ބޭނުން ކުރެވެމުންދާ ބަރކޯޑް ސިސްޓަމާވެސް އަޅާކިއިދާނެއެވެ. - ނުނިމޭ

Sunday, April 19, 2009

މަނަދޫ ލައިވް ހެކްކުރިކުރުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ

މަނަދޫ ލައިވް އަކީ އާއްމުންގެ ތެރޭގައި ނުހަނު ބޮޑު މަގުބޫލު ކަމެއް ހޯދާ، މަނަދުއާއި ނ.އަތޮޅުގެ އަދި މުޅި ރާއްޖޭގެ ޚަބަރުތައް ވަރަށް ތާޒާކަމާއެކު ކަވަރުކޮށް ވަގުތުން ވަގުތަށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެމުންދިޔަ ޚިދުމަތްތެރި އޮންލައިން ނޫހެކެވެ. އެހެންކަމުން، މިވެބްސައިޓް ހެކްކުރި ހަބަރު ލިބުމުން އަޅުނޑު ނިހާޔަތަށް ދެރަވިއެވެ. ދިވެހިމުޖުތަމަޢުއަށް އަގުހުރި ޚިދުމަތްތަކެއް ކުރުންމަތީގައި ދެމިއޮތް ވެބްސައިޓަށް ބަޔަކު ޢުދުވާނީ ހަމަލާއެއް ދިނުމަކީ ދިވެހި ނޫސްވެރިކަމަށް ދެވުނު ޓެރަރިސްޓް ހަމަލާއެކެވެ. އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ، މިދިޔަ ހުކުރުވިލޭރޭގެ ފަތިހުގެ ވަގުތެއްގައި މި ވެބްސައިޓް ހެކްކުރި ކުރުމަކީ ހެކަރުންގެ ފިނޑި ޢަމަލެކެވެ. އަދި މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާހާލު، އަޅުގަނޑު މިގޮވާލަނީ ދިވެހިންގެ ތެރޭގައި ބޭނުންތެރި އަގުހުރި މައުލޫމާތު ފަތުރަމުންދާ '' މަނަދޫލައިވް'' ރަހީނުކުރުމުން ދޫކޮށްލާ އެސައިޓް އިހު އޮތްގޮތަށް ހަރަކާތްތެރި ވުމަށް ފުރުސަތިދިނުމަށެވެ

ޖިންސް ކަނޑައެޅުމުގައި ދަރިފަނި


ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކާއި އަދި ދެމީހުންގެ އާއިލާގެ އެންމެ ބޮޑު އެދުމަކީ އެ ދެމީހުނަށް ކުއްޖަކު ލިބުމެވެ. އަދި ހަމަ އެހެންމެ، ތުއްތު ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލާ ވަގުތަކީ އާއިލާއަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭ ވަގުތަކަށް ވެގެންދެއެވެ. ހަމައެއާއިއެކު، އެ ތުއްތު ކުއްޖާ އުފަންވުމުގެ ޚަބަރު ލިބުމުން ފުރަތަމަވެސް އެކަކުއަނެކަކާ ސުވާލު ކޮށްލަނީ އެކުއްޖާގެ ޖިންސާ ބެހޭގޮތުންނެވެ. ލިބުނީ ކޮންކަހަލަ ކުއްޖެއްތޯއެވެ؟ ކޮންމެއަކަސް، ތުއްތު ދަރިފުޅަށް ބަލިވެއިނުމާއި ގުޅިގެން އެ ދަރިފުޅަށް މަރްހަބާ ކިޔުމަށްޓަކައި ދެމަފިރިން ވަރަށް ފުރިހަމައަށް ތައްޔާރުވާންފަށައެވެ. އަދި އެދެމަފިރިން އެންމެ އެދޭ ޖިންސްގެ ދަރިފުޅާއި ގުޅޭ ކުލަތަކުން ތަކެތި ހަމަކުރުމަކީވެސް މިއަދުގެ އާދައެކެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާ މިފަދަ މުހިއްމު ވަގުތުގައިވެސް ދެމަފިރިންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިގެން އަންނަ މިންވަރު ބައެއް މުޖުތަމަޢުތަކުގައި މަދެއް ނޫނެވެ. ފިރިހެން މީހާ ވަކި ޖިންސެއްގެ ކުއްޖަކު ބޭނުންވާއިރު އަނބިމީހާގެ ވިސްނުން މުޅިން ތަފާތުވެދެއެވެ. މައިދައިތައާއި ދަނބިދަރިންގެ ޚިޔާލު ތަފާތުވެދެއެވެ. ކަންމިހެން އޮތްއިރު، މިފަދަ އަރައިރުންތަކުގެ ނަތީޖާ ފެންނަނީ ދަރިފުޅު ވިހެއުމުން ނުވަތަ ދަރިފުޅުގެ ޖިންސް އެނގޭ ހިސާބުންނެވެ.

އެކި ޒަމާނަތަކަށް ބަލާއިރު ދުނިޔޭގެ ތަފާތު މުޖުތަމަޢުތަކުގައި މިފަދަ އަރައިރުންތައް ހިނގަމުން ދެއެވެ. ބޮޑަތި އަރައިރުންތަކާއި ކޯޅުންތަކަށް ބަދަލުވެދެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިކަމާ ގުޅުންހުރި ތަފާތު ކަންކަން މަދުމަދުން ނަމަވެސް ހިނގަމުންދިއުމަކީ ހިތާމަހުރިކަމެކެވެ. މިގޮތުން ދަރި ވައްޓާލުމާއި، ބައެއްފަހަރު ފިރިމީހާ ބޭނުންވާ ޖިންސެއްގެ ކުއްޖަކު ނުލިބުމުން، ދަރިފުޅަށް ދޭންވާ އަޅާލުމާއި ލޯބިން ތުއްތު ދަރިފުޅު މަޙްރޫމުވެގެން ދާފަހަރު އާދެއެވެ. އަދި އާއިލީ ބޮޑު މައްސަލައަކަށް ވެގެންދެއެވެ. މިއާއިއެކު، ދަރިފުޅުގެ ކަންތައްތަކުގައި މައިމީހާގެ ވިސްނުމާއި ފިކުރުތައް ހަލަބޮލި ކޮށްލައެވެ. މީގެއިތުރުން އަންހެނާއަށް ބޮޑަތި ގޮންޖެހުންތަކާއި ދަތި އިޙްސާސްތަކާއި ކުރިމަތިލާންޖެހެއެވެ. އިތުރު މިސާލެއް ދަންނަވާލަންތޯއެވެ. އިންޑިޔާގެ ބައެއް މުޖުތަމަޢުތަކުގައި ކައިވެނިކުރެވޭ ފިރިހެން ކުއްޖާގެ މަންމަ ބޮޑަށް ބޭނުންވަނީ، އޭނާގެ ދަރިފުޅަށް ފިރިހެން ކުދިން ލިބުމަށެވެ. އެއީ ހަމައެކަނި އެމީހުންގެ ދީނީ އަދި ޘަޤާފަތް ބައްޓަންވެފައިވާ ގޮތުން ކުރާ އަސަރެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް، ނަތީޖާއަކީ މައިދައިތައިން ހިތްނޭދޭ ކަހަލަ ކުއްޖަކު އުފަންވެއްޖެނަމަ އެކަމުގައި އަންހެން ދަނބިދަރިފުޅު ކުށްވެރިކުރުމަށް އަވަސްވެގަތުމެވެ. އަންހެން ދަނބިދަރިފުޅު ހިތުގައި ޖައްސާ ފުރައްސާރަ ކުރެވެއެވެ. އެންމެފަހުން، އަންހެން ކުއްޖަކު އުފަންކުރުވުމުގެ ޒިންމާ އަންހެން ދަނބިދަރިފުޅުގެ ބޮލުގައި އަޅުވައެވެ. އެހެންނަމަވެސް ވަކި ޖިންސެއްގެ ކުއްޖަކު ލިބުމަކީ އަންހެން މީހާއާއި ކޮންގުޅުމެއްހުރި ކަމެއްތޯއެވެ؟

ވަރަށް ފަހަކާއި ޖެހެންދެން މީސްތަކުން ގަބޫލުކުރަމުން އައިގޮތުގައި ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ މައިމީހާގެ ޖިންސީ ސެލްއިންނެވެ. ނުވަތަ މަންމަ އާއި ބައްޕަ، މިދެމީހުންގެ ސެލްއިންނެވެ. އެހެންނަމަވެސް، ދަރިފުޅުގެ ޖިންސް ކަނޑައެޅޭ ގޮތާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާގޮތް އިންސާނުން ހީކުރިގޮތާއި މުޅީން ތަފާތެވެ. އެހެނަސް އެއީ އަދުގެ ސައިންސްގެ ހޯދުންތަކާއި ތަފާތެއްނެތް ފުރިހަމަ މަޢުލޫމާތުތަކެކެވެ. އިންސާނާ އުފައްދަވާ ޖިންސް ކަނޑައެޅުއްވި ކުޅަދުންވަންތަ އިލާހުގެ މަތިވެރި ބަސްފުޅެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން ރަޙިމުގެ ތެރެއަށް މަނިފޮދެއް އެޅޭހިނދު އެއިން ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ" (ސޫރަތުއް ނަޖްމު 45-46). އަދިވެސް ސޫރަތުލް ޤިޔާމާގެ 37 ވަނަ އާޔަތުން 39 ވަނަ އާޔަތަށް ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. "އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ". ކީރިތި ޤުރްއާނުގެ މިއާޔަތްތަކުގެ ތެދުކަން އަދުގެ ސައިންސްގެ އަލީގައި ކަށަވަރުވެފައި މިވަނީ 'ޖެނެޓިކްސް' ނުވަތަަ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ ޢިލްމު ވުޖޫދަށްއައިސް ތަރައްގީވި ދުވަހުން ފެށިގެންނެވެ. އެއީ ކީރިތި ޤުރްއާނުގައި ޢިލްމީ މިޙަގީގަތް ބަޔާންކުރެވިފައިވާތާ އެތައް އަހަރެއް ފަހުންނެވެ.

އިންސާނީ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ މަޢުލޫމާތު އެކުލެވޭ އެންމެ އަސާސީ މާއްދާކަމުގައިވާ ޖީންސް ހޯދުމުގެ 13 ޤަރުނުކުރިން ﷲ ތަޢާލާގެ ފޮތުގައި ބަޔާންވެފައި އެވަނީ އަންހެން އަދި ފިރިހެން މި ދެޖިންސްވެސް ކަނޑައެޅިގެންދަނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ ފިރިހެނާގެ މަނިފޮދުން ކަމެވެ. އެމަނިފޮދުގައިވާ ދަރިފަނިންކަމެވެ. އެހެނީ، އަންހެނާގެ ރަހިމުގައި ތުއްތު ކުއްޖަކު އުފެދިގެން އަންނަނީ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިސް ގުޅި ލާމެހުމުންނެވެ. އަދި މިކުއްޖާގެ ޖިންސް ކަނޑައެޅިގެންދަނީ ޖިންސީ މި ދެ ސެލް ގުޅިލާމެހޭ ވަގުތުގައެވެ. ކޮންމެއަކަސް، އަންހެނާގެ ރަހިމުގައި ޣަރުބަގަންނަ މިތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ ފިރިހެނާގެ ދަރިފަންޏެވެ. އެއްވެސް ހާލެއްގައި އަންހެނާގެ ބިހެއްނޫނެވެ. މިއީ އަދުގެ ސައިންސްގެ ހޯދުންތަކުގައިވާ މަޢުލޫމާތެވެ. އެހެނީ، ތުއްތު ދަރިފުޅުގެ ޖިންސް ބިނާވެގެންވަނީ އިންސާނުންގެ ސެލްތަކުގައިވާ ނިއުކުލިއަސްގެ އެތެރޭގައިވާ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގެ މައްޗަށެވެ. މިގޮތުން އަންހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް އެއްގޮތްވާނެއެވެ. އަދި XX ގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ފިރިހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް ތަފާތުވާނެއެވެ. އަދި XY ގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

އިންސާނާގެ ހަށިގަނޑު އުފެދުމުގައިވާ ކޮންމެ ސެލްއެއްގައި ވަނީ 46 ކުރޮމޮޒޯމްއެވެ. ކުރޮމޮޒޯމްއަކީ ކޮންމެ ސެލްއެއްގެ ނިއުކްލިއަސް ތެރޭގައި ހިމެނޭ އެއްޗެކެވެ. މީގެ މައިގަނޑު މަސައްކަތަކީ ދަރިފަސްކޮޅަށް ވާރުތަވަމުންދާ ދިރޭތަކެތީގެ ސިފަތަކާއިބެހޭ މަޢުލޫމާތުތައް އުފުލުމެވެ. ހަށިގަނޑު އުފެދިފައިވާ ކޮންމެ ސެލްއެއްގައި 46 ކުރޮމޮޒޯމް ވީނަމަވެސް، އިންސާނާގެ ކޮންމެ ޖިންސީ ސެލްއެއްގައިވަނީ 23 ކުރޮމޮޒޯމްއެވެ. އެއީ ކުރިންދެންނެވި 46 ކުރޮމޮޒާމްގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން، ޖިންސީ ސެލްތައް އުފެދިގެން އަންނަ އިރު އެއިން ކޮންމެ ސެލްއެއްގައި ހިމެނޭނީ 23 ވަނަ ޖޯޑުގައިވާ ދެ ކުރޮމޮޒޯމުން އެއް ކުރޮމޮޒޯމްއެވެ. މިގޮތުން، އަންހެން ޖިންސީ ސެލްތައް ބެހިގެންދާނީ އެއްގޮތް ކުރޮމޮޒޯމްތައް އެކުލެވޭ ގޮތުގައެވެ. އެއީ ތަފާތު ކޮންމެ އަންހެން ޖިންސީ ސެލްއެއްގައި X ކުރޮމޮޒޯމެއް އެކުލެވޭ ގޮތުގައެވެ. އެހެންނަމަވެސް، ފިރިހެން ޖިންސީ ސެލް (ދަރިފަނީ)ގެ އެއްބައި ސެލްގައިX ކުރޮމޮޒޯމް އަދި އަނެއްބައި ސެލްގައި Y ކުރޮމޮޒޯމް ހިމެނޭނެއެވެ.

އަދުގެ ޢިލްމީ ދިރާސާތަކަށް ރިޢާޔަތް ކުރާއިރު، އަންހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ މަނީގައިވާ އެތައް މިލިއަން ޖިންސީ ސެލްތަކުގައިވާ X ކުރޮމޮޒޯމް ހިމެނޭ ފިރިހެނާގެ ޖިންސީ ސެލް (ދަރިފަނި) އާއި އަންހެނާގެ ޖިންސީ ސެލް ގުޅުމުންނެވެ. އަދި ފިރިހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް ދުއްވާލެވޭ ދަރިފަނިތަކުގެ ތެރެއިން Y ކުރޮމޮޒޯމް ހިމެނޭ ސެލްއެއް އަންހެނާގެ ބިހާއި ގުޅުމުންނެވެ. ފިރިހެނާގެ ތަފާތު ދަރިފަނިތަކުގެ ތެރޭގައި މި ދެ ކުރޮމޮޒޯމް އުފުލާ ދަރިފަނިތައް ހިމެނެނީ ފަންސާސް އިންސައްތަ ޙިއްސާވާ ހަމަހަމަގޮތެއްގައި ކަމަށްވާތީ ކޮންމެ ޖިންސެއްގެ ކުއްޖަކު ލިބުމަށް އޮންނަ ފުރުޞަތަކީ ހަމަހަމަ ފުރުޞަތެކެވެ. އެހެނީ ޖިމާޢުވާ ވަގުތު އޮހޮރުވާލާ މަނީގެ ކުޑަ މިންވަރުގައިވާ އެތައް މިލިއަން ދަރިފަނީގެ ތެރެއިން އަންހެނާގެ ބިހުގެ ތެރެއަށް ވަންނަށް މަސައްކަތްކުރާ އެތައް ހާސް ދަރިފަނިތަކުން ބިހުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބެނީ އެންމެ ފަންޏަކަށެވެ. އަދި އެ ދަރިފަންޏަކީ ކޮބައިކަމެއް ކަނޑައެޅިގެން ނޭގޭނެއެވެ. މިހެންކަމުން، X ކުރޮމޮޒޯމް ނުވަތަ Y ކުރޮމޮޒޯމް އުފުލާ ފަންޏަކަށްވެސް މި ފުރުޞަތު ލިބިދާނެއެވެ. މިގޮތުން އުފެދޭ ދަރިފުޅުގެ ޖިންސް ކަނޑައެޅިގެންދެއެވެ.

ޒަމާނީ ޓެކޮނޮލޮޖީއާއި ތަފާތު ޢިލްމުތައް އިންސާނުންނަށް ހޯދެމުން ދިޔަވަރަކަށް ﷲ ތަޢާލާގެ ބަސްފުޅުގެ މަތިވެރިކަމާއި އެބަސްފުޅުގެ ތެދުކަން މިދަނީ ސާބިތުވަމުންނެވެ. މިގޮތުން، ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ އަންހެން މީހާކަމުގައި ކުރަމުންއައި ޙަގީގަތެއްނެތް ދަޢުވާ ދޫކޮށްލުމަށް މިވަނީ މަޖުބޫރުވެފައެވެ. އެހެނީ ތުއްތު ކުއްޖާގެ ޖިންސް ކަނޑައެޅިގެން އަންނަނީ ފިރިހެނާގެ ޖިންސީ ސެލްކަމުގައިވާ ދަރިފަނީގައިވާ މަޢުލޫމާތުތަކުންނެވެ. މިއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެ ދަރިފަނި ހެއްދެވިފަރާތަކީވެސް ނެތުމުގެތެރެއިން އެންމެހާ މަޚްލޫޤުން އުފެއްފެވި ﷲ ތަޢާލާއެވެ.