Wednesday, April 29, 2009

Italian University outpost … Is this the Maldivians’ dream University


Form long before, since during the last periods of former president Maumoon Abdul Gayyoom and even now with president Nasheedh’s presidency, they are making promises of establishing a public university in Maldives. Due to many reasons and attitude of former and current government towards this, many of us believe that it’s a dream. Eventhough we moved from developing countries to least developed countries, Maldives is the ONLY country in the south, southwest and central Asia without a UNIVERSITY.


However, establishment of University of Milano-Bicocca’s new research outpost in Faafu, Magoodhoo is a good alarm. The announcement of getting chances to maldivian students to study for degrees in marine biology, environmental management, tourism economy and management in the research outpost going to establish in Maldives, officially named the ‘International University Centre for Research and Higher Education’ has brought a happiness to lot of Maldivian students. The university outpost is a joint initiative between the government and the University of Milano-Bicocca, based in Milan, Italy.


The University of Milano-Bicocca is one of Italy’s top three universities, where 900 lecturers and researchers teach over 30,000 students in 71 different courses. The University is renowned as a world-class tropical marine biology research institute. It is also famed for having one of Italy’s top hospitality and hotel management schools.


President and Rector of the University of Milano-Bicocca, Professor Fontanesi, on Tuesday said, “Our University’s mission is to promote world-class research and teaching. The Maldives is a unique place to study tropical marine eco-systems, coral reefs and the impact of human activity on the environment.”

“We are delighted to provide educational opportunities for Maldivian students to study at the University of Milano-Bicocca outpost in Magoodhoo, as well as in Italy. We received a very enthusiastic welcome from Magoodhoo during our visit to the island yesterday. We want to involve the local community as much as possible in the university outpost,” Professor Fontanesi added.


At present, there is no university in the country, and getting a status of a Maldives Public University to ‘Maldives College of Higher Education’ is not known.

Monday, April 27, 2009

Pension to MPs completing 2 terms … A big injustice


Out dated parliament memebers are using their own affairs in Majlis floor. The endorsement by the People’s Majlis on Sunday to provide a pension to members completing 2 terms is a big injustice to the Maldivian people, including all the civil servants. More than this some of the parliament members were trying to make this pension of half salary for those who completes one term service. This shows SINCERITY of Majlis memeber to the people of Maldives. Yes they are totally corrupted.


It is so sad that the new government is also trying to spend more on political appointees by increasing their salary and other allowances, rather than providing basic facilities and services to these poor people in the country. Appointment of atoll and island councilors and providing them with big salaries is proof that the budget will never be balanced, even though they reduce the overtime of civil service staff to 10 percent.


I call on the Majlis to reduce member’s salaries to half of the current salary, and I call people of this
nation to select religious, good, educated, uncorrupted, and capable ,members to the Majlis in the forth coming majlis election.

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން – 4 ވަނަ ބައި


ވައްކަންކުރާމީހުނާއި، ފޭރޭމީހުނާއި އަދިވެސް މުޖުތަމަޢުގައި ބޮޑަތި ޖަރީމާތައް ހިންގާ މީހުން އެމީހުންގެ އިނގިލިތަކުގެ ކޮޅުގައިވާ ނިޝާން ބަދަލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރެއެވެ. މިގޮތުން ޗިކާގޯގެ ބޭންކުތައް ލޫޓޫވާ މީހެއްކަމުގައިވާ ޖޯން ޑިލިންގަރ 1930 ވަނައަހަރު އޭނާގެ އަމިއްލަ އަތުގެ އިނގިލިތަކަށް އެސިޑް އަޅާ އިނގިލިތަކުގެ ކޮޅުތައް އަންދާލިއެވެ. އަދި ފަހުގެ އަހަރުތަކުގައި، ތަފާތު އުކުޅުތައް ބޭނުންކޮށް ދެންހަދާނެ ގޮތެއްނެތުމުން، ދެއަތުގައިވާ ދިހަ އިނގިލީގެ ކޮޅުތައް ބުރިކުރި ބޮޑަތި މުޖުރިމުންވަނީ އުފެދިފައެވެ. ހުރިހާ އިނގިލިތަކުގެ ކޮޅުތައް ބުރިކޮށް ސަލާމަތުގެ އައްސޭރިއެއް ލިބޭނެކަމުގެ ޔަޤީންކަން އައުކުރުމަށްޓަކައި މަސައްކަތްކުރި ލޯރެންސްގެ މީހާއަށް ވެސް ސަލާމަތްކަމެއް ނުލިބުނެވެ. އިންސާނާ ދެނެގަނެވޭނެ ވަޞީލަތަކީ ހަމައެކަނި މިއީނޫންކަމުން، ފުލުހުން އޭނާވެސް ހޯދައިގަތެވެ. މިއަދު ޤައުމުގެ ކުދި ރައްތަށްވެސް މިވަނީ ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ވަދެފައެވެ. ރަލާއި އެހެނިހެންތަކެތީގެ މަސްތުގައި މުޖުތަމަޢުތަކަށް ޒަލްޒަލާގެނުވާފައެވެ. ވައްކަމާއި ލޫޓުވުމާއި އަންހެންކުދިންގެ ޢިއްފަތްނަގާލުމާއި މީހުން މެރުން ޢާއްމުވެފައެވެ. މިހެންގޮސް ނެތީ ކޮންކަމެއްތޯއެވެ. މުޖުތަމައުތައް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ މީހުނަށް ދުނިޔެމައްޗަކުވެސް އަދި އާޚިރަތަކުވެސް ސަލާމަތްކަމެއްނެތެވެ. މަރުވުމަށްފަހު އޭނާވެސް އަލުން ދިރުއްވޭނެއެވެ. އޭނާގެ ކަށިތައްވެސް އެއްކުރެއްވޭނެއެވެ. ޤިޔާމަތްދުވަހުން ކޮންމެ މީހަކުމެ މަޙުޝަރުކުރެވި ހިސާބުބެއްލެވޭނެއެވެ.

ޙަޤީޤަތަކީ، މިނިޝާން ބަދަލު ނުކުރެވޭނޭކަމެވެ. އެހެނީ ހަންގަނޑު ނޮޅާލިޔަސް، ހަންގަނޑު މަށައިގެން ދިޔަކަމުގައިވިޔަސް އަދި އަނދައިގެން ދިޔަކަމުގައިވިޔަސް، އިނގިލިތަކުގެ ކޮޅުގެ ހަންގަނޑުގައި ވަކި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް ރޮނގުތަކެއްގެ ގޮތުގައި އުފުލިފައިވާ ބަޔަށް ބަދަލެއް ނާންނާނެއެވެ. އަދި ބަދަލެއް ނުވެސް ގެނެވޭނެއެވެ. އިންސާނާ އުފައްދަވާފައިވަނީ އެންމެ ފުރިހަމައަށް ކަމާއިމެދު ކުޑަވެސް ޝައްކުކުރުމެއް ނުވެއެވެ. އިނގިލިތައް މެށިގެން ނުވަތަ އެނދުމުގެ ސަބަބުން ހަންގަނޑަށް ލިބޭ ކޮންމެ ގެއްލުމެއް ފޫބައްދައިދެނީ އައު ހަންގަނޑެއް އެފާރުގަނޑުގެމަތީގައި އުފެދިގެންނެވެ. އަދި މިގޮތަށް އުފެދޭ އުފެދުމުގައި ހަންގަނޑު ހުންނާނީ އިހުހުރި ގޮތާއި އެތުރުންތަކާއި އެއްގޮތަށެވެ. ބަދަލެއް އައުމެއްނެތިއެވެ. އަދި ހަންގަނޑުގައި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް އެތުރި އުފުލިފައިވާ ބައިތައް ހުންނާނީ ހަންގަނޑުގެ އެންމެ އަޑީބައިތަކާއި ގުޅިފައެވެ. މިގޮތުން، ގުޅުވާލަދޭ މާއްދާތައް ހަލާކުވުމުންވެސް، މިނިޝާން ބަދަލުކުރޭނޭ ގޮތްތަކެއްނުވެއެވެ. އެހެނަސް، އެއާއިއެކު އޭނާގެ އިނގިލީގެ ނިޝާން ހަލާކުވެ ލޯމައްޗަށް ނެތި ހިނގައިދާނެއެވެ.

މަޝްހޫރު ސައިންވެރިޔާ ޑރ. ފުރޭންސިސް ގޭލްޓަން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދެމީހަކަށް އެއްގޮތް އިނގިލީގެ ނިޝާނެއް ޙިއްޞާނުކުރެވޭނެއެވެ. އަދި މައިމީހާގެ ރަހިމުގައި ދަރިފުޅު ޤަރުބަގަންނަތާ 100 ދުވަހާއި 120 ދުވަހުގެ ތެރޭގައި އިނގިލީގެ ކޮޅުތަކުގައި އެވާ ޚާއްޞަ ކުރެހުމުގެ އުފުލިފައިވާ ރޮނގުތައް އުފެދޭކަމުގައި ގޭލްޓަން ޔަޤީންކޮށްދެއެވެ. ހަމައެއާއިއެކު، އިނގިލީގެ ނިޝާނަކީ ބަދަލުނުކުރެވޭނޭ އެއްޗަކަށްވާއިރު، އެހެންމީހުންގެ އިނގިލިތައް ބޭނުންކޮށްގެން އިނގިލީގެ ނިޝާނުން ވައްކަންކުރާ މީހުނަށްވެސް މިއަދު ސަލާމަތްކަމެއް ނެތެވެ. މިނިޝާން ވަގަށްނެގޭނެ ޖާގައެއްނެތެވެ. މިނިޝާން ވަކިކޮށް ދެނެގަންނާނެގޮތުގެ ނިޒާމުގެ ތެރޭގައި މިއަދު ބޭނުންކުރެވެމުންދާ ޓެކްނޮލޮޖީގެ އައު ކުރިއެރުންތަކުގެ ސަބަބުން، އެނިޝާން ދޫކޮށްފަ ދިއުމަށް ބޭނުންކުރެވުނު އިނގިއްޔަކީ ދިރުންހުރި އިނގިއްޔެއްތޯ ދެނެގަނެވޭނެ ގޮތްތައްވަނީ އީޖާދުކުރެވިފައެވެ. މިހުރިހާކަމެއް މިގޮތަށްހުރިއިރު، ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ޚާލިޤުވަންތަ ﷲ އަށް އޭނާ މަރުވެ މަސްތަކާއި ކަށިތައް ފަނާވުމަށްފަހު ދެނެނުގަނެވޭނޭކަމާއި އަދި އަލުން އޭނާ ދިރުއްވޭނޭކަމުގައި ޤަބޫލުނުކުރަނީ ކޮންބައެއްތޯއެވެ.

އިންސާނާގެ ހަށިގަނޑު އަންދާލައި އޭގެ އަޅިކޮޅު ފެނުގެތެރެއަށް ގިރުވައިވެސް ލެވިދާނެއެވެ. ގުނަވަންތަކާއި ކަށިތައް ވަކިކޮށް ދުނިޔޭގެ ހަތް ބައްރައް ބަހައިވެސް ލެވިދާނެއެވެ. އެހެނަސް، އޭނާގެ ހަށިގަނޑު ފާހަގަކޮށް ދެނެގަނެވޭނެކަމުގައި ޤަބޫލުކުރާށެވެ. އަދި އޭނާ އަލުން ދިރުއްވޭނެއެވެ. އެހެނީ، ﷲ ތަޢާލާވަނީ އިންސާނާ ދެނެގަންނާނެ ތަފާތު އެތައް ގޮތްތައް ޚުދު އެއިންސާނާގެ ހަށިގަނޑުގައިވެސް ލައްވާފައެވެ. ހަމައެކަނި އިނގިލީގެ ނިޝާން އެކަންޏެއްނޫނެވެ. އެހެނަސް މިއީ ފުޅާދާއިރާއެއްގައި ބޭނުންކުރެވެމުންދާ އަދި އަދާހަމައަށް އިންސާނާއަށް ހޯދިފައިވާ އެއްގޮތެވެ. ތަކެތީގެ މަޢުލޫމާތު ދެނެގަތުމުގެ އިމުގެ ތެރޭގައި، އިނގިލީގެ ނިޝާންދެނެގަތުމުގެ ނިޒާމާއި އަދުގެ ދުނިޔޭގައި ބޭނުން ކުރެވެމުންދާ ބަރކޯޑް ސިސްޓަމާވެސް އަޅާކިއިދާނެއެވެ. - ނުނިމޭ

Sunday, April 19, 2009

މަނަދޫ ލައިވް ހެކްކުރިކުރުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ

މަނަދޫ ލައިވް އަކީ އާއްމުންގެ ތެރޭގައި ނުހަނު ބޮޑު މަގުބޫލު ކަމެއް ހޯދާ، މަނަދުއާއި ނ.އަތޮޅުގެ އަދި މުޅި ރާއްޖޭގެ ޚަބަރުތައް ވަރަށް ތާޒާކަމާއެކު ކަވަރުކޮށް ވަގުތުން ވަގުތަށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެމުންދިޔަ ޚިދުމަތްތެރި އޮންލައިން ނޫހެކެވެ. އެހެންކަމުން، މިވެބްސައިޓް ހެކްކުރި ހަބަރު ލިބުމުން އަޅުނޑު ނިހާޔަތަށް ދެރަވިއެވެ. ދިވެހިމުޖުތަމަޢުއަށް އަގުހުރި ޚިދުމަތްތަކެއް ކުރުންމަތީގައި ދެމިއޮތް ވެބްސައިޓަށް ބަޔަކު ޢުދުވާނީ ހަމަލާއެއް ދިނުމަކީ ދިވެހި ނޫސްވެރިކަމަށް ދެވުނު ޓެރަރިސްޓް ހަމަލާއެކެވެ. އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ، މިދިޔަ ހުކުރުވިލޭރޭގެ ފަތިހުގެ ވަގުތެއްގައި މި ވެބްސައިޓް ހެކްކުރި ކުރުމަކީ ހެކަރުންގެ ފިނޑި ޢަމަލެކެވެ. އަދި މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާހާލު، އަޅުގަނޑު މިގޮވާލަނީ ދިވެހިންގެ ތެރޭގައި ބޭނުންތެރި އަގުހުރި މައުލޫމާތު ފަތުރަމުންދާ '' މަނަދޫލައިވް'' ރަހީނުކުރުމުން ދޫކޮށްލާ އެސައިޓް އިހު އޮތްގޮތަށް ހަރަކާތްތެރި ވުމަށް ފުރުސަތިދިނުމަށެވެ

ޖިންސް ކަނޑައެޅުމުގައި ދަރިފަނި


ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކާއި އަދި ދެމީހުންގެ އާއިލާގެ އެންމެ ބޮޑު އެދުމަކީ އެ ދެމީހުނަށް ކުއްޖަކު ލިބުމެވެ. އަދި ހަމަ އެހެންމެ، ތުއްތު ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލާ ވަގުތަކީ އާއިލާއަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭ ވަގުތަކަށް ވެގެންދެއެވެ. ހަމައެއާއިއެކު، އެ ތުއްތު ކުއްޖާ އުފަންވުމުގެ ޚަބަރު ލިބުމުން ފުރަތަމަވެސް އެކަކުއަނެކަކާ ސުވާލު ކޮށްލަނީ އެކުއްޖާގެ ޖިންސާ ބެހޭގޮތުންނެވެ. ލިބުނީ ކޮންކަހަލަ ކުއްޖެއްތޯއެވެ؟ ކޮންމެއަކަސް، ތުއްތު ދަރިފުޅަށް ބަލިވެއިނުމާއި ގުޅިގެން އެ ދަރިފުޅަށް މަރްހަބާ ކިޔުމަށްޓަކައި ދެމަފިރިން ވަރަށް ފުރިހަމައަށް ތައްޔާރުވާންފަށައެވެ. އަދި އެދެމަފިރިން އެންމެ އެދޭ ޖިންސްގެ ދަރިފުޅާއި ގުޅޭ ކުލަތަކުން ތަކެތި ހަމަކުރުމަކީވެސް މިއަދުގެ އާދައެކެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާ މިފަދަ މުހިއްމު ވަގުތުގައިވެސް ދެމަފިރިންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިގެން އަންނަ މިންވަރު ބައެއް މުޖުތަމަޢުތަކުގައި މަދެއް ނޫނެވެ. ފިރިހެން މީހާ ވަކި ޖިންސެއްގެ ކުއްޖަކު ބޭނުންވާއިރު އަނބިމީހާގެ ވިސްނުން މުޅިން ތަފާތުވެދެއެވެ. މައިދައިތައާއި ދަނބިދަރިންގެ ޚިޔާލު ތަފާތުވެދެއެވެ. ކަންމިހެން އޮތްއިރު، މިފަދަ އަރައިރުންތަކުގެ ނަތީޖާ ފެންނަނީ ދަރިފުޅު ވިހެއުމުން ނުވަތަ ދަރިފުޅުގެ ޖިންސް އެނގޭ ހިސާބުންނެވެ.

އެކި ޒަމާނަތަކަށް ބަލާއިރު ދުނިޔޭގެ ތަފާތު މުޖުތަމަޢުތަކުގައި މިފަދަ އަރައިރުންތައް ހިނގަމުން ދެއެވެ. ބޮޑަތި އަރައިރުންތަކާއި ކޯޅުންތަކަށް ބަދަލުވެދެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިކަމާ ގުޅުންހުރި ތަފާތު ކަންކަން މަދުމަދުން ނަމަވެސް ހިނގަމުންދިއުމަކީ ހިތާމަހުރިކަމެކެވެ. މިގޮތުން ދަރި ވައްޓާލުމާއި، ބައެއްފަހަރު ފިރިމީހާ ބޭނުންވާ ޖިންސެއްގެ ކުއްޖަކު ނުލިބުމުން، ދަރިފުޅަށް ދޭންވާ އަޅާލުމާއި ލޯބިން ތުއްތު ދަރިފުޅު މަޙްރޫމުވެގެން ދާފަހަރު އާދެއެވެ. އަދި އާއިލީ ބޮޑު މައްސަލައަކަށް ވެގެންދެއެވެ. މިއާއިއެކު، ދަރިފުޅުގެ ކަންތައްތަކުގައި މައިމީހާގެ ވިސްނުމާއި ފިކުރުތައް ހަލަބޮލި ކޮށްލައެވެ. މީގެއިތުރުން އަންހެނާއަށް ބޮޑަތި ގޮންޖެހުންތަކާއި ދަތި އިޙްސާސްތަކާއި ކުރިމަތިލާންޖެހެއެވެ. އިތުރު މިސާލެއް ދަންނަވާލަންތޯއެވެ. އިންޑިޔާގެ ބައެއް މުޖުތަމަޢުތަކުގައި ކައިވެނިކުރެވޭ ފިރިހެން ކުއްޖާގެ މަންމަ ބޮޑަށް ބޭނުންވަނީ، އޭނާގެ ދަރިފުޅަށް ފިރިހެން ކުދިން ލިބުމަށެވެ. އެއީ ހަމައެކަނި އެމީހުންގެ ދީނީ އަދި ޘަޤާފަތް ބައްޓަންވެފައިވާ ގޮތުން ކުރާ އަސަރެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް، ނަތީޖާއަކީ މައިދައިތައިން ހިތްނޭދޭ ކަހަލަ ކުއްޖަކު އުފަންވެއްޖެނަމަ އެކަމުގައި އަންހެން ދަނބިދަރިފުޅު ކުށްވެރިކުރުމަށް އަވަސްވެގަތުމެވެ. އަންހެން ދަނބިދަރިފުޅު ހިތުގައި ޖައްސާ ފުރައްސާރަ ކުރެވެއެވެ. އެންމެފަހުން، އަންހެން ކުއްޖަކު އުފަންކުރުވުމުގެ ޒިންމާ އަންހެން ދަނބިދަރިފުޅުގެ ބޮލުގައި އަޅުވައެވެ. އެހެންނަމަވެސް ވަކި ޖިންސެއްގެ ކުއްޖަކު ލިބުމަކީ އަންހެން މީހާއާއި ކޮންގުޅުމެއްހުރި ކަމެއްތޯއެވެ؟

ވަރަށް ފަހަކާއި ޖެހެންދެން މީސްތަކުން ގަބޫލުކުރަމުން އައިގޮތުގައި ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ މައިމީހާގެ ޖިންސީ ސެލްއިންނެވެ. ނުވަތަ މަންމަ އާއި ބައްޕަ، މިދެމީހުންގެ ސެލްއިންނެވެ. އެހެންނަމަވެސް، ދަރިފުޅުގެ ޖިންސް ކަނޑައެޅޭ ގޮތާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާގޮތް އިންސާނުން ހީކުރިގޮތާއި މުޅީން ތަފާތެވެ. އެހެނަސް އެއީ އަދުގެ ސައިންސްގެ ހޯދުންތަކާއި ތަފާތެއްނެތް ފުރިހަމަ މަޢުލޫމާތުތަކެކެވެ. އިންސާނާ އުފައްދަވާ ޖިންސް ކަނޑައެޅުއްވި ކުޅަދުންވަންތަ އިލާހުގެ މަތިވެރި ބަސްފުޅެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން ރަޙިމުގެ ތެރެއަށް މަނިފޮދެއް އެޅޭހިނދު އެއިން ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ" (ސޫރަތުއް ނަޖްމު 45-46). އަދިވެސް ސޫރަތުލް ޤިޔާމާގެ 37 ވަނަ އާޔަތުން 39 ވަނަ އާޔަތަށް ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. "އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ". ކީރިތި ޤުރްއާނުގެ މިއާޔަތްތަކުގެ ތެދުކަން އަދުގެ ސައިންސްގެ އަލީގައި ކަށަވަރުވެފައި މިވަނީ 'ޖެނެޓިކްސް' ނުވަތަަ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ ޢިލްމު ވުޖޫދަށްއައިސް ތަރައްގީވި ދުވަހުން ފެށިގެންނެވެ. އެއީ ކީރިތި ޤުރްއާނުގައި ޢިލްމީ މިޙަގީގަތް ބަޔާންކުރެވިފައިވާތާ އެތައް އަހަރެއް ފަހުންނެވެ.

އިންސާނީ ދަރިފަސްކޮޅަށް ވާރުތަވާ ސިފަތަކާއިބެހޭ މަޢުލޫމާތު އެކުލެވޭ އެންމެ އަސާސީ މާއްދާކަމުގައިވާ ޖީންސް ހޯދުމުގެ 13 ޤަރުނުކުރިން ﷲ ތަޢާލާގެ ފޮތުގައި ބަޔާންވެފައި އެވަނީ އަންހެން އަދި ފިރިހެން މި ދެޖިންސްވެސް ކަނޑައެޅިގެންދަނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ ފިރިހެނާގެ މަނިފޮދުން ކަމެވެ. އެމަނިފޮދުގައިވާ ދަރިފަނިންކަމެވެ. އެހެނީ، އަންހެނާގެ ރަހިމުގައި ތުއްތު ކުއްޖަކު އުފެދިގެން އަންނަނީ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިސް ގުޅި ލާމެހުމުންނެވެ. އަދި މިކުއްޖާގެ ޖިންސް ކަނޑައެޅިގެންދަނީ ޖިންސީ މި ދެ ސެލް ގުޅިލާމެހޭ ވަގުތުގައެވެ. ކޮންމެއަކަސް، އަންހެނާގެ ރަހިމުގައި ޣަރުބަގަންނަ މިތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ ފިރިހެނާގެ ދަރިފަންޏެވެ. އެއްވެސް ހާލެއްގައި އަންހެނާގެ ބިހެއްނޫނެވެ. މިއީ އަދުގެ ސައިންސްގެ ހޯދުންތަކުގައިވާ މަޢުލޫމާތެވެ. އެހެނީ، ތުއްތު ދަރިފުޅުގެ ޖިންސް ބިނާވެގެންވަނީ އިންސާނުންގެ ސެލްތަކުގައިވާ ނިއުކުލިއަސްގެ އެތެރޭގައިވާ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގެ މައްޗަށެވެ. މިގޮތުން އަންހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް އެއްގޮތްވާނެއެވެ. އަދި XX ގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ފިރިހެނާގެ 23 ވަނަ ކުރޮމޮޒޯމް ޖޯޑުގައި ހިމެނޭ ދެ ކުރޮމޮޒޯމް ތަފާތުވާނެއެވެ. އަދި XY ގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

އިންސާނާގެ ހަށިގަނޑު އުފެދުމުގައިވާ ކޮންމެ ސެލްއެއްގައި ވަނީ 46 ކުރޮމޮޒޯމްއެވެ. ކުރޮމޮޒޯމްއަކީ ކޮންމެ ސެލްއެއްގެ ނިއުކްލިއަސް ތެރޭގައި ހިމެނޭ އެއްޗެކެވެ. މީގެ މައިގަނޑު މަސައްކަތަކީ ދަރިފަސްކޮޅަށް ވާރުތަވަމުންދާ ދިރޭތަކެތީގެ ސިފަތަކާއިބެހޭ މަޢުލޫމާތުތައް އުފުލުމެވެ. ހަށިގަނޑު އުފެދިފައިވާ ކޮންމެ ސެލްއެއްގައި 46 ކުރޮމޮޒޯމް ވީނަމަވެސް، އިންސާނާގެ ކޮންމެ ޖިންސީ ސެލްއެއްގައިވަނީ 23 ކުރޮމޮޒޯމްއެވެ. އެއީ ކުރިންދެންނެވި 46 ކުރޮމޮޒާމްގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން، ޖިންސީ ސެލްތައް އުފެދިގެން އަންނަ އިރު އެއިން ކޮންމެ ސެލްއެއްގައި ހިމެނޭނީ 23 ވަނަ ޖޯޑުގައިވާ ދެ ކުރޮމޮޒޯމުން އެއް ކުރޮމޮޒޯމްއެވެ. މިގޮތުން، އަންހެން ޖިންސީ ސެލްތައް ބެހިގެންދާނީ އެއްގޮތް ކުރޮމޮޒޯމްތައް އެކުލެވޭ ގޮތުގައެވެ. އެއީ ތަފާތު ކޮންމެ އަންހެން ޖިންސީ ސެލްއެއްގައި X ކުރޮމޮޒޯމެއް އެކުލެވޭ ގޮތުގައެވެ. އެހެންނަމަވެސް، ފިރިހެން ޖިންސީ ސެލް (ދަރިފަނީ)ގެ އެއްބައި ސެލްގައިX ކުރޮމޮޒޯމް އަދި އަނެއްބައި ސެލްގައި Y ކުރޮމޮޒޯމް ހިމެނޭނެއެވެ.

އަދުގެ ޢިލްމީ ދިރާސާތަކަށް ރިޢާޔަތް ކުރާއިރު، އަންހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް އޮހޮރުވާލެވޭ މަނީގައިވާ އެތައް މިލިއަން ޖިންސީ ސެލްތަކުގައިވާ X ކުރޮމޮޒޯމް ހިމެނޭ ފިރިހެނާގެ ޖިންސީ ސެލް (ދަރިފަނި) އާއި އަންހެނާގެ ޖިންސީ ސެލް ގުޅުމުންނެވެ. އަދި ފިރިހެން ކުއްޖަކު އުފެދެނީ އަންހެނާގެ ރަހިމުގެ ތެރެއަށް ދުއްވާލެވޭ ދަރިފަނިތަކުގެ ތެރެއިން Y ކުރޮމޮޒޯމް ހިމެނޭ ސެލްއެއް އަންހެނާގެ ބިހާއި ގުޅުމުންނެވެ. ފިރިހެނާގެ ތަފާތު ދަރިފަނިތަކުގެ ތެރޭގައި މި ދެ ކުރޮމޮޒޯމް އުފުލާ ދަރިފަނިތައް ހިމެނެނީ ފަންސާސް އިންސައްތަ ޙިއްސާވާ ހަމަހަމަގޮތެއްގައި ކަމަށްވާތީ ކޮންމެ ޖިންސެއްގެ ކުއްޖަކު ލިބުމަށް އޮންނަ ފުރުޞަތަކީ ހަމަހަމަ ފުރުޞަތެކެވެ. އެހެނީ ޖިމާޢުވާ ވަގުތު އޮހޮރުވާލާ މަނީގެ ކުޑަ މިންވަރުގައިވާ އެތައް މިލިއަން ދަރިފަނީގެ ތެރެއިން އަންހެނާގެ ބިހުގެ ތެރެއަށް ވަންނަށް މަސައްކަތްކުރާ އެތައް ހާސް ދަރިފަނިތަކުން ބިހުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބެނީ އެންމެ ފަންޏަކަށެވެ. އަދި އެ ދަރިފަންޏަކީ ކޮބައިކަމެއް ކަނޑައެޅިގެން ނޭގޭނެއެވެ. މިހެންކަމުން، X ކުރޮމޮޒޯމް ނުވަތަ Y ކުރޮމޮޒޯމް އުފުލާ ފަންޏަކަށްވެސް މި ފުރުޞަތު ލިބިދާނެއެވެ. މިގޮތުން އުފެދޭ ދަރިފުޅުގެ ޖިންސް ކަނޑައެޅިގެންދެއެވެ.

ޒަމާނީ ޓެކޮނޮލޮޖީއާއި ތަފާތު ޢިލްމުތައް އިންސާނުންނަށް ހޯދެމުން ދިޔަވަރަކަށް ﷲ ތަޢާލާގެ ބަސްފުޅުގެ މަތިވެރިކަމާއި އެބަސްފުޅުގެ ތެދުކަން މިދަނީ ސާބިތުވަމުންނެވެ. މިގޮތުން، ތުއްތު ކުއްޖާގެ ޖިންސް ކަނޑައަޅަނީ އަންހެން މީހާކަމުގައި ކުރަމުންއައި ޙަގީގަތެއްނެތް ދަޢުވާ ދޫކޮށްލުމަށް މިވަނީ މަޖުބޫރުވެފައެވެ. އެހެނީ ތުއްތު ކުއްޖާގެ ޖިންސް ކަނޑައެޅިގެން އަންނަނީ ފިރިހެނާގެ ޖިންސީ ސެލްކަމުގައިވާ ދަރިފަނީގައިވާ މަޢުލޫމާތުތަކުންނެވެ. މިއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެ ދަރިފަނި ހެއްދެވިފަރާތަކީވެސް ނެތުމުގެތެރެއިން އެންމެހާ މަޚްލޫޤުން އުފެއްފެވި ﷲ ތަޢާލާއެވެ.

Saturday, April 18, 2009

އަދުގެ ގޮވާލުން


ދަރިން ފަތިސްނަމާދަށް ގޮވުމަށް ބެލެނިވެރިންނާއި މައިންބަފައިންގެ ފަރާތުން އެދެމުންދާތީ ބައެއް ބެލެނިވެރިން އެކަމާ ހިތްހަމަ ނުޖެހި، ދަރިވަރުންނަށް ނަފްސާނީ ގެއްލުން ދެނީކަމުގައި ބުނެ މާލޭގެ ބައެއް ސްކޫލުތަކުގެ އިސްވެރިންނަށް ގުޅާ އެއްޗެހި ކިޔުމަކީ ސައްތައިން ސައްތަ މި އިސްލާމީ މުޖުތަމަޢުގައި ހިނގާނެ އެންމެ ދަށު ދަރަޖައިގެ އެއް ޢަމަލެކެވެ. މިކަންތައް ހިނގިތާ ހަފްތާއެއް ވީތަނާ، ސްކޫލުތަކުގައި ނަމާދުކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމި ނިންމުމަކީ އުފާވެރި ޚަބަރެކެވެ. ހެޔޮ ފާލެކެވެ. ސްކޫލުގަޑީގައި ދަރިވަރުންނާއި ޓީޗަރުންނަށް ނަމާދުކުރެވޭނެ ގޮތަށް، ނަމާދު ކުރެވޭނެ ތަނަކާއި ވަގުތު ހުސްކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މީގެ ކުރިން މިފަދަ ކަންކަމަށް ސަރުކާރުން ބާރުނާޅާ ދޫކޮށްލުމުގެ ހިތި ނަތީޖާ މިއަދު މިދަނީ ދިވެހި މުޖުތަމަޢުން ފެންނަމުންނެވެ. އެހެންކަމުން، މިކަން އަވަސްކޮށް ޢަމަލީ ފިޔަވަހި ލަސްނުކޮށް ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރަށް ގޮވާލަމެވެ

Monday, April 13, 2009

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން – 3 ވަނަ ބައި


ދެބަސްނުވާ ޙަޤީޤަތަކީ، މިދެންނެވި އިނގިލީގެ ނިޝާނުން ވަކި ވަކި ފަރުދުން ދެނެގަނެވޭކަމެވެ. އެހެންމެ، މިއީ އަދުގެ ދުނިޔޭގައި ފަނޑުވުމެއްނެތި ފިޔަޖަހަމުން އަންނަ މިކަމުގެ ފުރިހަމަ ވަޞީލަތެކެވެ. ޢަމަލީ މައިދާނުގައި އިތުބާރު ހޯދާފައިވާ ނިޒާމެކެވެ. ހަމައެއާއިއެކު، ބޮޑަތި ޖަރީމާތައް ހިންގާމީހުން އެއާއިމެދު ސަހަރޯވެ ރައްކާތެރިވަނީ ސަބަބެއްނެތިއެއްނޫނެވެ. އެހެނީ، ވަގުކަލޭގެ އޭނާގެ އިނގިލީގެ ނިޝާން ތަންތަނަށް ދޫކޮށްފަ ނުދިއުމަށް ކެނޑިނޭޅި މަސައްކަތްކުރެއެވެ. މިދެކެވެނީ އިނގިލީގެ ނިޝާނުގައިވާ ޚާއްޞަ މަޢުލޫމާތުތަކެއްގެ ވާހަކައެވެ. އަދި މިއިން ދޭހަކޮށްދެނީ އިންސާނާދެނެގަތުމުގެ މަޢުލޫމާތު އޭނާގެ އިނގިލިތަކުގެ ކޮޅުގައިވާކަން އިންސާނާ ޤަބޫލުކުރާކަމެވެ. ޤިޔާމަތްދުވަހުން އިންސާނާގެ އިނގިލިތަކުގެ ކޮޅުތައް އެހުރި ފުރިހަމަ ކަމާއިއެކު ދެވަނަފަހަރަށް އުފެއްދެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. މިކަމަށް އިޝާރާތްކޮށް ސޫރަތުލް ޤިޔާމާގެ 3 އަދި 4 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވުމުން، އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވާނެކަން ޤަބޫލުނުކުރާމީހުންގެ ދަޢުވާގެ ބުރަދަނެއްނެތްކަން ސާބިތުވެއެވެ. އިނގިލީގެ ނިޝާނަކީ އާދައިގެ ރޮނގުތަކެއްކަމުގައިދެކި، އޭގެ މުހިއްމުކަމާއިމެދު އިންސާނުން ފިކުރުކުރުމުގެ އެތައް ޤަރުނުތަކެއް ކުރިން ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. ހަމައެހެންމެ، މީލާދީން 19 ވަނަ ޤަރުނުގައި ސައިންސުވެރިން ހޯދި އިނގިލީގެ ނިޝާން ވަކިކޮށް ދެނެގަންނާނެގޮތުގެ ނިޒާމުގެ ސަބަބުން، އިލާހަކު ނުވާކަމާއި އަދި މާއްދީ ވިސްނުމުން ސިކުނޑި ފުރާލެވިފައިވާ މީހުންގެ މިފަދަ ބަހަނާތަކުން ބިނާކުރި އިމާރާތްތައް ވަނީ ކުދި ކުދިވެ ބިމާހަމަވެފައެވެ.

އިނގިލީގެ ނިޝާނުގެ ވާހަކަ ދެކެވޭއިރު، އިނގިލީގެ ނިޝާނަކީ ބަދަލުކުރެވިދާނެ އެއްޗެއްކަން ނުވަތަ އެހެންމީހަކަށް ވަގަށް ނެގިދާނެ އެއްޗެއްކަމާއިމެދު، ގިނަބަޔަކު ސުވާލު އުފައްދައެވެ. މި ސުވާލުތަކަށް ނަޒަރުހިންގާލުމުގެ ކުރިން، އިނގިލީގެ ނިޝާނަކީ ކޮންއެއްޗެއްކަން ދެނެގަތުން މުހިއްމެވެ. މިނިޝާނަކީ، އިނގިލިތަކުގެ ކޮޅުގެ ހަންގަނޑުގައިވާ ވަކި ޚާއްޞަ އެތުރުންތަކެއްގެ މައްޗަށް ރޮނގުތަކެއްގެ ގޮތުގައި އުފުލިފައިވާ ބައިތަކުން ގެނެސްދޭ އެއްޗެކެވެ. ހަށިގަނޑުގެ ވަށައިގެންލެވިފައިވާ ހަންގަނޑުގެ މައިގަނޑު ދެ ފަށަލައިގެތެރެއިން އެންމެމަތީ ފަށަލަވަނީ ތަފާތު އެހެނިހެން ފަށަލަތަކަކަށް ބެހިފައެވެ. މިގޮތުން އެންމެ ބޭރަށް މިވާ ފަށަލަ އުފެދިފައިވަނީ ދިރުން ނުވާ ސެލްތަކެއްގެ މައްޗަށެވެ. މިސެލްތަކަކީ ހަށިގަނޑާއި ވަކިވަމުންގޮސްގޮސް ހުންނަ ސެލްތަކެކެވެ. އެހެންކަމުން، މީގެ ދަށުގައިވާ ފަށަލަތަކުން އެންމެ ބޭރު ފަށަލަ އަބަދުވެސް އައު ކުރަމުން ގެންދާނެއެވެ. މިގޮތުން، އިންސާނާ އިނގިލިތަކުގެ ކޮޅުގައިވާ ޚާއްޞަ ނިޝާން ދޫކޮށްލަނީ މިދެންނެވުނު ސެލްތަކުގެ އެހީގައެވެ. މިއީ، އިނގިލިތަކުގެ ކޮޅުގައިވާ ހަންގަނޑުން ފާޅުވާންހުންނަ ނިޝާނެކެވެ. ނުނިމޭ

Sunday, April 12, 2009

އަދުގެ ގޮވާލުން

ދުނިޔޭގެ އިޤްތިޞާދު ދަށަށްގޮސްފައިވާ ދަނޑިވަޅެއްގައި މަދު ސިޔާސީ ޙަރަކާތްތެރިންތަކަކަށް ބޮޑު މުސާރަ ދެމުން، ސިޔާސީ މަޤާމުތައް އުފައްދަމުންދާ ދަނޑިވަޅެއްގައި، ދިވެހި ގިނަ ރައްޔިތުންތަކެއްގެ ވަޒީފާ އަތުލުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި އެއީ ވަރަށް ބޭއިންސާފު ޢަމަލެކެވެ. މިކަންކަން އެންމެ ރަނގަޅު ގޮތަކަށް ވިސްނުންތެރިކަމާއިއެކު ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިޔުމަކީ މިޤައުމަށާއި އެންމެހާ ދިވެހިންނަށް ލާބަޔާއި މަންފާ ހުރި ގޮތެވެ.

Thursday, April 9, 2009

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން - ދެވަނަ ބައި


ﷲ ތަޢާލާގެ މޫރިތި އާޔަތްތައް ކިޔަވާ އެޔާއިމެދު ފުންކޮށް ވިސްނުން މުހިއްމެވެ. އެހެނީ، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައިވަނީ މިކަމަށް އިޝާރާތްކުރައްވާ އަންގަވާފައެވެ. އިސްލާމްދީން ޤަބޫލުނުކުރާ މީހުނާއި އަލުން ދިރުއްވުން ޤަބޫލުނުކުރާ މީހުނަށް ޖަވާބުދެއްވުމުގެ ގޮތުން ޔާސީން ސޫރަތުގެ 78 އަދި 79 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅާއިމެދު އެއިންސާނާ މިސާލު ޖެއްސެވެ. އަދި އެއިންސާނާ ހެދުނުގޮތް ހަނދުމަ ނައްތާލިއެވެ. އަދި ބުންޏެވެ. ކަށިތައް ފީވެ ހަލާކުވެފައިވަނިކޮށް އެކަށިތައް އަލުންދިރުއްވާނީ ކާކުހޭ؟ ކަލޭގެފާނު ވިދާޅުވާށެވެ. އެކަށިތައް އަލުންދިރުއްވާނީ، ފުރަތަމަ ފަހަރުވެސް އެކަށިތައް އުފައްދަވައި ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއީ، ހެއްދެވިހާ ޚަލްޤުތަކުން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މަރުވެފައިވާ މައްޔިތާގެ ޖަނާޒާގައި އޭނާގެ ހަށިގަނޑު ވަޅުލުމުގެ ބަދަލުގައި އަންދާލުމަކީ މިއަދުވެސް ބާޠިލު ބައެއް ދީންތަކުގެ މީހުން ޢަމަލުކުރަމުންދާ ގޮތެވެ. ރާއްޖޭގެ އަވަށްޓެރި އިންޑިޔާއިން މިމަންޒަރު ދުށް އެތައް ދިވެހި އަޚުންނާއި އުޚުތުން ތިބޭނެއެވެ. މިއަދުވެސް ފެންނަމުންދާނެއެވެ. އަންދާލެވިފައިވާ ހަށިގަނޑުގެ އަޅިތައް އެއްނުކުރެވޭނެކަމުގެ ބާޠިލު ދަޢުވާގެ މަތީގައި ތިބެ ހިންގާ ޢަމަލެވެ. އެއްކައުވަންތަ ﷲ ތަޢާލާއަށް އީމާންނުވާ މީހުންގެ ދަޢުވާއަކީ އިންސާނާ އަލުން ދިރުއްވާނެ ކަމާއިމެދު އިންކާރުކުރުމެވެ. އަދި އެމީހުންގެ ޖަދަލުކުރުން ބިނާވެފައިވަނީ ދުނިޔޭގައި އިންސާނާ މަރުވެގޮސް ކަށިތައް ވަކިވެ އެތަންމިތަނަށް ދިއުމަށްފަހު ކަށިތައް އެއްކުރެއްވުމާއި، ޤިޔާމަތްދުވަހުން ކޮންމެ މީހަކު ވަކިކޮށް ދެނެގަންނާނެ ގޮތަކާއިމެދުގައެވެ. އެމީހުންގެ ދަޢުވާއަކީ މިކަން މިގޮތަށް ނުވާނޭކަމުގައެވެ. ކޮންފަދަ ބާޠިލު ދަޢުވާއެއްތޯއެވެ.

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ މިމީހުންގެ ދަޢުވާއަށް ވަރަށް ފުރިހަމައަށް ރައްދު ދެއްވާފައެވެ. ﷲ ތަޢާލާއީ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ކުޅަދުންވަންތައީ ހަމައެކަނި ވަކިވެ، ދުރު ރާސްތާތަކުގައިވާ ކަށިތައް ޖަމަޢުކޮށް ފުރިހަމަ ގޮތުގައި އަތުރާލަން އެކަންޏެއްނޫނެވެ. އަހަރެމެންގެ އިނގިލިތަކުގެ ކޮޅުތައް އެހުރި ފުރިހަމަ ކަމާއިއެކު ދެވަނަފަހަރަށް އުފެއްދެވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ.

ސޫރަތުލް ޤިޔާމާގެ 3 އަދި 4 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭނާގެ ކަށިތައް ތިމަން ﷲ އެއްނުކުރައްވާނޭކަމަށް އިންސާނާ ހީކުރަނީހޭ؟ އަދި ކިއެއްހެއްޔެވެ. އެއިންސާނާގެ އިނގިލިތައް އިހުހުރި ފަދައިން އެއްކުރެއްވުމަށްވެސް ތިމަން ﷲ ކުޅަދުންވަންތައެވެ."

މިތާނގައި، އިނގިލިތަކަށް ބާރުއަޅުއްވާފައިވުމުން ވަރަށް ޚާއްޝަ މާނައެއް ދޭހަކޮށްދެއެވެ. އެހެނީ، ކޮންމެ މީހެއްގެ އިނގިލީގެ ނިޝާނަކީ އެމީހަކަށް ޚާއްޞަ އެއްޗެކެވެ. ދެމީހެއްގެ އެއްގޮތްނުވާނޭ އެއްޗެކެވެ. މިއަދު ދުނިޔޭގައި ތިބިހާ ބަޔަކާއި އެންމެހާ ޒަމާންތަކުގައި މަރުވެ ގޮސްފައިވާ މީސްތަކުންގެ އިނގިލީގެ ނިޝާނަކީ މުޅިން ތަފާތު އެއްޗެކެވެ. މިއީ ކޮންމެ އިންސާނެއްގެ ތަފާތު އަންގައިދޭ ނިޝާނެކެވެ. މީގެ 1400 އެތައް އަހަރެއް ކުރިން މިކަންވަނީ ކީރިތި ޤުރުއާނުގައި ބަޔާންވެގެންނެވެ.

އެއްމާބަނޑު ދެކުއްޖެއްގެ (Identical twins) އިނގިލީގެ ނިޝާންވެސް ތަފާތެވެ. އެއްގޮތެއް ނުމެ ވާނެއެވެ. މިހެންކަމުން، އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގައިވާ ވާރުތަވުމުގެ މާއްދާ ކަމުގައިވާ 'ޑީ އެން އޭ' (DNA) އަށްވުރެ ޚާއްޞަކަމެއް އިނގިލީގެ ނިޝާނުގައިވެއެވެ. އެހެނީ ވީހާވެސް ގިނަ ޢަދަދެއްގެ އެއްވައްތަރު 'ޑީ އެން އޭ'، އެއްގޮތް އެއްމާބަނޑު ދެކުއްޖަކު ޙިއްޞާކުރެއެވެ. ދެމީހެއްގެ އިނގިލީގެ ނިޝާން އެއްގޮތް ނުވާނެކަން އަދުގެ ސައިންސް މިވަނީ ހެކިދީފައެވެ. އެއްމާބަނޑު ދެކުއްޖަކު ކަމުގައިވިއަސްވެއެވެ. މިއީ ކީރިތި ޤުރްއާނުގެ މުޢުޖިޒާތެވެ.

އިނގިލީގެ ނިޝާނަކީ އިނގިލިތަކުގެ ކުރީކޮޅުގެ ހަންގަނޑުގައިވާ ރޮނގުތަކެކެވެ. ނަމަވެސް، އަދުގެ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުން އަންނަ ވަޞީލަތެކެވެ. ޚާއްޞަގޮތެއްގައި ކާކުކަން ދެނެގަތުމުގެ ބޭނުމުގައެވެ. މިގޮތުން، ބޮޑަތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި އިނގިލީގެ ނިޝާން ބޭނުންކުރަން ފެށިއެވެ. ނަމަވެސް އެއީ މީލާދީން 19 ނަވަ ޤަރުނުގެ ތެރޭގައި އިނގިލީގެ ނިޝާނުގެ ޚާއްޞިއްޔަތު ސައިންސްވެރިންނަށް ހޯދުނު ހިސާބުން ފެށިގެންނެވެ. ސަރ ފުރޭންސިސް ގޭލްޓަންގެ ދިރާސާއަށް ފަހުއެވެ. 1892 ވަނަ އަހަރު ގޭލްޓަން ވަނީ 'އިނގިލީގެ ނިޝާން'، މިނަމުގައި ފޮތެއް ޝާއިޢުކޮށްފައެވެ. މިފޮތުގައިވަނީ، އިނގިލީގެ ނިޝާން ވަކިކޮށް ދެނެގަންނާނެގޮތުގެ ނިޒާމެވެ. ފުލުހުންގެ ތަޙުޤީޤުތަކުގައި މި ނިޒާމު ބޭނުންކުރެވެމުން ދެއެވެ. ކުށްވެރިން ދެނެގަތުމުގައި ބޭނުންކުރެވެއެވެ. ވަކިވަކި މީހުން ދެނެގަނެ ހޯދުމުގެ ޚާއްޞަ ވަޞީލަތެއްގެގޮތުގައެވެ.

ދުނިޔޭގެ ޤައުމުތަކުގައި މި ނިޒާމު ބޭނުން ކުރަން ފެށުނީ މީލާދީން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައާއި 20 ވަނަ ޤަރުނުގެ ތެރޭގައެވެ. އެހެން ނަމަވެސް، ކިރިތި ޤުރުއާނުގައި މީގެ 1400 އެތައް އަހަރެއް ކުރިން އިނގިލިތަކުގެ ކޮޅުގެ ޚާއްޞިއްޔަތުވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި، ވަކިވަކި ފަރުދުން ދެނެގަތުމުގެ ޚާއްޞަކަމާއި ފުރިހަމަކަން އެކުލެވިފައިވާ އެއްޗެއްގެ ގޮތުގައި، އިނގިލީގެ ނިޝާން ދުނިޔޭގެ ކަންކޮޅުތަކުގައި މިދަނީ ބޭނުންކުރެވެމުންނެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ޤަބޫލުކުރާ އެއްޗަކަށްވަނީ ވެފައެވެ. ސައިންސް ހެކިދީފައެވެ. ނުނިމޭ

Monday, April 6, 2009

އަޅުގަނޑުގެ ކެމްޕެއިން ޕޯސްޓަރު ނެރެފިން


އަޅުގަނޑުގެ ކެމްޕެއިން ޕޯސްޓަރުތައް ވަނީ ރަސްމީކޮށް މިމަހުގެ 5 ވީ އާދިއްތަ ދުވަހު ނެރެފައެވެ. އަދި މި ޕޯސްޓަރުތައް މިހާރުވަނީ މޯލްޑިވްސް ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަންގެ ހަތް ފެކްޓީއެއްގެ ތަފާތު ނޯޓިސް ބޯޑުތަކުގައި ބެހެއްޓިފައެވެ. މި ކެމްޕެއިނުގެ މަސައްކަތްތައް މިހާރުދަނީ ކުރިއަށެވެ.

މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވުމާއިމެދު އަދުގެ ސައިންސް ހެކިވުން - ފުރަތަމަ ބައި


ދިރޭ ތަކެތީގެ ނަސްލު އާލާވެ ޒަމާންތަކަށް ދެމިގެން އަންނަ އައުމާއި، ދުނިޔެމަތީގައިވާ ދިރުންހުރި ކޮންމެ އެއްޗެއް ނެތި ފަނާވެދާ ދިއުމަކީ އިލާހީ ޤާނޫނެވެ. ކައުނީ ޤާނޫނެވެ. މިއީ އިންސާނާގެ ކުރިމަތީގައި އަބަދުމެ ތަކުރާރުވާ ޙަޤީޤަތެކެވެ. ގަސްގަހާގެހި މަރުވެދެއެވެ. ދޫނި ސޫފާ ސޫތްޕާއި ތަފާތު ގަނަވާރުތައްވެސް މަރުވެދެއެވެ. ހަމަ މިބީދައިން އިންސާނާއަށް، މަރުގެ ރަހައިން ސަލާމަތްވެވޭނޭ އެއްވެސް މަގެއް ނުވެއެވެ. ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންނާއި މައިންބަފައިންނާއި އަދި ދަރިން، މަރާ ބައްދަލުކުރަނީ ތިބާގެ ކުރިމަތީގައެވެ. މަރާއި މެދު ޝައްކުކުރާނެ ޖާގަ މިވަނީ ގެއްލިފައެވެ. ނަމަވެސް، މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވާނެ ކަމާއިމެދު އެތައްބަޔަކު ޝައްކުކުރުމަކީ ހިތާމަ ހުރިކަމެކެވެ. އީމާންކަމުގެ ފޭރާން ބޭލިފައިވާ ކަމުގެ އަސަރުތަކެވެ.

އިންސާނާގެ ހެޔޮބުއްދި އެއްފަރާތްކުރާ މީހުން މަދެއްނޫނެވެ. މާއްދީ އުފާތަކަށްޓަކައެވެ. ދުނިޔޭގެ ލައްޒަތާއި ޖާހަށްޓަކައެވެ. މިގޮތުން އާޚިރަތްދީފައި ދުނިޔެ ގަންނަނީ ކިތައްމީހުންތޯއެވެ. މަދަރުސާ ފެންވަރުގައާއި ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ އިމްތިހާނުތަކަށްޓަކައި ދުރާލާ ތައްޔާރުވެއެވެ. މިކަމަށްޓަކައި ރޭގަނޑުގެ ނިދި ނަގާލައެވެ. ކުޅިވަރުތަކާއި ތަފާތު ހަފްލާތައް އެއްފަރާތްކުރެއެވެ. އަދި އިމްތިހާނެއްގައި ބައިވެރިވުމަށްފަހު އޭގެ ނަތީޖާ ލިބޭނެ ދުވަހަކަށް އޭނާ އަބަދުވެސް އިންތިޒާރު ކުރެއެވެ. ނަތީޖާ ކަރުދާސް ހޯދުމަށްޓަކައި ކިތަންމެ ދިގު ސަފެއްގައި މަޑުކޮށްގެން ހުރުމަށްވެސް އޭނާގެ ޟަމީރު ފަސް ނުޖެހެއެވެ. އެހެންނަމަވެސް، އާޚިރަތް ދުވަހު، އަލުން ދިރުއްވާނެކަމާއި ދުނިޔޭގައި ކުޅަ ޢަމަލުތަކުގެ ހިސާބުބެއްލެވޭނެކަމުގައި އޭނާ އިންކާރުކުރަނީ ފަހެ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި ހޭދަކުރާ ވަގުތަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމުގައި ޤަބޫލުނުކުރެވެނީ ހެއްޔެވެ؟ އިންސާނާ އުފައްދަވާފައިވަނީ ބޭނުމެއްނެތް ބޭކާރު ގޮތެއްގައެއް ނޫނެވެ.

ދުނިޔޭގެ ޙަޔާތަކީ ބޮޑުވެގެންވާ އިމްތިހާނެކެވެ. އޭގެ ދިގުމިން ތިބާއަށް ނޭގޭ އިމްތިހާނެކެވެ. ޙަޤީޤަތަކީ މިއީއެވެ. މަރު ތިބާއާއި ބައްދަލުކުރާނީ ކޮންވަގުތަކު ކަމެއް ނޭގެއެވެ. އިޙްސާސްވެސް ނުކުރެވެއެވެ. އެހެންކަމުން، މިއިމްތިހާނު ކާމިޔާބުކުރަން އެދޭމީހާ އަބަދުވެސްހުންނާނީ މަރަށްތައްޔާރުވެގެންނެވެ. މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވޭނޭކަން ޤަބޫލުކުރަންޖެހެއެވެ. އެހެނީ، އާޚިރަތްދުވަސް ފެށެނީ އިންސާނާ އަލުން ދިރުއްވުމުންނެވެ. އަލުން ދިރުއްވުމަކީ އިންސާނާގެ ހަށިގަނޑާއި ފުރާނަޔާއިއެކު އެންމެ ފުރަތަމަ ފަހަރު އުފައްދަވާފައިވާ ގޮތަށް އަލުން އުފެއްދެވުމެވެ.

އިންސާނާ މަރުވުމަށްފަހު، މަސްތަކާއި ކަށިތައް ވީރާނަވެ ދިއުމަށްފަހު އަލުން ދިރުއްވާނެކަމާއިމެދު އިންސާނާ ޝައްކު ކުރެއެވެ. އަދި ވީރާނާވެފައިވާ ކަށިތަކާއި، ވަކި ވަކި އިންސާނުން ދެނެގަންނާނެ ގޮތާއިމެދު ސުވާލު ފެންމަތިކުރެއެވެ. ތިބާ ތިޔަވަނީ ޣާފިލުކަމުގެ ނިދީގެ ދާންމަތީގައެވެ. މަރާއި ބައްދަލުވުމުގެ ކުރިން އަވަހަށް ނިދިން ހޭލާށެވެ. ތިބާ އާއި އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދުމަކުރާ ޙާލު ފިކުރުކޮށްލަބަލާށެވެ.

ޤިޔާމަތްދުވަހުން އިންސާނާ އަލުން ދިރުއްވާނޭކަމާއިމެދު ތިބާ ޝައްކުކުރާއިރު، ތިބާގެ އިނގިލީގެ ނިޝާނާމެދު ޝައްކުނުކުރަނީ ފަހެ ކީއްވެހެއްޔެވެ؟ ރަސްމީ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ ލިޔުންތަކުގައި ތިބާގެ ސޮއި ކުރުމަށް މިއަދު ތިބާ ފަސްޖެހެއެވެ. އެހެނީ، އެހެންމީހަކަށް ފަސޭހަކަމާއި އެކު އެ ސޮއި ކޮށްލެވިދާނެތީއެވެ. އެހެންނަމަވެސް، ތިބާގެ އިނގިލީގެ ނިޝާނަށް ތިބާ އިތުބާރުކުރެއެވެ. އިނގިލީގެ ނިޝާން ބޭނުންކުރުމަށް ފަހެއް ނުޖެހެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގައި ލެއްވި ދެމީހެއްގެ އިނގިލީގެ ނިޝާން އެއްގޮތް ނުވާނެކަމުގައި މިއަދުގެ ސައިންސް ކަށަވަރުކޮށްދީފައިވާތީއެވެ. އަދި އޭނާ އެކަން ޤަބޫލުކުރާތީއެވެ. ކީރިތި ޤުރުއާނުގައި އިނގިލީގެ ނިޝާނުގެ ޚާއްޞިއްޔަތު ވަރަށް ފުރިހަމައަށް ވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން އިނގިލީގެ ނިޝާން ތަފާތުވާނޭގޮތުގައި، އިންސާނާ އުފެއްދެވި ކީރިތިވަންތަ ﷲ ތަޢާލާއަށް އިންސާނާ އަލުން ދިރުއްވުމަކީ އުނދަގޫ ކަމެއްކަމުގައި ހީކުރަނީ ހެއްޔެވެ؟

އީމާންކަމުގެ އެއްރުކުނަށް ފުރަގަސްދެނީ ހާދަހާވާ މޮޔަ ވިސްނުމެއްގައެވެ. މިފަދަ ވިސްނުމަކީ އިއްޔެއަކު މިއަދަކު ތަރައްޤީވި ވިސްނުމެއް ނޫނެވެ. މީގެ އެތައް ޒަމާންތަކެއް ކުރިންވެސް އެއްބަޔަކު މިފަދަ ޖާހިލު ދަޢުވާތައް ކުރެއެވެ. އާދޭހެވެ. ޤިޔާމަތް ދުވަހުން އިންސާނާ އަލުން ދިރުއްވާނެކަމަށް އިންކާރު ކުރުމެވެ. މިފަދަ މީހުން ތިބޭނީ ދުނިޔޭގެ ދަޅަ ތަކަށް ހެއްލި، ދުނިޔޭގެ އެދުމުގައި ވަކި ހިއްޕާލައިގެންނެވެ. ދުނިޔަވީ މަންފާއާއި ދިރިއުޅުމުގެ ވާތަކުން ބަނދެވިގެންނެވެ. ޢާޚިރަތުގެ މަތިން ހަނދާންނައްތާލާ، ޣާފިލުކަމުގެ ނިދީގައި ނިދާފައެވެ. މިފަދަ މީސްތަކުން ލަދުކުޑަ ގޮތެއްގައި ބުނާ ވާހަކަ ނަޙްލު ސޫރަތުގެ 38 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. އެއާޔަތުގެ މާނައިގައިވަނީ "އެބައިމީހުންނަށް ކުރެވޭން އޮތް އެންމެ މަތީ ދަރަޖައިގެ ހުވާތަކުން ހުވާކޮށް ބުނާނެތެވެ. މަރުވާމީހަކު އެހެންދިރުމަކުން މާތް ﷲ ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. އެއީ މާތް ﷲ ގެ މައްޗަށް ކަށަވަރުވެ ޙައްޤުވެގެންވާ ގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ. އެހެނެއްކަމަކު ގިނަމީސްތަކުން އެކަންވެސް ނުދަނެތެވެ."

ނިކަން ވިސްނަވާށެވެ. މަރުވެ އިންސާނާގެ މަސްތަކާއި ކަށިތައް ވީރާނާވެ ވެއްޔާ އެކުވުމުން، ދެން އެއިންސާނާ އަލުން ދިރުއްވުމަކީ ނުވާނެ ކަމެއްކަމުގައި ބުނާ މީހުންގެ ލޯތައް އެވަނީ ކަނުވެފައިބާއެވެ. އެހެނީ، ހަށިގަނޑުގައި އުފައްދާ މަނީގެ ޖިންސީ ސެލްއަކުން އިންސާނާ އުފައްދަވައި ނެރުއްވަނީ އޭނާގެ ކުރިމަތީގައެވެ. އަދި ނެތުމުގެ ތެރެއިން އިންސާނާ ދުނިޔޭގެ ވުޖޫދަށް ގެންނެވި، ހުރިހާ ބާރެއް ލިބިވޮޑިގެންވާ ކުޅަދުންވަންތަ ﷲ ތަޢާލާއަށް އިންސާނާ އަލުން ދިރުއްވުމަކީ ކުޅަދާނަވެގެން ނުވާކަމެއްކަމުގައި ހީކުރުމަކީ ކުށް ހީއެކެވެ. މޮޔަ ވިސްނުމެކެވެ. ﷲ ތަޢާލާގެ ބަސްފުޅުތަކަށް އީމާންނުވާކަމުގެ އަލިގަދަ ހެއްކެކެވެ.

Saturday, April 4, 2009

Role of Parents in Preventing Drug use and School Dropout (Part II)


PROCEDURE AND RELAVENT RESEARCES DONE BY OTHERS

The purpose of this “Action Research Plan” is to study a problem relevant with sociology of education, and to find a most suitable strategy to deal with it. Hence, the assignment (Action Research Plan) is mainly focused on prevention of Drug use among school children from primary education to Higher Secondary Education, and school dropout in these Grade Levels. Moreover, parents play a major role in preventing risk factors in most socio-educated related issues; it’s highly emphasized on parents’ role. For this Action Research Plan, several survey reports were read through, interviews were made to respective bodies, and survey questionnaire were distributed to different areas of the Maldives. Different focused groups were selected in the survey.

Since, all the nations and societies at different continents in the world are globalised, several research pieces related to the topic is chosen from different ends of the world, and from the Maldives itself. The relationship between dropping out of high school and substance use was explored using the 1984 National Longitudinal Survey of Young Adults (Barbara & Denise, 1988). Cross-sectional data of the survey indicated that high school dropouts were more involved with cigarettes and illicit drugs than were graduates, and event history analysis indicated that prior use of cigarettes, marijuana, and other illicit drugs increases the propensity to drop out and that the earlier the initiation into drugs, the greater the probability of premature school leaving (Barbara & Denise, 1988).

Over the past 10 years in the United States, approximately 5 out of every 100 students dropped out of high school prior to completion (National Center for Education Statistics, 1998). Young people who drop out of school prior to high school graduation are at high risk for many negative social and economic consequences, and some of studies have looked at the relationship between dropping out of school and problem behavior studies have reported higher rates of substance use among dropouts than among adolescents who remain in school (Tobacco Use among College Students, School Dropouts, and Pregnant Women, 2007).

Victorian School Students Survey prevalence of drug use and the characteristics of individuals who use drugs in Victoria and Australia-wide
Selected statistics collated in the Victorian Secondary School Students and Drug Use Survey on 2002 indicated that year 7 to 12 uses cannabis, and it was the most commonly used illicit substance among secondary school students, thus 3% of year 7 students use cannabis weekly, compared with 11% of year 12 students. It also showed that at least 20% of secondary school students in years 7 to 10 had deliberately sniffed inhalants at least once in their life, and 13% of year 7 students compared with 2% of year 12 students had used inhalants in the month before the survey. Also indicates that students who lived with both of their parents were less likely to use substances than those who lived in other family structures. (Drug use in Victoria, 2006).

In an analysis of three national surveys of substance use among youths ages 12 to 21 who had run away or been homeless at some point in their lives, done by Dr. Christopher Ringwalt, Jody Greene, and their colleagues at Research Triangle Institute in Research Triangle Park, North Carolina found that, for almost every drug surveyed, youths living on the streets had markedly higher rates of drug abuse than either youths in shelters or a comparison group of youths living at home. It also found that 71 percent of homeless youths in Los Angeles had an alcohol or drug abuse disorder or both at the time of the survey. Dr. Kipke said that their data showed abuse of alcohol and drugs was a pervasive and debilitating problem among street kids. Dr. Ringwalt also said that the finding added to the scientific evidence that family substance abuse had a profound adverse effect on children.

In the Spring of 1998, the Texas Commission on Alcohol and Drug Abuse, in conjunction with the Public Policy Research Institute (PPRI) at Texas A&M University, conducted the sixth statewide school survey of drug and alcohol use among in-school youths, which found that Fifty-eight percent of Texas secondary students used either tobacco, alcohol, inhalants, steroids, and/or illicit drugs during the past school year, including the past month; 76 percent reported using some type of substances in their lifetime, and about 36 percent of secondary students reported using an illicit drug at some point in their lives, and 72 percent had ever used alcohol (Figure 1). Alcohol continued to be the most widely used substance by young people in Texas; rates of current use have been stable since 1992 (Figure 2).






Figure (source): http://www .eric.ed.gov/ERICWebPortal/recordDetail?accno=ED429256 - 25k

A glance at surveys done in Maldives showed the same trends as they are in other ends of the worlds. The EFA 2000 Assessment: Country Report of Maldives for World Education Forum showed that school dropout rate between Grade 1- 5 (primary grades) in 1996 was 18% per years input per graduate. An educator who works in Education Ministry said that the number of school dropout in secondary and middle school was much higher through out the last 5 years from 2002 to 2007.

Age of first drug use was fairly similar among the different sites of Maldives. In Male’, more than half the respondents had started drug use by 16 years of age. In the north and south, half of the drug users had initiated drug use by the age of 17 years (Rapid Situation Assessment of Drug Abuse in Maldives, 2003).
Age of first drug use in Maldives







The Maldives is a unique state comprised of 1,200 islands with a population of a quarter of a million scattered over two hundred inhabited islands. The traditional system of education in Maldives that has evolved for centuries composed of three types of institution: Kiyavaage, Makthab, and Madharsaa. Madharsaa usually expanded the curriculum to include more subjects such as literacy skills. This system deserves credit for the high (93% in 1986) literacy rate of The Maldives, hence today; the Maldives has a functional literacy rate of over 98%, which is the highest in South Asia and on par with the best in the world. Most of the Makthabs teach the young to read and write Dhivehi and Arabic as well as simple arithmetic. Continuous research in upgrading the curriculum goes on. A new national curriculum for primary and middle schools was designed and introduced in 1984.

Current enrolment at the primary level shows a declining trend for boys and girls, which may reflect declining birth rates. At upper secondary school (grades 11 and 12), a high level of discrepancy exists in male/female school enrolment (36 per cent females to 64 per cent males) (Country Population Assessment 2001). Another cause for concern is the number of students who drop out during or after the secondary level, especially after 15 years of age. The completion rate for secondary education (both sexes) was 33 per 1,000 in 1995. The dropout rate, contrary to the usual patterns in many developing countries, is slightly higher among males (Multiple Indicator Cluster Survey 2001).

Age of recent drug users in Maldives in 2003 is given in the (figure 3). According to Narcotics Control Board, age of recent drug users had fallen below 7 years in Maldives during last 5 years till the end of 2007. This seems a great impact on students schooling and their academic performances and results. Finally leads to school dropout through out Maldives.








According to Rapid Situation Assessment of Drug Abuse in Maldives 2003, 91 per cent of drug users had not achieved the desired level of education. Reasons cited for this included drug use (27 per cent), financial difficulties (21 per cent), - disciplinary problems in school, or lack of interest in studies (21 per cent). Over half (52 per cent) reported repeated difficulties while they were in school. Among this group, problems were mainly related to discipline (43 per cent) and attendance (19 per cent).








A school head of Male’ said that 90% of the school dropouts in last few years appeared to be drug addicts.

This is amazing and showing that a country with peaceful and religious history has been faded away by globalization, and thus showing that these problems are here in all societies in the world; which affects education system a lot.

ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހަކަށް ... 3 ވަނަ ބައި



ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އުފަންކުރެވޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ރައްޔިތުން އެދޭ ރައްޔިތުންގެ މަންދޫބުންތަކެއް އިންތިހާބު ކޮށްގެންނެވެ. މިގޮތުން ބަލާއިރު، ޑިމޮކްރަސީއެއްގައި މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ޚިޔާލާ، ފިކުރާ، ވިސްނުމާ، ބޭނުމާ ގުޅިލާމެހިފައިވާ އެއްޗަކަށް ވާއިރު، މައުނަވީ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ރައްޔިތުންގެ މަންދޫބުންގެ ދައުރު ފުޅާކުރަން ޖެހެއެވެ. އެމީހުންނަކީ ޢަބުރުވެރި، ތެދުވެރި، އަމާނާތްތެރި، އިޚްލާޞްތެރި ބަޔަކަށް ވާންޖެހެއެވެ. ރައްޔިތުންގެ އިޙްސާސްތައް ރަނގަޅަށް ދަންނަ ބަޔަކަށް ވާންޖެހެއެވެ. ރައްޔިތުންނާއި ގުޅުން ބަދަހި ، ތަފާތު ނުފޫޒުތަކުން އެއްކިބާ ވެފައިވާ ސީދާ ރައްޔިތުންގެ މަންދޫބުންނަށް ވާންޖެހެއެވެ. މަޖިލީސް ނޯންނަ ދުވަސްވަރު ކޮންމެ މަންދޫބަކުވެސް އިންތިހާބުވީ ދާއިރާގައި ގިނަ ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ. މިއީ ޑިމޮކްރަސީގެ މަގެވެ. ރައްޔިތުން އެދޭ ގޮތެވެ.

ރައްޔިތުންގެ މަންދޫބުންގެ މަސައްކަތަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު ކުރަންޖެހޭ ޤައުމީ މަސައްކަތެކެވެ. އިސްލާމްދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، މިމަސައްކަތުގެ ތެރޭގައި ޤާނޫނެއްގެ އެފަދަ މާއްދާއެއް ފާސްކުރަން ވޯޓު ދިނުމަކީ އެއްވެސް މެމްބަރަކު ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއްވެސް ނޫނެވެ. "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަލުކުރަންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ." މިއީ ރައްޔިތުންގެ މަންދޫބުންގެ މަސައްކަތުގައި ރިޢާޔަތްކުރަންވީ ކަންކަން ކަމުގައި ޤާނޫނު އަސާސީގައި ބުނެފައިވާ ކަންކަމެވެ.

އެހެންކަމުން، މިފަހަރު ދިވެހި ރައްޔިތުން އެދެނީ، މިދެންނެވި ކަންކަމަށް ރިޢާޔަތްކުރެވޭނެ، ޤާބިލު، ރައްޔިތުންނަށް އިޚްލާޞްތެރި، ތެދުވެރި، ރައްޔިތުންގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރި ވެފައިނެތް، އަދި ޚިޔާނާތްތެރިން މިގައުމުގެ ވެރިކަމަށް އައުމަށްނޭދޭ، އަމިއްލަ އެދުމުން އެއްކިބާވެތިބި، ޤައުމާ ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރާނެ، މަންދޫބުންތަކެއް އެކުލެވޭ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހި ގިނަ ރައްޔިތުން ވޯޓުދިނީ ވަޠަން އެދޭގޮތަށެވެ. ބަދަލަކަށެވެ. ހަމައެއާއިއެކު، ދިވެހިރައްޔިތުންގެ މިފަހަރުގެ ވޯޓު ރައްޔިތުން އެދޭ ގޮތަށް ދިނުން މުހިއްމެވެ. ޕާޓީގެ ކެނޑިޑޭޓެއް ކަމުގައިވިއަސް، ނުވަތަ އަމިއްލަ ކެނޑީޑޭޓެއްކަމުގައިވިއަސް، ބަލަންޖެހޭނީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުން ތަމްސީލުކޮށްދެވޭނެ އަދި މިކަމަށް އެންމެ ޤާބިލު މީހަކީ ކޮބައިތޯއެވެ. އެހެނީ، ރައްޔިތުންގެ މަޖިލީހަކީ ވަކި ޕާޓީއެއްގެ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ. އަދި އެއިރުން މަޖިލީހުގެ ތަޅުމުގައި ރައްޔިތުން އެންމެ ފުރިހަމަ ގޮތުގައި ތަމްޞީލުވަމުން ދާނެކަމާއިމެދު ޝައްކެވެ. މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް މިފަހަރު ރައްޔިތުންއެދެނީ، އެ މެމްބަރުންގެ މަޞްލަޙަތާއި އަދި ޕާޓީތަކުގެ މަސްލަޙަތުވެސް، ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތަށްވުރެ އިސްކުރަން ބިރުގަންނަ، އެކަން ނުކުރާނެ އަދި އިސްލާމްދީނަށް ފުރިހަމައަށް ބޯލަނބާ، ތެދުވެރި، އަމާނާތްތެރި ބަޔަކު އިންތިހާބުކުރުމަށެވެ. މިފަދަ މަޖިލީހަކަށް ކުރެވޭ އިންތިޒާރީގައި ދިވެހި އެންމެހާ ރައްޔިތުން ތިބިކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

Thursday, April 2, 2009

އަޅުގަނޑުގެ ކެމްޕެއިން ރަސްމީކޮށް ފަށަނީ


މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު އައްޔަނުކުރުމަށް ބާއްވާ އާއްމު އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު އެކަމަށް ކުރިމަތިލާފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން, އަޅުގަނޑު އަޙްމަދު މުޙައްމަދާއި އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު އަޙްމަދު ޝިފާޢު ކަމުގައި މޯލްޑިވްސް ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަންއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް ކޮލެޖުގެ ވައިސް ރެކްޓަރ އިއްޔެގެ ވަގުތެއްގައި ދެ ކެނޑިޑޭޓުންނަށް ވަކިވަކިން ފޮނުވި ސިޓީގައިވާ ގޮތުން އިންތިހާބު ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް ޢިޢުލާން ކުރާނެކަން ބަޔާންކުރައްވާފައިވެއެވެ.


މިއިންތިހާބު މިމަހުގެ ފަހުކޮޅު ބާއްވާގޮތަށް ނިންމާފައިވާކަންވެސް ކެނޑިޑޭޓުންގެ ސަމާލުކަމަށްޓަކައި ފާހަގަ ކުރައްވާފައިވެއެވެ. މި ސިޓީގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުން، 1 އޭޕްރީލުން ފެށިގެން ކެނޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ހުއްދަ ކައުންސިލަށް މެމްބަރުން ހޮވުމަށް ބާއްވާ ޢާއްމު އިންތިހާބާއި ބެހޭ ޤަވައިދުގައިވާ ގޮތުގެ މަތީން ދީފިއެވެ. މިހެންކަމުން، އަޅުގަނޑުގެ ކެމްޕެއިން މިމަހުގެ 5 ވާ އާދިއްތަ ދުވަހު ރަސްމީކޮށް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކެމްޕެއިނުގައި ބޭނުންކުރާ ޕޯސްޓަރާއި އެހެނިހެން ތަކެތި ރަސްމީކޮށް ނެރެ، ވޯޓުލުމުގެ ޙައްގުލިބިފައިވާ ކޮލެޖުގެ އެންމެހާ ދަރިވަރުން ކިޔަވަމުންދާ ފެކަލްޓީ ކެމްޕަސްތަކަށް ކެމްޕެއިން މެނޭޖަރުން ކަނޑައެޅުން އޮންނާނެއެވެ. މިކަމުގައި ދަރިވަރުންގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

Wednesday, April 1, 2009

އަދުގެ ގޮވާލުން


މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ އަދުގެ ސަރުކާރުންވީ އެންމެ ބޮޑު އެއް ވަޢުދެވެ. އެހެނީ އެއީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާތީއެވެ. އެންމެ ބޮޑު އެއް ނުރައްކަލަށް ވާތީއެވެ. ރާއްޖޭގެ އާބާދީގެ 10 ޕަސެންޓަށްވުރެ އިތުރު ޢަދަދެއް މަސްތުގައި ތިބުމަކީ އަޅުގަނޑުމެންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދަށް މިކަމުގެ ނުރަގަޅު އެތައް އަސަރެއް ކުރާނެ ކަމެކެވެ. ގައުމުގެ ކުރިމަގަށް އޮތް ހުރަހެކެވެ. ކުރިއަށް އޮތް ޖީލުތަކަށް އޮތް ދަންތުރައެކެވެ. މިހެންކަމުން، ޤައުމު ވެއްޓިފައިވާ މިވާ ފުންވަޅުގަނޑުން ނެގުމަކީ އަދުގެ ސަރުކާރާއި ރައްޔިތުންގެ ޒިންމާއެކެވެ. މިވަގުތު އަޅުގަނޑު މިގޮވާލަނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރެވޭ ނިސްބަތް މަދުކުރުމަށް ހަދާފައިވާ އައު ޕުލޭން ފޮރުވާފައި ނުބާއްވާ މިއަދުން މިއަދަށް އެ ތަންފީޒުކުރަން ފެށުމަށެވެ. އެހެނީ، ފުލުހުންގެ މަސައްކަތުން އަތުލައިގަނެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތިން ހާމަކޮށްދެނީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް އަދިވެސް ބަންދު ނުވާކަމެވެ.