Tuesday, March 31, 2009

ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އާއްމު އިންތިހާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ބާއްވައިފި


މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އާއްމު އިންތިހާބަށް ކުރިމަތިލުމަށް މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 22 ވަނަދުވަހަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު އެކަމަށް ކުރިމަތިލީ ދެ ދަރިވަރުންގެ މެދުގައި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިއަދު މޯލްޑިވްސް ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަންގެ މައި އިދާރާގައި ބާއްވައިފިއެވެ. މިއަދު މެންދުރު 2 ޖެހިއިރު ބޭއްވި ގުރުއަތުލުން އޮތީ ކޮލެޖުގެ އެޑްމިނިސްޓްރޭޓިވް ވައިސް ރެކްޓަރ ގެ ޙާޟިރުގައެވެ. މިގުރުއަތުލުމުގައި 2 ކެނޑިޑޭޓުންވެސް ބައިވެރިވެލެއްވިއެވެ


މިފަހަރު ކައުންސިލަށް ކުރިމަތިލާފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ދަރިވަރު އަޙްމަދު މުޙައްމަދާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު އަޙްމަދު ޝިފާޢުއެވެ. މިގުރުއަތުލުމުގައި، ކެނޑިޑޭޓް ނަންބަރު 1 ލިބުނީ އަޙްމަދު މުޙައްމަދަށެވެ. އަދި ކެނޑިޑޭޓް ނަންބަރު 2 ލިބުނީ އަޙްމަދު ޝިފާޢުއަށެވެ. ދެ ކެނޑިޑޭޓުންގެ ކެމްޕެއިންވެސް ވަރަށް އަވަހަށް ފެށޭނެކަމުގައި ބެލެވެއެވެ. އަދި މިއިންތިހާބުގެ ވޯޓުލުން އޭޕްރީލު މަހުގެ 23 ވަނަ ދުވަހު ބޭއްވޭނެކަމުގެ އިޝާރާތެއްވަނީ ލިބިފައެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 4000 (ހަތަރު ހާސް) އަށް ވުރެ ގިނަ ދަރިވަރުން ތަފާތު ފެކަލްޓީތަކާއި ކެމްޕަސްތަކުގައި ތިބޭނެއެވެ

Monday, March 30, 2009

އަދުގެ ގޮވާލުން



މަސްވެރިންގެ ލޯނުތައް ދެއްކުމުގައި ލުއިގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަށް ގޮވާލާ، އީއީޒެޑްގައި މަސްވެރިކަންކުރުމަށް ދީފައިވާ ހުއްދަތައް އެގްރީމެންޓުގައިވާ ގޮތުގެ މަތިން ބާޠިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ މަސްވެރިކަމުގެ ޞިނާޢަތުގެ ކުރިމަގަށްޓަކައި އެޅި ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެހެނީ، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި ބުނާ އަޑު އަޅުގަނޑު އެންމެ ކުޑައިރުއްސުރެ އަހަމެވެ. އަދި މިއީ ދިވެހި އިޤްތިޞާދު އެމަސައްކަތަކަށް ބަރޯސާވެފައިވާ އެއްމަސައްކަތެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ކޮންމެ ދިވެހި ދަރިއެއްގެ މަޞްޢޫލިއްޔަތެކެވެ. އަދި އެއިރެއްގައި އޮންނަ ސަރުކާރެއްގެވެސް ޒިންމާއެކެވެ. މިހެންކަމުން، މަސްވެރިންނަށް ދިމާވަމުންދާ ދަތި އުނދަގޫތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މާދަމާ ބާއްވަނީ


މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުމަތިލުމަށް މިމާރޗް މަހުގެ 8 ވަނަ ދުވަހު އިޢުލާންކުރުމުން، ސުންގަޑި ހަމަވިއިރު އެކަމަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ އޮންނާނެއެވެ.
.... އިތުރު ތަފްޞީލު އަންނަނީ ....

Role of Parents in Preventing Drug use and School Dropout - Part 1


A Reaserch done by: Ahmed Mohamed

INTRODUCTION
The sources of changing students’ behavior and attitude are diverse and varied; family (home), school, and society play a role. Educators often contend that problems in schools stem from children’s experiences at home or in society at large. Therefore, families have huge responsibility in parenting and leading children into right track. A family is standing straight with the strength of parents; father and mother. Hence, family is the basic unit of a society.

Education has an immense impact on the human society. The importance of education is quite clear, and is basically for two reasons. The first is that the training of a human mind is not complete without education. Education makes man a right thinker. It tells the person how to think and how to make productive decision. The second reason for the importance of education is that only through the attainment of education, the person is enabled to receive information from the external world; to acquaint him/herself with past history and receive all necessary information regarding the present.

An uneducated person cannot read and write and hence he/she is closed to all the knowledge and wisdom he/she can gain through books and other mediums. In other words, the person is shut off from the outside world. In contrast, an educated man lives in a room with all its windows open towards outside world. Therefore schooling is the gateway for acquisition of knowledge and education.

During the late nineteenth and early twentieth centuries, sociologists and educators worked closely together in an enterprise known as Educational Sociology. Their goal was the perfection of humanity and society. Their common belief was that the schools could contribute toward that perfection by developing human intellect and by inspiring students to devote themselves to reforming society. And much of the work done by educational sociologists centered on the relationship between education and the larger society (Sociology and the Field of Education, n d)


My philosophy of education reflects my fundamental beliefs on which education and learning should be based on. Hence, I would like to reflect and base my philosophy of Education on the vision of Ministry of Education, Republic of Maldives, as it says:


“Every Maldivian will have access to quality primary and secondary education with widening opportunities for higher education and training. The education provided will promote maximum realization of individual potential while at the same time instill religious and cultural values that will foster social unity and harmony, and, love and pride in the nation. Maldivians will be endowed with the necessary knowledge and skills to be productive, able and active participants both in the national and international arena.”

Moreover this, I believe that ALL students regardless of race, ethnicity, socio-economic status, religious background, and/or any other classification should deserve wholistic education. Here, “providing education” meant should teach morality, social unity and values, rather than only throwing subject content.

ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހަކަށް ... 2 ވަނަ ބައި


ކުރިއަށް މިއޮތް އިންތިހާބަކީ ރައްޔިތުންނަށް ވަރަށް މުހިއްމު އިންތިހާބެކެވެ. އެހެނީ، ޑިމޮކްރަސީ އަކީ ރައްޔިތުންގެ ވެރިކަމަށް ވީ ހިނދު، މިއީ ރައްޔިތުންގެ މަންދޫބުން ޢައްޔަނު ކުރުމުގެ މުހިއްމު ވަގުތެވެ. ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރު ރައްޔިތުން އެދޭގޮތަށް ހިނގައިގަންނާނީ މި އިންތިހާބަށް ފަހު ހޮވޭ ރައްޔިތުންގެ މަޖިލީހަކާއިއެކު ކަމުގައި ދެކެމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިންތިހާބަކާއި ނުލާ ވަކި މީހަކު އައްޔަނުކުރާ މެމްބަރުންތަކެއްގެ ސަބަބުން ރައްޔިތުންގެ އިޙްސާސްތަކާއި ދިމާ އިދިކޮޅަށް މަޖިލީހުގައި ކަންކަން ނިމިގެންދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫނެވެ. އަދި ރައްޔިތުން ތަމްސީލު ނުކުރެވޭ ގޮނޑިތަކެއް މަޖިލީހުގައި ހުރުމަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޮޅުންއަރާ ކަމެކެވެ. އެހެންކަމުން ކުރިޔާތަފާތުކޮށް، މިހާރު އޮތް ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު ކަނޑައަޅާނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެމްބަރުންކަމާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެމްބަރެއްކަމުގައި ބަޔާންވެފައި އޮތުމަކީ ހެޔޮ ބަދަލެކެވެ. އަދި ކޮންމެ އިދާރީ ދާއިރާއަކުން ކަނޑައެޅޭ އިންތިހާބީ ދާއިރާތަކުން މީހުން އިންތިހާބު ކުރުމަކީ ރައްޔިތުންގެ މަޖިލިސް ރައްޔިތުން އެދޭފަދަ މަޖިލީހަކަށް ވެގެންދާނެ ކަމުގެ ހެއްކެކެވެ


ރައްޔިތުން ހޮވާފައިވާ މަންދޫބުންނަށް ބަރޯސާވާ ޑިމޮކްރަސީގެ ނިޒާމެއްގައި ރައްޔިތުން އެބައިމީހުންގެ މަންދޫބުން ހޮވަނީ އެބައިމީހުންގެ ތެރެއިން އެބައިމީހުންގެ ޚިޔާލާ، ފިކުރާ، ވިސްނުމާ އެއްގޮތަށް ތަމްސީލުކޮށްދެވޭ މަންދޫބުންނެވެ. ކަންމިހެން އޮތްއިރު، މި ވަޠަނުގެ ދަރިންގެ ނަޒަރު ފުޅާކުރަންޖެހެއެވެ. 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައި ޤާހިރާގައި އޮތް އިންޓަރ-ޕާލިމެންޓަރީ ކައުންސިލުގެ 161 ވަނަ ޖަލްސާގައި ފާސްކޮށްފައި އޮތް 'ޑިމޮކްރަސީގެ ޢާންމު ޤަރާރު" ގެ 11 ވަނަ މާއްދާގައި، އެ ޤަރާރުގެ ދެވަނަ ބައި ކަމުގައިވާ 'ޑިމޮކްރެޓިކް ސަރުކާރެއް ހިންގުމާއި އެފަދަ ސަރުކާރެއްގެ ބައިތަކުގެ' ދަށުގައި ބުނެފައިވެއެވެ. "ޑިމޮކްރަސީ ބިނާވެފައިވަނީ، ސަރުކާރުގެ ކަންތައްތައް ހިންގުމުގައި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ބައިވެރިވެ އުޅުމުގެ ޙައްޤާއެކުގައެވެ. އެހެންވީމާ، ޑިމޮކްރަސީގައި ރައްޔިތުން ތަމްސީލުކުރާ މުއައްސަސާތައް ޤާއިމުކުރާންޖެހެއެވެ. މިކަން ހުރިހައި ގިންތިއެއްގައިވެސް ކުރާންޖެހެއެވެ. ޚާއްޞަކޮށް ފާހަގަކުރެވެނީ، ރައްޔިތުންގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުން ތަމްސީލުވާ ރައްޔިތުންގެ މަޖިލީހެއް އޮންނާން ޖެހެއެވެ. އެމަޖިލީހަކީ ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުން އެދޭ ގޮތުގެ މައްޗަށް ކަންތައްތައް ނިންމާ މަޖިލީހެކެވެ. އެކަންކަން ނިންމާނީ، ފާސްކުރާ ޤާނޫނުގެ ގޮތުގައެވެ. ހަމައެހެންމެ ސަރުކާރުން ކަންތައްތައް ކުރާގޮތާއި ކަންތައްތައް ނުކުރާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދާނެއެވެ". މިއީ އެންމެ ޤަރާރެއްގެ އެންމެ މާއްދާއެކެވެ.


މި ޤަރާރުގައި މިވާފަދަ ރައްޔިތުންގެ މަޖިލިހެއް އޮތުމަކީ ދިވެހިރާއްޖެއަށްވެސް ކޮންމެހެން ލާޒިމު ކަމެކެވެ. އެހެނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދިވެހި މުޖުތަމައު ތަމްސީލުކޮށްދޭ އެންމެ އަސާސީ މުއައްސަސާއެވެ. މިފަދަ މަޖިލީހެއްގެ ބޭނުމަކީ، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫނު ބާޠިލުކުރުމާއި، އަދި ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ޑިމޮކްރަސީއެއްގެ އެއް ސިފައަށް ވީހިނދު، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުމަކީވެސް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭނެ ކަންކަމެވެ. މިއީ މިއަދު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމުގެ ތިން ބާރު އެއްބާރު އަނެއް ބާރަށް ފާރަވެރިވުމުގެ އެއް ޢަމަލެވެ. މިކަންކަމުގެ އިތުރުންވެސް، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމަންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ނިންމުމާއި، ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމަކީ މަޖިލީހަށް ލިބިގެންވާ ބާރަކަށް ވީހިނދު މިކަންކަން ޒިންމާދާރު ގޮތުގައި ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮންނަންޖެހެއެވެ


ނުނިމޭ .

Sunday, March 29, 2009

އަދުގެ ގޮވާލުން


ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ އާރތުއަވަރ ދުވަސް ދިވެހިރާއްޖެ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިޔްޔެ ފާހަގަކުރީ ވަރަށްވެސް ކުލަގަދަކޮށެވެ. މިކަމުގައި އަޅުގަނޑުމެން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ލިބެމުންދިޔަ އެއްބާރުލުން އަޅުގަނޑަށްވެސް ފެނި އިޙްސާސްކުރެވެމުން ދިޔައެވެ. ދުނިޔެއަށްޓަކާ އެއްގަޑިއިރު، މިކެމްޕޭނުގައި ފަސްގަނޑު ތިރި ކުދި ޖަޒީރާ ރަށްތައް އެކުލެވޭ މި ޤައުމުގެ ދަރިންވެސް ދުނިޔެ ހޫނުވުމާއިދެކޮޅަށް ގިނަ ޢަދަދެއްގެ ވޯޓުލައި، 1 ގަޑިއިރު ތެރޭގައި ޖައްވައް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ މިންވަރާއި އެތައްސަތޭކަ ލީޓަރުގެ ތެޔޮ އެންދުން މަދުކޮށްލިކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. އެހެންނަމަވެސް، ދުނިޔެ ހޫނުވުމާއި ދެކޮޅަށް ވޯޓުލުމަކީ އެންމެ ދުވަހަކު ކުރާ ކަމަކަށް ނަހަދާ، ކޮންމެ ދުވަހަކުވެސް މިކަމަށް ވޯޓުލަމާ ހިނގާށެވެ. މިއީ އަޅުގަނޑުގެ އިލްތިމާސެވެ. އަޅުގަނޑުގެ ގޮވާލަމެވެ. އެހެނީ ދުނިޔެހޫނުވުމުން ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ އެތައްބަޔަކަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެކަމެކެވެ.

ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހަކަށް ... 1 ވަނަ ބައި



ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނު ދުވަހަކީ ޑިމޮކްރަސީގެ އޮށް ދިވެހި ފަސްގަނޑުގައި އިންދުނު ދުވަހެވެ. އެއީ ވެރިކަމުގެ އައު މަގެއް ކޮށާލެވުނު ދުވަހެކެވެ. އެއަށްފަހު ޑިމޮކްރަސީގެ ރަހަ ދިވެހި ދީބުގެ އަރުގައި ލަމުން ނުލަމުން އައެވެ. ޑިމޮކްރަސީގެ މާ ފުރިހަމަ ބަދަލުތަކެއް ނުފެންނަ ހާލުގައެވެ. ދިވެހި ވެރިކަން އައީ ތަފާފު ބީދައިން ފުރޮޅެމުންނެވެ. ދިގު ދެމިގެންދިޔަ ވިރާސީ ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އެއަށްފަހު ޖުމްހޫރިއްޔަތަކުން ރަސްކަމަށް ބަދަލުވެ، އެންމެ ފަހުން އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. ޖުމްހޫރީ ވެރިކަމެއް މިޤައުމުގައި ގާއިމުވި ކޮންމެ ފަހަރަކުމެ ޑިމޮކްރަސީގެ އައު ކުލަތަކެއް ދިޔައީ ފެންނަމުންނެވެ. އެކި ފަހަރު އެކި ވަރަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށް ވަނަ ދައުރުގެ އަހަރުތަކަކީ މިއަގުމު ޑިމޮކްރަސީގެ އައު ހަރުފަތްތަކެއް ގިރާކުރި އަހަރުތަކެކެވެ. މަލްޓި ޕާޓީ ސިސްޓަމް ގާއިމުކުރެވި ސިޔާސީ ޕާޓީތައް އުފެދިގެން ދިޔައެވެ. އަދި ސަތާރަ އަހަރުން އިސްލާހު ކުރެވުނު ޤާނޫނު އަސާސީއަކަށް ދިހަ އަހަރު ނުވަނީސް އެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވިގެން ދިޔައެވެ. އެދުވަސްވަރު، ބޮޑަތި މުޒާހަރާތަކާއި ސިޔާސީ އެއްވުންތައްވެސް ފެންނަމުން ދިޔައެވެ

ގައުމަށް އަންނަމުން ދިޔަ ބަދަލުތަކާއި އެކު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ މެދު އަށާރަ އަހަރުންމަތީގެ ދިވެހިރައްޔިތުންގެ މެދުގައި ދެހާސް ހަތްވަނަ އަހަރުގެ ތެރޭގައި ވޯޓެއް ނެގުނެވެ. އެދުވަހު، ބަރުލަމާނީ ނިޒާމު ދޫކޮށް ދިވެހިން 'އާނ ބަސް' ބުނީ ރިޔާސީ ނިޒާމަށެވެ. ތިންބާރު ވަކި ކުރުމަކީ ޑިމޮކްރަސީގެ މުހިއްމު އަސާސެއްކަމުގައި ދެކިގެންނެވެ. އެހެނީ ރިޔާސީ ނިޒާމެއްގައި ދައުލަތް ހިންގުމުގެ ތިންބާރު އޮންނާނީ މުޅިން ވަކިވެ މުސްތަގިއްލު ތިންބާރެއްގެ ގޮތުގައެވެ. އެއްވެސް ބާރަކުން ޤާނޫނާއި ޤާނޫނު އަސާސީއާއި ޚިލާފުވާނަމަ ދެން ތިބި ބާރުތަކުން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅޭ ގޮތުގައެވެ. މިއިންތިހާބަށް ފަހުވެސް ދިވެހި ގައުމު ދިޔައީ ސިޔާސީ ހަލަބޮލި ކަމުގެތެރޭގައި ދަތުރުކުރަމުންނެވެ. ދެން އައީ ތާރީޚީ ދުވަހެކެވެ. 2008 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ"، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއި އެކު 7 އޯގަސްޓް 2008 ވީ ބުރާސްފަތި ދުވަސް ވެގެންދިޔައީ ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ އަލި ވިލުނު ދުވަހަށެވެ

މި ޤާނޫނު އަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު މިނިވަންކަމާއި އެކު ބޭއްވި، ރާއްޖޭގެ ވެރިކަމުގެ ބާރުތައް މިވަނީ ރައްޔިތުންގެ ސީދާ ވޯޓުން ރައްޔިތުން އެދޭ ބަޔަކާއި ހަވާލުކުރެވިފައެވެ. މީގެ އިތުރުން، ރިޔާސީ ނިޒާމުގައިވާ ތިންބާރު ވަކި ކުރުމުގެ މަރުހަލާތަކުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުވެސް މިވަނީ ސުޕްރީމި ކޯޓާއި ހައިކޯޓާއި އަދި ދަށުކޯޓުތަކާ ހަވާލު ކުރެވިފައެވެ. ދެން އޮތީ ޤާނޫނު ހެދުމުގެ ބާރެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ 'ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ'. ކަން މިހެން އޮތްއިރު ކުރިއަށް ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. މިއީވެސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ އިންތިހާބެކެވެ. މިއިންތިހާބާއި ބެހޭ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީ ތަކަށް އަރާ، މީޑިޔާގެ އެންމެ ހޫނު އެއް ހަބަރަށް ވެގެން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކި ތާރީޚެއްގެ ކުރިން ބޭއްވުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް މި އިންތިހާބު ބޭއްވުމަށް ކޮންމެހެން ބޭނުންވާ ދެ ބިލެއްގެ މަސައްކަތް ނުނިންމާ، އިންތިޤާލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިއުމުންނެވެ. އެހެންނަމަވެސް، ތަފާތު ސަބަބުތަކާއި ހުރެ، ދައުރުން ބޭރުގައި އެ މަޖިލީހުގެ ޖަލްސާތައް މިހާރު ދަނީ ބޭއްވެމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ދެ ބިލު ފާސްކޮށް ޤައުމު މިވަނީ އިންތިހާބަކާއި ކުރިމަތިލާފައެވެ. އަދި އިންތިހާބު ބާއްވާނެ ދުވަހަކީ މިއަންނަ މެއި މަހުގެ 9 ވަނަ ދުވަސްކަމުގައި އިލެކްޝަން ކޮމިޝަނުން މިހާރުވަނީ ޢިޢުލާންކޮށްފައެވެ. ނުނިމޭ

Thursday, March 26, 2009

އަދުގެ ގޮވާލުން




މުޖުތަމަޢުގައި ހިންގަމުން ގެންދާ ބޮޑަތި ޖަރީމާތަކާއި ކުށްތައް މަދުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމެވެ. މިއަދު ދިވެހި މުޖުތަމަޢުގައި ފެތުރިފައިވާ މާރާމާރީއާއި ހަށިވިއްކުމާއި އެއްޖިންސްގެ ގުޅުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މަސްތުވާތަކެތި ޢާއްމުވުން ފަދަ އެންމެހާ ކަންކަމުން މިމުޖުތަމަޢު ސަލާމަތްކުރުމަށް އަތުކުރި އޮޅާލަމާ ހިނގާށެވެ

Wednesday, March 25, 2009

ޓީޗިންގ ޕްރެކްޓިކަމްގައި ރާއްޖެތެރެއާއި މާލޭ ސްކޫލުތަކަށް ދާ އެފް އީ ގެ ދަރިވަރުންނަށް މަރުހަބާ ކިޔަން


މިއަހަރުގެ ފުރަތަމަ ސެމިސްޓަރުގައި ކިޔަވައިދިނުމުގެ ތަމްރީނުތައް ހޯދުމަށް ރާއްޖެތެރެއާއި މާލޭގެ އެންމެހާ ސްކޫލުތަކަށް ދިއުމަށް ހަމަޖެހިފައިވާ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ދަރިވަރުންނަށް ކޮލެޖު ކައުންސިލުގެ ދަރިވަރުންގެ މަންދޫބުގެ ޙައިޞިއްޔަތުން މަރުހަބާ ކިޔަމެވެ. އަދި މިފަދަ ކޮންމެ މަރުހަލާއެއްގައި ގިނަ ތަޖުރިބާތަކެއް ހޯދުމަށް މަސައްކަތްކުރުމަށް އެދެމެވެ


މި ޓީޕީ އަކީ ހިތްހަމަ ޖެހޭ އުފާވެރި މާހައުލެއްގައި ކުރިއަށްދާ ޓީޕީ އަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ. އަދި ހުރިހާ ދަރިވަރުންނަށްވެސް މަތިވެރި ކާމިޔާބީއަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ

އަދުގެ ގޮވާލުން







ތަޢުލީމީ ޒުވާނުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ މި ގައުމުގެ ކުރިމަގަށްޓަކައި އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ. އެހެންކަމުން، އަދުގެ ސަރުކާރުންނާއި އަމިއްލަ ކުންފުނި ތަކުންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންކަމެކެވެ












މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް އަޅުގަނޑު ކުރިމަތިލައިފީމެވެ


މިއަހަރު ކޮލެޖު ކައުންސިލަށް ދަރިވަރަކު ހޮވުމަށް ބާއްވު މިމާރޗް މަހުގެ 8 ވަނަ ދުވަހު އިޢުލާންކޮށް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން 19 މާރޗް ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެކަމަށް ކުރިމަތިލައި، ހުށަހަޅަންޖެހޭ އެންމެހާ ތަކެތި ކޮލެޖުގެ މައިއިދާރާއަށް އަޅުގަނޑު ވާނީ ހުށަހަޅާފައެވެ.


އަޅުގަނޑަކީ ނ. އަތޮޅު ވެލިދޫ އަށް އުފަން މީހަކީމެވެ. އަދި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައި ކުރިއަށްދާ މީހަކީމެވެ. މިގޮތުން 2004 ވަނަ އަހަރު ޑިޕްލޮމާއިން ޓީޗިންގ ސެކަންޑަރީ ނިންމާ، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބައޮލޮޖީ ޓީޗަރެއްގެ މަޤާމުގައި ހުރެ، އެ ސުކޫލުން މިހާތަނަށް ޖީސީއީ އޯލެވެލްއިން ބައޮލޮޖީއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިފައިވަނީ އަޅުގަނޑު ގްރޭޑް 10 އަކަށް މިމާއްދާ ކިޔަވައިދިން އަހަރުއެވެ. ތަޢުލީމީ މަރުކަޒުގައި ހޭދަކުރި 2 އަހަރުގެ މުއްދަތުގައި، ކިޔަވައިދިނުމުގެ އިތުރުން ސްކޫލަށް ކޮށްދިން ގިނަ ގުނަ ޚިދުމަތްތައް ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލުގެ ހިންގުންތެރިން ފާހަގަކުރާކަމީ އަޅުނޑަށް ލިބޭ އެންމެ ބޮޑު އުފަލެވެ. ޑިޕްލޮމާއިން ޓީޗިން ހެދި ދުވަސްވަރު، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި އޮތް ސުޓޫޑެންޓު ޓީޗަރ އެސޯސިއޭޝަންގެ އިންތިޒާމު ސެކެޓްރީގެ ނައިބުކަން ކޮށް ގިނަ ގުނަ ޙަރަކާތްތައް ރާވާ ހިންގުމުގައި ވަގުތު ހޭދަކުރީމެވެ. އަދި ދަރިވަރުންނާއި ގާތްގުޅުމެއް އޮންނަ ދަރިވަރެއްގެ ގޮތުގައި އަބަދުވެސް ހުރީމެވެ.



މިއަދު އަނެއްކާވެސް މިހުރީ ދަރިވަރެއްގެ ގޮތުގައި، ކިޔަވައިދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ -ބެޗެލަރ އޮފް ޓީޗިން ސެކަންޑަރީ- ޙާޞިލު ކުރުމުގެ ބުރަ މަސައްކަތުގައެވެ. މިއީ އަޅުގަނޑުގެ ފުރަތަމަ ޑިގްރީގެ ފަހު އަހަރެވެ. ޙަޔާތުން އެންމެ ދުވަހެއްވެސް ނަގާނުލާ، ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބެއްނެތި އެއްނޫނެވެ. ޤައުމު ބިނާ ކުރުމުގެ ޒިންމާއަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އަދި މިކަމުގައި ތަޢުލީމީ ދާއިރާއިން ކުރެވެން ހުރިމަސައްކަތްތައް ގިނަކަމުންނެވެ. އެހެންކަމުން، ވޭތުވެ ދިޔަ އަހަރުތަކުގައި، ޚާއްޞަކޮށް ދަރިވަރުންނަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދިނުމުގައި ދެމި ހުރީމެވެ. ދަރިވަރުންނާއި ކޮލެޖުގެ އިސްފަރާތްތަކާއި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކާއި ގާތް ގުޅުމެއް ދެމެހެއްޓީމެވެ. އަދި މިހާރުވެސް ދަމަހައްޓަމެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު ކޮލެޖުގެ އެކަޑަމިކް ބޯޑުގެ ދަރިވަރުންގެ މެމްބަރަކަށް، ދަރިވަރުންގެ ބޮޑު ތާޢީދަކާއި އެކު އިންތިހާބުވެ، އެބޯޑުގައި މަސައްކަތްކުރީމެވެ. މީގެ އިތުރުން ކޮލެޖު ހިންގުމުގެ އެންމެ މުހިއްމު ފަރާތްކަމުގައިވާ ކޮލެޖު ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހުރެ ދަރިވަރުންގެ ޙައްޤުގައި ވަކާލާތުކޮށް، ބޮޑެތި މަސައްކަތްތަކެއްގައި ބައިވެރިވީމެވެ. އަދި ކުރިއަށް ހުރި މަސައްކަތްތައްވެސް ގިނަ ގުނައެވެ. މީގެ އިތުރުން ކޮލެޖުގެ ރެކްޓަރ އެކުލަވާލާ 'ކޮލެޖުގެ އިސްތިޢުނާފު ކޮމެޓީގައި' މިދިޔަ އަހަރުން ފެށިގެން މިއަދާހަމަށްވެސް މަސައްކަތްކުރުމުގައި ދެމި މިހުރީ ދަރިވަރުންނަށްޓަކައެވެ



ކޮލެޖުގެ އަންހެން އަދި ފިރިހެން އެންމެހާ ދަރިވަރުންނަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންނެވެ. ދަރިވަރުންގެ އެންމެ ބޮޑު އެދުންކަމުގައިވާ ދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމަކީ ކުރިއަށް އޮތް އެންމެ މުހިއްމު އެއްމަސައްކަތަށް ވީހިނދު، ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން ދަރިވަރުންގެ މަންދޫބެއްގެ ގޮތުގައި މިފަހަރުވެސް މަސައްކަތްކުރުމަށް އަޅުގަނޑު ނިންމީއެވެ. މިދިޔަމަހު ފަހުކޮޅު އިންޑިޔާގައި އޮތް ސަރަހައްދީ މަތީ ތަޢުލީމާއި ބެހޭ ކޮންފަރެންސްގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނި، ރާއްޖޭގެ މަތީތަޢުލީމުގެ ދަރިވަރުން ތަމްސީލުކޮށްދިނުމަކީ މިހާތަނަށް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ތަޖުރިބާއެވެ. މިތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމަކީ އަޅުގަނޑުގެ ޒިންމާއެކެވެ. އަޅުގަނޑު މިހުރީ ކޮލެޖުގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނާއިއެކުގައެވެ. އަޅުގަނޑު މި ނިކުންނަކީ ދަރިވަރުންގެ ފަރާތުން ދަރިވަރުންނަށްޓަކައެވެ

Tuesday, March 24, 2009

ޖަނަވާރުތަކާއި ދޫނިތަކުގެ ޖަމާޢަތްތައް


ޖަމާޢަތްތަކެއްގެ ގޮތުގައި ދިރިއުޅެމުން އަންނަނީ ހަމައެކަނި އިންސާނުންކަމުގައި ޤަބޫލުކުރާ ބަޔަކު އަދާ ހަމައަށްވެސް އުޅެއެވެ. އެހެންނަމަވެސް އެއީ ކުށް ހީ އެކެވެ. ކަމުގެ ޙަޤީޤަތަށް ރުޖޫޢަ ވުމުން އެނގެނީ، ބިމުގައި ލައްވާފައިވާ އެއްވެސް ދިރޭ އެއްޗެއް އެކަނި ޙާލަށް ދޫކޮށް ނުލައްވާ ކަމެވެ. މިގޮތުން އެންމެހާ އިންސާނުންނާއި އެހެނިހެން ދިރޭތަކެތިވެސް ބިމުގައި ލައްވާފައިވަނީ އުއްމަތްތަކެއްގެ ގޮތުގައެވެ. ޖަމާޢަތްތަކެއްގެ ގޮތުގައެވެ. ހަމައެއާއިއެކު މިއިން ކޮންމެ ބައިގަނޑެއް އުފެދިފައިވަނީ އެކަތި އަނެކައްޗަށް އެހީތެރިވެ އުޅެވޭނެ ގޮތުގައެވެ. އެބައެއްގެ އެންމެހާ އަފުރާދުން ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ފުރިހަމަ ނިޒާމެއް އެކުލެވޭ ގޮތުގައެވެ.


ކީރިތި ޤުރްއާނުގެ ސޫރަތުލް އަންޢާމުގެ 38 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ފުރާނައެއްހުރެގެން ބިމުގައިއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީނުވެއެވެ". މީގެ އިތުރުން، އަދުގެ ސައިންސްގެ ދިރާސާތައް ދައްކާ ގޮތުން ޖަނަވާރުންނާއި ދޫނިތައްވެސް ދިރިއުޅެނީ ޖަމާޢަތްތަކެއްގެ ގޮތުގައެވެ. މިކަމަށް އިތުރަށް ބާރުލިބިގެންދަނީ އެސޮރުމެންގެ ދިރިއުޅުމުގެ އެންމެހާ އިންތިޒާމުތަކާއި މަސައްކަތްތައް އަހަރެމެންގެ ލޮލަށް ފެނުމުންނެވެ. ހަމަ ލޮލުން ބަލައިލުމުގެ ނަސީބު ކޮންމެ މީހަކަށް ނުލިބުނު ކަމުގައިވިޔަސް، ދިރޭތަކެއްޗާއި ބެހޭ ޚާއްޞަ ޓީވީ ޗެނަލްތަކުގެ ޒަރީޢާއިން ދިރޭތަކެތީގެ މިފަދަ މަންޒަރުތައް މިއަދު ފެނެއެވެ. މިކަންކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ މީގެ 1400 އެތައް އަހަރެއް ކުރިންނެވެ. ސައިންސްގެ ދިރާސާތަކުގެ އެތައް ޤަރުނެއްގެ ކުރިންނެވެ. އަދި މިއަދު މިޙަޤީޤަތްތައް ދޮގު ކުރެވޭނެ އެއްވެސް މަގެއް ނެތެވެ.


ދިރޭ ކޮންމެ އެއްޗެއް ޖަމާޢަތްތަކެއްގެ ގޮތުގައި ލައްވާފައިވުމުގެ މަތިވެރި ޙިކުމަތްތަކެއް ވާނެއެވެ. އެއީ އެކަންކަމާއި ދޭތެރެ ވިސްނުން ހުރި ކަންތައްތަކެކެވެ. ދިރޭ ކޮންމެ އެއްޗެއްގެ ބައިގަނޑުގެ މެދުގައިވާ ބަދަހި ގުޅުމާއި އެކުވެރި ކަމެވެ. އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމާއި އަޖައިބުކުރުވަނިވި އެހީތެރިކަމެވެ. އެސޮރުމެންގެ ކޮންމެ ފަރުދެއްގެ ޙިމާޔަތަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އަދި އެސޮރުމެން ޝިކާރަކުރުމަށް މަސައްކަތްކުރާ އެހެނިހެން އެއްޗެހީގެ އަތްދަށުން ސަލާމަތްވެވޭނެ ފުރިހަމަ އުކުޅުތަކެވެ. މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވަނީ ދިރޭތަކެތީގެ އެކުވެރި ބައިގަނޑެވެ. ޖަމާޢަތެއްގެ ގޮތުގައި ވުމެވެ.


ދުނިޔެއިން ދިރޭތަކެތީގެ ނަސްލު ނެތިދާ ތަފާތު ބަހާތަކާއި ބެހޭ ގޮތުން 'ކޮންޒަވޭޝަން ބައޮލޮޖ'ީގައި ކިޔަވައިދޭނެއެވެ. އަދި މިދެންނެވި ބަހާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނީ އެތަކެތީގެ އާބާދީގެ ކުޑަ ބޮޑު މިނަށް އަންނަ ބަދަލުތަކުގެ ނަތީޖާއެވެ. ކުދި ކުދި އާބާދީ ތަކެއްގެ ގޮތުގައި ބެހިގެންދާ ސަބަބުތަކާއި ދިރޭ ކޮންމެ އެއްޗެއްގެ އާބާދީ ކުޑަވުމުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެސޮރުމެން އެހެންތަކެތީގެ ޝިކާރައަކަށްވެގެންދާ ފަސޭހަކަމާއި ދިމާވާ ޙާދިސާއެއްގެ ސަބަބުން ކުރާ ބޮޑު އަސަރެވެ. މިއީ ޖަނަވާރުތަކާއި ދޫނިތަކާއި ގަސްގަހާގެހީގެ ވާހަކައެވެ. އެތަކެތީގެ ނަސްލު ނެތިގެން ދިއުމަށް މެދުވެރިވާ މައިގަނޑު ބައެއް ކަންކަމެވެ. މީގެ އިތުރުން އިންސާނުންވެސް ބިމުގައި ލައްވާފައިވަނީ އުއްމަތްތަކެއްގެ ގޮތުގައެވެ. މިހާހިސާބުން ނިކަން ފިކުރުކޮށްލަބަލާށެވެ. މުސްލިމު އުއްމަތުގެ ޢަދުއްވުން މުސްލިމުންގެ އާރާއި ބާރު ނެތިކޮށްލުމަށް މިއަދު ބޭނުންކުރަމުން އަންނަނީ މުސްލިމުންގެ އާބާދީ މަދުކޮށް އަދި މިއުއްމަތް ބައިބައިކޮށް ވަކިވަކި ކޮށްލުމުގެ އުކުޅުތަކެވެ. އެފަދަ ދަންތުރަ ތަކެވެ. އެހެންކަމުން މުސްލިމު އުއްމަތް ރޫޅިފައިވާ މިފަދަ ދުވަސްވަރެއްގައި، ޖަނަވާރުންނާއި ދޫނިތަކުގެ ޖަމާޢަތްތަކުގެ ދިރިއުޅުމުން ޢިބްރަތް ޙާޞިލުކުރުން މުހިއްމުކަމުގައި ދެކެމެވެ.

Monday, March 23, 2009

އިސްލާމް ދީނުގައި މައިންނަށް ދީފައިވާ އަޙައްމިޔަތު މިއަދުގެ ސައިންސް ހެކިދެއެވެ


އިންސާނާ ވުޖޫދަށް ނެރުއްވައި، އިންސާނީ ދަރިފަސްކޮޅު ބިންމަތީގައި ލެހެއްޓެވުމަށްޓަކައި ﷲ ސުބަޙާނަހޫ ވަތަޢާލާ ވަނީ އަންހެނަކާއި ފިރިހެނަކު މެދުވެރިކުރައްވާފައެވެ. އެތައް ބިލިއަން ސެލް ތަކެއްގެ މައްޗަށް އެކުލެވިފައިމިވާ ނިކަމެތި އިންސާނާ އުފަންވުމަށް މެދުވެރިކުރައްވާފައިވާ ސަބަބު ކަމުގައިވާ މައިން ބަފައިންނަށް، އިސްލާމް ދީނުގައި ވަނީ ވަރަށްވެސް ބޮޑު އަހައްމިޔަތެއް ދީފައެވެ. އެބައިމީހުނަށް އޯގާތެރިވުމަށް އަންގަވައި، އެދެމީހުނަށް އުރެދުންވަނީ އިސްލާމްދީނުގައި ނަހީ ކުރައްވާފައެވެ. ﷲ ޞުބަޙާނަހޫ ވަޠަޢާލާ ވަހީ ކުރައްވާފައިވެއެވެ

وعبد وا ﷲ ولا تشركوبه شيئا وبلوالدين إحسانا )انساء 36)

"ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިން ބަފައިންނަށް ހެޔޮކޮށް ހިތާށެވެ."

އަދިވެސް އިސްރާއު ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ

"އެކަލާނގެ ރަސްކަންފުޅަށް މެނުވީ، ތިޔަބައިމީހުން އަޅުކަންނުކުރުމަށް، ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި ކަލާނގެ ނިޔާކުރައްވައި އެންގެވިއެވެ. އަދި، މައިންބަފައިންނާމެދު ހެއުކޮށް ކަންތައްކުރުމަށާއި، އެދެމީހުންކުރެ މީހަކު ކަލޭގެ ގާތުގައިވާ ޙާލު، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އެދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި، މާތް ދީލަތި ބަސް އެދެމީހުންނަށް ބުނާށެވެ." (އިސްރާއު 23)


"އޯގާވެރިވުމުގެ ސަބަބުން، ނިކަމެތިވުމުގެ ފިޔަ، އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! ކުޑަކުއްޖަކުކަމުގައި ތިމަންވީ ދުވަހު ތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ." (އިސްރާއު 24)

މީގެއިން ދަލީލުކޮށްދެނީ މައިންބަފައިންނަށް ކަމޭހިތުމާއި މާތްކޮށްހިތުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ މިންވަރެވެ. އޭގެ މަތިވެރިކަމާއި ދީފައިވާ އަހައްމިޔަތުގެ ބޮޑުކަމެވެ. މިކަންވަނީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަންގަވައި، ރަސޫލުﷲ ޞައްލަﷲ ގެ މަތިވެރި ސުންނަތުގައިވެސް ވަރަށް ފުޅާދާއިރާއެއްގައި ބަޔާންކުރައްވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ގެ އެތައް ޙަދީޘަކުން މައިންބަފައިންނަށް ދީފައިވާ އަހައްމިޔަތު ފާހަގަކުރެވެއެވެ. އިސްލާމްދީނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ލޮބުވެތިކަން ބޮޑު ޢަމަލެއްކަން ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލުކުރެއެވެ. އެހެނީ، މިދެމީހުންގެ އިޙްސާންތެރިކަމަކީ އަގުނުކުރެވޭނެ އިޙްސާންތެރިކަމެކެވެ. އަދި މިއާއެކު، މިދެމީހުންގެ ތެރެއިންވެސް މައިމީހާއަށް ދެވިފައިވާ ޤަދަރާއި ޢިއްޒަތް މަތިވެރިވެފައި، ދެވިފައިވާ އަޙައްމިޔަތު ވަރަށް ބޮޑެވެ. އަދި މިދެމީހުންގެ ތެރެއިން ދަރިން އެންމެ ބޮޑަށް އަޅާލަންޖެހޭ ނުވަތަ ދީނުގައި އެމީހަކާ ދޭތެރޭ އެންމެ ބޮޑަށް އަޅާލަންޖެހޭ ފަރާތަކީ އެދަރިފުޅު ބަނޑުލައި ވިހޭ މަންމައެވެ.

އަލްއިމާމުލް ބުޚާރީއާއި އަލްއިމާމުލް މުސްލިމުގެ އިއްތިފާޤުން ރިވާކުރައްވާފައިވާ، ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމް ޙަދީޘެއްގައިވެއެވެ. جاء رجل إلى رسول صلىﷲ عليه وسلم فقال: من أحق الناس بحسن صحابتى؟ قال: أمّك. قال: ثمّ من ؟ قال: أمّك. قال: ثمّ من ؟ قال: أمّك. قال: ثمّ من ؟ قال: أبوك.

މާނައީ: "ރަސޫލުﷲ صلىﷲ عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. މީސްތަކުންކުރެ އަޅުގަނޑު ކަމޭހިތުން އެންމެ ޙައްޤުކަން ބޮޑީ ކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިބާގެ ބައްޕައެވެ."

ތެދެކެވެ. އެމަންމަގެ ޙައްޤު، ބައްޕަގެ ޙައްޤަށްވުރެ ބޮޑެވެ. ދަރިފުޅު ބަނޑުގައި ގަރުބަ ގަތީއްސުރެ، އެމައިމީހާވަނީ ނުވަ މަހާއި ނުވަ ދުވަހުގެ ވޭނީ ކެކުޅުންތައް އިޙްސާސް ކޮށްފައެވެ. މިއީ މަޔަކަށްމެނުވީ އިޙްސާސް ނުކުރެވޭނެ ކަންތައްތަކެކެވެ. މައިމީހާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި އަޅާ ވޭންތަކަކީ ފިރިހެނަކު ދުވަހަކުވެސް އިޙްސާސްނުކުރާނެ ކަންތައްތަކެކެވެ. ދަރިފުޅަށް ބޭނުންވާނެ ކާނާގެ ހުރިހާ ބައިތަކެއް މައިމީހާގެ ހަށިގަނޑުން އެދަރިފުޅު ބޭނުންކުރެއެވެ. މަންމަގެ ލޭ ދައުރުކުރާ ނިޒާމާއި ދަރިފުޅުގެ ލޭ ދައުރުކުރާ ނިޒާމާއި ލާމެހިފައިވާވުން، މިއީ ދަރިފުޅަށް ބޭނުންވާ ކާނާ ލިއްބައިދިނުމުގެ މަގެވެ. ދަރިފުޅުގެ ހަށިގަނޑުގައި އުފެދޭ ހުރިހާ ވިހަ މާއްދާތައް އެހަށިގަނޑުން ބޭރުކުރުމުގެ މަގަކީވެސް މިއެވެ. އަދި ދަރިފުޅު ވިހެވުމުގެ ވަގުތާއި އަޅާ ވޭންތަކަކީ މައިމީހާގެ ހަނދާނުން ދުވަހަކުވެސް އުނިވެގެންނުދާނެ ކަންކަމެވެ. ދަރިފުޅު ވިހެއުމަށްފަހު ކުރި ހޭހާންތަކާއި، އެ ދަރިފުޅަށްޓަކައި ރޭގަނޑުގެ އަރާމުގެ ވަގުތުގައި ނަގާލި ނިދި ޢަދަދު ނުކުރެވޭނެއެވެ. އިންސާނުންނަށް މިހާތަނަށް އުފެއްދިފައިނުވާ މޮޅު ކާނާ އެމައިމީހާގެ ލެއިން އުފެއްދެވިއެވެ. އަދި ލޯތަބާއި އެކު އެއްވެސް އަގެއްނެތި ގާތުން ކިރުދެއެވެ. މީގެ އަގުދޭނީ ކިހިނަކުން ހެއްޔެވެ. މިއީ މައިމީހާގެ ހަށިގަނޑުގައިވާ ލެޔެވެ. މިހެންކަމުން، މައިމީހާގެ ޙައްޤު އެ ދަރިފުޅުގެ ކުރިމަތީގައި އަގު ނުކުރެވޭނެއެވެ. އަދި އެމައިމީހާއަށް ދަރާފައިވާ ދަރަނި މުޅި އުމުރު ހޭދަކުރިކަމުގައި ވީނަމަވެސް އަދާނުކުރެވޭނެއެވެ.

ނިކަންވިސްނަވާށެވެ! މިއަދުގެ ސައިންސްވަނީ، މައިމީހާއަށް އިސްލާމްދީން ދީފައިވާ މަތިވެރިކަމާއި އަހައްމިޔަތަށް ބާރުދެނިވި ހެކިތަކުން އެކަން އިތުރަށް ސާބިތުކޮށްދީފައެވެ. އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ، ހަމަލޮލަށް ނުފެންނަ އެތައް މިލިއަން ސެލް ތަކަކުންނެވެ. އަދި މިސެލްތަކުގެ ތެރޭގައިވާ ތަފާތު އޯގަނެލްސް ތަކަކީ އެއިން ކޮންމެ އެއްޗެއްގައި ވަކި ޚާއްޞަ މަޞްޢޫލިއްޔަތުތަކެއް އެކުލެވިފައިވާ ތަކެއްޗެވެ. މިގޮތުން މިސެލްގައިވާ ނިއުކްލިއަސް ގެ ވަޒީފާއަކީ ސެލްގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބެލެހެއްޓުމެވެ. އަދި މިއީ މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ވާރުތަވާ އެތައް ހާސް ސިފަތަކެއް އެކުލެވޭ 30،000 ޖީންސް ގެ ޖަގަހައެވެ. މިއީ ދަރިފުޅު ގަރުބަގަންނަ ވަގުތު ދެފަރާތުންވެސް އެއްވަރަށް ޙިއްސާކުރާ ޖީންސް ތަކެވެ.

އެހެންނަމަވެސް ސެލްގެތެރޭގައި ހިމެނޭ މައިޓޮކޮންޑްރިއަރ ގެ ވަޒީފާއަކީ ސެލްގެ ހުރިހާ ޙަރަކާތަކަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމެވެ. އަދި މިއީ، ސެލްގައިވާ އެހެނިހެން އޯގަނެލްސްތައް އެކަށައަޅާލާ، އޭގެ ވަޒީފާތަކަށް ކޮންމެހެންބޭނުންވާ 37 ޖީންސްގެވެސް ޖަގަހައެވެ. މައިޓޮކޮންޑްރިއަރގެ ބޮޑުމިނަކީ، ކުޑަކުޑަ ބެކްޓީރިއަރ އެއްގެ ބޮޑުމިނެވެ. އަދި ތަފާތު ސެލްތަކުގައި އޭގެ ޢަދަދު ތަފާތުވެގެންވެއެވެ. މިގޮތުން ހިތުގެ ސެލްތަކާއި އަތާއި ފައިގެ މަސްތަކުގެ ސެލްތަކުގައި ހިމެނޭ މައިޓޮކޮންޑްރިއަރގެ ޢަދަދު އެހެނިހެން ބައެއް ސެލްތަކަށްވުރެ ގިނައެވެ. އެހެނީ މިސެލްތަކަކީ ވަރަށް ބުރަ، ދެމިގެންވާ މަސައްކަތްތަކެއް ކުރާ ސެލްތަކަކަށްވީއިރު ގިނަ ހަކަތަ ބޭނުންވާތީއެވެ. މިހަކަތަ މައިޓޮކޮންޑްރިއަރގައި އުފައްދަނީ އިންސާނާގެ ކާނާއިންނާއި ނޭވާލާއިރު އެތެރެކުރާ އޮކްސިޖަން އިންނެވެ. މިހެންކަމުން އަޅުގަނޑުމެން ދިރިއުޅޭ ވަޒަނަށް ނަޒަރު ހިންގާލާއިރު، "މައިޓޮކޮންޑްރިއަރ" އަކީ، ރަށުގެ މީހުން ދިރިއުޅުމުގެ ކަންތަކާއި ރަށުގެ ޢުމްރާނީ ތަރައްޤީ ދެމެހެއްޓެނިވި ގޮތުގައި ލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ހަކަތަ އުފައްދައިދޭ "އިންޖީނުގެ" ކަމަށް ބަލާށެވެ. އިންޖީނުގެއިން ކަރަންޓް ނުލިބިއްޖެ ކޮންމެފަހަރަކީ ރަށް ހުއްޓުމަކަށް އަންނަ ފަހަރެކެވެ. މިގޮތުން މައިޓޮކޮންޑްރިއަރ ނެތިއްޖެނަމަ އިންސާނާއަކީ ޙަރަކާތެއް ނެތް މީހެކެވެ. ފުރާނަ ނެތް މަސްގަނޑެކެވެ. ދިރިހުރުމަށްޓަކައި ހަށިގަނޑުގައި ހިނގާ ހުރިހާ ޙަރަކާތްތައް ނިމުމަކަށް އައީއެވެ. އެހެންކަމުން ބައޮލޮޖީ ފޮތްތަކުގައި މައިޓޮކޮންޑްރިއަރ ސިފަކުރެވިފައިވަނީ ސެލްގެ "ޕަވަރ ޕުލާންޓް" ގެ ގޮތުގައެވެ.

މިހެން ކަމަށްވީއިރު، މިއަދުގެ ސައިންސްގެ ހޯދުމަށް ބަލާލަމާ ހިނގާށެވެ. މި ދެންނެވި މައިޓޮކޮންޑްރިއަރ ދަރިފުޅަށް ވާރުތަވަނީ ހަމައެކަނި މައިމީހާގެ ފަރާތުންނެވެ. ބައްޕަގެ ފަރާތަކުންނެއް ނޫނެވެ. މިއީ މައިމީހާއަށް ދީފައިވާ އަހަމިއްޔަތުގެ ބޮޑުކަން އަންގައިދޭ އަލިގަދަ ސައިންޓިފިކް ހެއްކެކެވެ. ފިރިހެނެއްގެ ފަނިތަކާއި އަންހެނާގެ ބިސް، ބިސް ދަތުރުކުރާ ހޮޅީގެ މެދެއްހާ ހިސާބުން ދިމާވުމާއި އެކު ، ފިރިހެންމީހާގެ އެތައް ހާސް ފަނިތައް ބިހުގެ ތެރެއަށް ވަނުމަށް މަސައްކަތްފަށައެވެ. އެހެނަސް، މިފަނިތަކުގެ ތެރެއިން ބިހުގެ ތެރެއަށް ވަދެވެނީ ހަމަ އެންމެ ފަންޏަކަށެވެ. މި ފަނީގެ ބޯ ބިހުގެ ތެރެއަށް ވަދެވުމާއިއެކު، ބިހުގެ ވަށައިގެން ސަލާމަތީ ފަށަލައެއް ލެވެއެވެ. މިފަށަލައިގެ ސަބަބުން އެހެން ފަންޏަކަށް ބިހުގެ ތެރެއަށް ވަދެވުން ބަންދުވެގެންދެއެވެ. އަދި ފަނީގެ ނިގުލާއި މެދުބައި ބޭރަށް ދޫކޮށްލައެވެ. މިގޮތަށް ބިހުގެ ތެރެއަށް ފަނި ވަނުމަށް ކިޔަނީ ގަރުބަގަތުމެވެ. މިވަގުތަކީ މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ހުރިހާ ސިފަތަކެއް އޭނާއަށް ލިބިގެންދާވަގުތެވެ.
މިދަރިފުޅުގެ ހެލިފެލިވުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ މައިޓޮކޮންޑްރިއަރ ހަމައެކަނި މައިމީހާގެ ފަރާތުން ވާރުތަވާގޮތަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. މިގޮތުން، ފިރިހެނާގެ ފަންޏާއި އަންހެނާގެ ބިސް އުފެދިފަވާގޮތަށް ބަލައިލުން މުހިއްމެވެ.


ކުރިން ދެންނެވެނު ފަދައިން ދަރިފުޅު ގަރުބަގަންނަ މަރުހަލާގައި، ބިހުގެ ތެރެއަށް ވަންނަނީ ހަމައެކަނި ފިރިހެނާގެ ފަނީގެ ބޯ އެނަންޏެވެ. އޭގެ ހަށިގަނޑު ނުވަތަ މެދުބައި، އަދި ނިގޫ ދޫކޮށްލަނީ ބޭރަށެވެ. މިބައިގެ ބޭނުން އެހިސާބުން ނިމުނީއެވެ. އެހެނީ މިދެބައިގެ ބޭނުންތެރިކަން ޙިއްސާ ކުރަނީ ބިހާހަމައަށް ވާޞިލުވުމަށެވެ. ފަނީގެ ހަށިގަނޑު ނުވަތަ މެދުބައިގެ ބޭނުމަކީ ބިހާހަމައަށް ދަތުރުކުރުމަށްބޭނުންވާ ހަކަތަ އުފެއްދުމެވެ. އެހެނީ ފަނީގައިވާ ހުރިހާ މައިޓޮކޮންޑްރިއަރ ގެ ޖަގަހައަކީ މިބައެވެ. ފަނީގެ މެދުބަޔަކީ، މައިޓޮކޮންޑްރިއަރ ޖަގަހަކަމަށްވެފައި މިބައި ބޭރަށް ދޫލޮށްލާ ކޮށްލުން މިއީ ފިރިހެންމީހާގެ ފަރާތުން މައިޓޮކޮންޑްރިއަރ ވާރުތަނުވުމުގެ ސަބަބެވެ. މިބަޔަކީ ގަރުބަގަންނަ މަރުހަލާގައި ނިގުލާއިއެކު، ބިހާ ވަކިވެގެންދާ ބައެއްކަމުން، ފިރހެންމީހާގެ ފަރާތުން ދަރިފުޅަށް މައިޓޮކޮންޑްރިއަރ ވާރުތައެއް ނުވެއެވެ. ފަނީގެ ނިގުލުގެ ބޭނުމަކީ އަންހެނާގެ ފަރުޖުން ފެށިގެން ރަހިމުގެ ތެރޭގައި ފަނި ފަތާލާފައި ބިހާއި ހަމައަށް ދިއުމަށް އެހީތެރިވެދިނުމެވެ.


އަންހެނާގެ ބިހަކީ ފަންޏާ ބަލާއިރު އެތައްގުނައެއް ބޮޑުއެއްޗެކެވެ. ބިހުގެ އެތެރޭގައި އެތައް ބައިވަރު މައިޓޮކޮންޑްރިއަރ އެއް ވެއެވެ. ބިހުގެ އެތެރެ ކަމުގައިވާ ސައިޓޮޕުލާޒަމް އަކީ ސެލްގެ އެހެނިހެން އޯގަނެލްސްތަކުގެވެސް ޖަގަހައެވެ. ފަނި ބިހުގެ ތެރެއަށް ވަނުމުން ބިސް އެތައް ސެލްތަކަކަށް ބަދަލުވާންފަށައެވެ. މިގޮތަށް ސެލްތަކަކަށް ބަދަލުވުމަށްފަހު ބިސްދަތުރުކުރާ ހޮޅިން ދަތުރު ކުރަމުންގޮސް މިބިސް ރަހިމުގެ ތެރެއަށް ވަދެއެވެ. އަދި ރަހިމުގައި އަށަގަނެއެވެ. މިހިސާބަށް އައުމުން އަންހެނާ ބަލިވެއިނީއެވެ. ރަހިމުގައި ބިސް އަށަގަތުމަށްފަހު އެބިސް ބޮޑުވާންފަށައެވެ. އަދި ބޮޑުވަމުންއަންނަ ސެލްތަކަށް ތުއްތު ކުއްޖެއްގެ ސިފަލިބެއެވެ. އެހެންކަމުން، މިހުރިހާ މައިޓޮކޮންޑްރިއަރ އެއް މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވެއެވެ. މިތުއްތު ކުއްޖާ މައިމީހާގެ ރަހިމުގައި 9 މަހާއި ނުވަ ދުވަސް ހޭދަކުރުމަށްފަހު، ދުނިޔެއަށް ނޭވާލައެވެ.


ސައިންސްވެރިންނަށް މައިޓޮކޮންޑްރިއަރ ހޯދިފައިވަނީ މީލާދީން 1800 ގެ އަހަރު ތަކުގެ ތެރޭގައެވެ. އަދި މައިޓޮކޮންޑްރިއަރ ގައިވާ 37 ޖީން އާއި އޭގެ ބޭނުން ހޯދިފައިވަނީ މީލާދީން 1950 ގެ މެދު ތެރޭގައެވެ. އެހެނީ، މައިޓޮކޮންޑްރިއަރ ހޯދުނުތާ އެތައް އަހަރެއް ފަހުންނެވެ. މި ޖީން ތަކުގައިވާ ދަރިފުޅަށް ވާރުތަވާ ކަންތައްތަކެއްގެ މަޢުލޫމާތު ވާކަމާއި މިކަމުގެ ޚާއްޞިއްޔަތު މީގައި ވާކަން ސައިންސް ވެރިންނަށް އެނގިގެންދިޔައީ މިހާ ހިސާބުންނެވެ. މިއީ ހަމައެކަނި މައިންގެ ފަރާތުން ވާރުތަވާ އެއްޗަކަށްވެފައި، އަދި އިންސާނުންނަށް ހޯދިފައިނުވާ އެތައް ޢިލްމީ ޙަޤީޤަތްތަކެއް މީގައި ފޮރުވިފައި ވެދާނެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބަޙާނަހޫ ވަތަޢާލާއެވެ.


މައިޓޮކޮންޑްރިއަރ ގެ ބޭނުމަކީ އިންސާނަގެ ހެލިފެލުމާއި ހުރިހާ ޙަރަކާތަކަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމެވެ. ﷲ ސުބަޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއިއެކު، މި އަގުބޮޑު ޖަވާހިރު ދަރިންނަށް ވާރުތަވަނީ ހަމަ އެކަނި މައިންގެ ފަރާތުންނެވެ. މައިންގެ ފަރާތުން ދަރިންނަށް އެލިއްބައިދެނީ ކޮންފަދަ އަގުނުކުރެވޭ ނިޢުމަތެއްތޯއެވެ. އިންސާނާއަށް އެއެއްޗަކާއި ލައިގެންމެނުވީ، އެންމެ އިނގިއްޔެއްވެސް ހަރަކާތްކޮށްލުމަށް ބޭނުންވާ ހަކަތަ ލިއްބައިދޭ އެއްޗެވެ. ދަރިންކުރާ ހުރިހާ ހެޔޮ ޢަމަލުތަކާއި ފާހިޝް ޢަމަލުތައް ކުރުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ "އިންޖީނުގެ" އެވެ. މިހެން ކަމުން މައިމީހާގެ ވިސްނުންވެސް މިކަމާ ދޭތެރެ ފުޅާކުރަންޖެހެއެވެ. ދަރިންގެ ޢަމަލުތަކުގައި މައިންގެ ޒިންމާ ބޮޑުކަން މިއިން ދަލީލުކޮށްދެއެވެ. ދަރިފުޅުގެ ކޮންމެ ޢަމަލަކާއިމެދު މައިމީހާއަށް ޖަވާބުދާރީ ވެވެންޖެހޭނެކަމެވެ. މަޞްޢޫލުވެރިވާން ޖެހޭނެކަމެވެ. އަންހެނާގެ މަޞްޢޫލިއްޔަތުވެސް ހާމަވެގެންދެއެވެ. އާދޭހެވެ. މައިންގެ ޒިންމާއަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. އެދަރީންގެ ޢަމަލުތައް ހެޔޮގޮތުގައި ބައްޓަންކުރުމެވެ. އިސްލާމްދީނުގެ މަގުގައި ދަރިފުޅު ޘާބިތުކުރުމެވެ.

މައިންނަށް މިހާ ބޮޑު މަތިވެރިކަމާއި އަހައްމިޔަތެއް ދެވިފައިވީނަމަވެސް ބަފައިންގެ އިޙްސާންތެރިކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ފިރިހެނާގެ އެތައް ލެޔަކުން އުފެދުނު މަނި ތިއްކެއްގައިވާ އެއަތް ހާސް ފަނީގެ ތެރެއިން ފަންޏަކީ ދަރިފުޅު ޤަރުބަގަތުމުގެ އެއް އަސްލެވެ. އެހެނީ ބައްޕައަކީ ދަރިފުޅު އުފަންވުމުގެ އެއް މެދުވެރިޔާއެވެ. އަނބި ދަރީންނަށް ކާން ބޯންދީ، އަމާން ގޮވައްޗެއް ހޯދައިދިނުމުގައި ވީ ޤުރުބާނީ ބޮޑުކަމެވެ. އެހެން ކަމުން އެބައްޕައަށްވެސް އިސްލާމްދީނުގައި ދީފައިވާ އަޙައްމިޔަތު ވަކި ކުޑައެއްނޫނެވެ. ހަމަ އެހާމެ މަތިވެރިއެވެ.

ޢުމަރު ޙައްމާދުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެއް ފަހަރަކު އަލީގެފާނާއި ޢުމަރުގެފާނާ ދެކަލުން ޠަވާފުކުރައްވައި ނިމިވަޑައިގެން ނުކުންނެވިތަނާ، ބަދަވީންގެ މީހަކު އޭނާގެ ބުރަކަށިމަތީގައި އޭނާގެ (މުސްކުޅި) މަންމަ ބައިންދައިގެން އަންނަނިވި މާނަ އެކުލެވޭ ބައިތުތައް ކިޔަމުން ޠަވާފުކުރުމަށްޓަކައި އަންނަތަން ދެކެވަޑައިގަތެވެ.

" ތިމަންނާއީ މަންމަގެ ސަވާރީއެވެ. އަހަރެން ދުވެ ފިލައިގެން ނުދާނަމެވ.
ބައެއް ސަވާރީ ސިހުންވެ ބިރުގަނެއެވެ. އެކަމަކު އަހަރެން ނުސިހޭނަމެވެ.
މަންމަގެ ބަނޑުގައި ތިމަން އުފުއްލުމާއި ތިމަންނައަށް ކިރުދިނުން
(މަންމައަށް ތިމަންނާ މިކޮށްދޭ ޚިދުމަތަށްވުރެ) މާ ބޮޑެވެ."


މުސްލިމު ދިވެހި ދަރިންނޭވެ. މިއީ އަހަރެމެންގެ ޢަޒުމްކަމުގައިވެސް ހަދަމާ ހިނގާށެވެ. މައިން ބަފައިންނަށް އިޙްސާންތެރިވުމުގައި އަވަސްވެގަންނަމާ ހިގާށެވެ. މައިންގެ މަތިވެރިކަމާއި އެބައިމީހުނަށް ދެވިފައިވާ އަހައްމިޔަތާއިމެދު ވިސްނާ، އޯގާތެރިކަމުގެ ފިޔަ ތިރިކުރުމުގައި އަހަރެމެން ޘާބިތުވަމާ ހިނގާށެވެ